15 ފެބުރުއަރީ 2020 - 09:37
މީގެ ހަތަރު މަސްކުރިން ފެށި ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ސީޒަން 13 ގެ ފިނާލޭ ގަދަ ހަ ބައިވެރިންނާ އެކު މިރޭ ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
ސެޕްޓެމްބަރު މަހުގެ 29 ގައި 13 ބައިވެރިންނާ އެކު ފެށި ޝޯ ނިމުމަކަށް އައި އިރު، އެކި ފަހަރު މަތިން ވައިލްޑް ކާޑްގެ ދަށުންނާއި ޝޯ އިން ކަޓައިގެން ދިއުމުން އަލުން ދެވަނަ ފުރުސަތެއް ލިބުނު ބައިވެރިންތަކެއް ވެސް މި ފަހަރަގެ ޝޯ އިން ފެނުނެވެ.
ޝޯގެ ފިނާލޭގައި ހަ ބައިވެރިން ވާދަކުރާ އިރު، މީގެ ތެރޭގައި ހިމެނެނީ ފިރިހެން ތިން ބައިވެރިންނާއި އަންހެން ތިން ބައިވެރިއެކެވެ. ފިރިހެން ތިން ބައިވެރިންގެ ތެރޭގައި ހިމެނީ "ބިގް ބޮސް 13" ގައި ފުރަތަމަ ދުވަހުން ފެށިގެން ވެސް އެންމެ ބޮޑު ވާދަވެރިކަމެއް ދައްކަމުން ދިޔަ އެކްޓަރު ސިދާތު ޝުކްލާ އާއި މޮޑެލް އާސިމް ރިއާޒާ އާއި އެކްޓަރު/މޮޑެލް ޕާރަސް ޗާބްޅާ އެވެ.
A walk to remember! #BiggBoss13Finale https://t.co/NwbCZqmH95 pic.twitter.com/XSTm1pt9VU
— COLORS (@ColorsTV) February 14, 2020
އަންހެން ބައިވެރިންނަކީ މި ފަހަރުގެ ސީޒަނުގައި ގިނަ ބަޔަކު އެންމެ ބޮޑަށް ލޯބިވި އަދި އެންމެ އެންޓަޓައިނިން ބައިވެރިޔާގެ ގޮތުގައި ފާހަގަކުރެވުނު ޕަންޖާބީ ލަވަކިޔުންތެރިޔާ ޝެހެނާޒް ގިލް (ސަނާ) އާއި ޓީވީ ބަތަލާ އާރްތީ ސިންގްގެ އިތުރުން ކަޓައިގެން ދިއުމުން ދެވަނަ ފުރުސަތެއް ލިބުނު ބަތަލާ ރަޝްމީ ދެސާއީ އެވެ.
މި ބައިވެރިންގެ ބިގް ބޮސް ދަތުރު ދިޔަ ގޮތް ރެއާއި ބުރާސްފަތި ދުވަހުގެ ރޭ އެޕިސޯޑްތަކުގައި ދައްކާލާފައިވެ އެވެ.
Supermodel jo bane sabke dil ki dhadkan @imrealasim! Ab jeet gaye hai woh duniya bhar ka pyaar! ❤
— COLORS (@ColorsTV) February 14, 2020
Watch this tonight at 10 PM.
Anytime on @justvoot @vivo_india @beingsalmankhan #BiggBoss13 #BiggBoss #BB13 #SalmanKhan pic.twitter.com/8wffxtPrvN
މި ފަހަރުގެ ޝޯއިން ފާހަގަކޮށްލެވުނު އެއް ކަމަކީ ވައިލްޑް ކާޑްގެ ދަށުން ފުރުސަތު ލިބުނު އެއްވެސް ބައިވެރިއަކަށް ފިނާލޭއާ ހަމައަށް ދަތުރުކުރެވިފައިނުވާ ކަމެވެ. އަދި ފިނާލޭއާ އެންމެ ގާތްކޮށްފައި މި ފަހަރު ޝޯ އިން ކަޓައިގެން ދިޔައީ މުޅި ޝޯގައި އެއްކޮށް ކަހަލަ ގޮތަކަށް ޕާރަސްގެ ހިޔަނީގައި އުޅުނު ޓީވީ ބަތަލާ މާހިރާ ޝަރުމާ އެވެ.
