12 ފެބުރުއަރީ 2020 - 07:13
އެކްޓިންއާ ދުރުގައި ހުންނަތާ 10 ވަރަކަށް އަހަރު ފަހުން ކުރީގެ ބަތަލާ ސުޝްމިތާ ސެން އެނބުރި އަންނާނީ ސްޓްރީމިން ޕްލެޓްފޯމަކުން ގެނެސްދޭ ވެބް ސީރީޒަކުން ކަށަވަރުވެއްޖެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ 1994 ގެ މިސް ޔުނިވާސްގެ ތާޖު ވެސް ހާސިލުކުރި 44 އަހަރުގެ ބަތަލާ އެނބުރި އަންނަނީ "އާރިޔާ" ކިޔާ ސީރީޒަރަކުން ކަމަށާއި އަންނަ މަހުގެ 29 ގައި އެ ސްޓްރީމްކުރަން ފަށާނެ ކަމަށެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ސީރަކީ ރާޖަސްތާނަށް ބިނާކޮށްގެން ހަދާ އެއްޗެކެވެ. އަދި "އާރިޔާ" ސްޓްރީމްކުރާނީ މިހާރު ޑިޒްނީ ޕްލަސްއާ ވެސް ބައިއަތުހިފާފައިވާ އިންޑިއާގެ މަޝްހޫރު ޗެނެލް ސްޓާޕްލަސްގެ ޑިޖިޓަލް ޕްލެޓްފޯމް ހޮޓްސް އާއި ޑިޒްނީ ގުޅިގެން "ޑިޒްނީ+ހޮޓްސްޓާ" އިންނެވެ.
ހަންގާމާ އިން ބުނި ގޮތުގައި މިދިޔަ ޑިސެމްބަރު މަހު ޝޫޓިން ފަށާފައިވާ "އަރިޔާ" ގެ ޑައިރެކްޓަރަކީ 2016 ގެ ކާމިޔާބު ފިލްމު "ނީރްޖާ" ގެނެސްދިން ޑައިރެކްޓަރު ރާމް މަދުވާނީ އެވެ. އޭގެ ޝޫޓިން ވެސް މިހާރު ކުރިއަށްދާ އިރު، ސުޝްމިތާ ފެނިގެންދާނީ ކޮން ކަހަލަ ކެރެކްޓާއަކުން ކަމެއް އަދި ނޭނގެ އެވެ.
"މޭ ހޫ ނާ" އާއި "ބީވީ ނަމްބަރު 1" ފަދަ ފިލްމުތައް ކުޅުނު ސުޝްމިތާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2010 ގެ "ނޯ ޕްރޮބްލެމް" އެވެ. އޭނާ އެނބުރި އެކްޓިން އަށް އަންނަ ވާހަކަ އިއުލާންކޮށްފައި ވަނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy