12 ފެބުރުއަރީ 2020 - 14:54
މި މަހުގެ 27 ގައި ބައިސްކޯފުން ސްޓްރީމްކުރަން ފަށާ ވެބް ސީރީޒް "ހަނާ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.
ތޭރަ އެޕިސޯޑްގެ މި ސީރީޒަކީ އަމްޖަދު އިބްރާހީމް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. "ހަނާ" ގެ ޓައިޓްލް ރޯލް ކުޅެފައިވަނީ މީގެ ކުރިން ބައެއް ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފެނިފައިވާ މަރިޔަމް ނޫރާ އެވެ. އޭނާ އަކީ މީގެ އަހަރުތަކެއް ކުރިން މަޝްހޫރުވި ވީޑިއޯ ލަވަ "ޖާދުގަ ޖެހޭނޭ" ލަވައިން ފިލްމީ ދާއިރާ އަށް ތައާރަފުވި ބަތަލާއެކެވެ.
Hanaa - a complicated story of a young woman's struggle to find love and acceptance - coming to Baiskoafu on 27th Feb 2020
— Baiskoafu (@baiskoafu) February 11, 2020
Stay tuned! pic.twitter.com/Lxo6xfJmFN
ނޫރާއާ އެކު "ހަނާ" ގެ ކާސްޓުން އަލީ އާޒިމް (ދޮންއައްޔަ)، އަލީ ޝަމީލް، ނިޝާ، އިބްރާހީމް ޖިހާދު (ޖިމީ) އަދި ގުލިސްތާން މުހައްމަދު ފެނިގެންދާނެ އެވެ.
ހުސައިން މުނައްވަރު (ކުޑަފޫޅު) ގެ ކިޑް ޕްރޮޑަކްޝަނުން އުފައްދާފައިވާ ސީރީޒްގެ ވާހަކަ ލިޔެފައި ވަނީ ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) ގެ އަންހެނުން އައިމިނަތު ރިޒާނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްޙާގު
13 February 2020
ވަރަށް މިސްވޭ.
ޢަބްދުﷲނާފިޒް
13 February 2020
ނޫރާ ހާދަ ތަފާތޭ !!!
ޅަބޭ
12 February 2020
ދިވެހި ފިލްމުކުޅޭ ކުދިން ކީއްވެތަ ބާލަލަން ނުކުރޭހާ ބޯކޮއް މޭކަޕު ކޮއްފަ އެތިބެނީ..... މައްސަލައެއް އުޅެނީތަ؟؟!
ކަޅޭ.
12 February 2020
އެއީ މޫނުމަތީގެ ތަރައްގީ. ބޭމެނަކަށް ނޭންގޭނެ