Aisa season pehle kabhi nahi dekha! #BiggBoss13https://t.co/8PrBBye6Ox pic.twitter.com/XETQmWSMkt
— COLORS (@ColorsTV) February 13, 2020
އެކްޓަރު ސަލްމާން ޚާން ހޯސްޓްކުރާާ ޝޯ 140 ދުވަސް ފަހުން މިރޭ ނިންމައިލާ އިރު، ގިނަ ބަޔަކު ބުނާ ގޮތުގައި ބިގް ބޮސް ޓްރޮފީ އުފުލުމުގެ ވާދަވެރިކަން އެންމެ ބޮޑީ ސިދާތާ ސަނާ އާއި އާސިމްގެ މެދުގަ އެވެ.
ވާ ގޮތެއް އެނގޭނީ މިރެ އެވެ. ޝޯ ނިންމައިލާ އިރު، ބިގް ބޮސް އާއި ސަލްމާނަށް ކުރެވޭ ތުހުމުތަކެއް ވެސް އެބަހުއްޓެވެ. އެއީ އަބަދު ވެސް ސިދާތުގެ ކޮޅަށް އެކިއެކި ކަންކަމުގައި އަބަދު ވެސް ބުރަވާކަމުގެ ތުހުމަތެވެ. ޝޯގެ ބައެއް ބައިވެރިން ވެސް މި ތުހުމަތު އެތައް ފަހަރުކޮށްފައިވެ އެވެ.
އެހެންވެ ސިދާތަށް ޝޯގެ ޓްރޮފީ ލިބިދާނެތޯ ނޫންތޯވެގެން ދާނީ މިރޭގެ އެންމެ ބޮޑު ސަސްޕެންސަށެވެ.
ފިނާލޭ ޝޯ މިރޭ ގެނެސްދޭނީ ވަރަށް ފޯރި ގަދަ އެކިއެކި އައިޓަމްތަކާ ވެސް އެކީގަ އެވެ. އެގޮތުން ޝޯގައި ވާދަކުރި ބައެއް ބައިވެރިން ވެސް ހުށަހެޅުންތަކުން ފެނިގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު ބުނީ މިހެން
15 February 2020
ފިނާލޭގައި ތިބީ 4 . ޕާރަސް 10 ލައްކަ ހިފައިގެން ބޭރު ވެއްޖެ. އާރިތީ އެވިކްޓެޑް ކަމަށް ކަބަރު ލިބޭ. ތުހުމަތު ތައް އެއީ ހަޤީގަތެއް. ޕްރޮޑިޔުސަރުވެސް ބުނި ގޮތުން މުޅި ޝޯ ބައްޓަން ކޮށްފަ އިނީ ސިދާތު ވަށާ އެންމެން އެނބުރޭ ގޮތައް. މީގަ އެންމެ ކާމިޔާބު މީހަކީ އެއްވެސް މީހަކު ނުވެސް ދަންނަ އާސިމް. މުޅި ޝޯ އެއްކޮށް ފުރިހަމަ ކުރި ހަމަ އެކަނި މީހާ އާސިމް އަކީ. ވަން މޭން އާމީ އަކީ އެއީ.
ކުކުޅޭ ---
15 February 2020
ޝައްކެއް ވެސް ނެތް! އާސިމަށް ލިބޭނީ
އާސިމް
15 February 2020
ޝުކްލާޖީއަށް ދީ ނިމިފައޮތް އެއްޗެއްތީ