30 މާޗް 2020 - 08:19
ކޮރޯނާވައިރަހުން ރައްކާތެރިވާން ތިން ހަފުތާގެ ލޮކްޑައުންއަކަށް އިންޑިއާ ދިޔައިރު، ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓް މިހާރު އުޅެނީ އެއް އެޕާޓްމަންޓެއްގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިކަން ރަސްމީކޮށް ކަށަވަރު ނުވިޔަސް، ސެލެބްރިޓީންނަށް ފާރަލާ ވައިރަލް ބަޔާނީ އިންސްޓަގްރާމްގައި ވީޑިއޯއެއް އާންމުކޮށް ބުނެފައިވަނީ އޭގައި ފެންނަނީ ރަންބީރާއި އާލިއާ މިހާރު އެކީގައި ދިރިއުޅޭ އެޕާޓްމަންޓުން ބޭރަށް ނުކުންނަނިކޮށް ކަމަށެވެ. އޭގައި ފެންނަނީ ވަރަށް ކެޝުއަލްކޮށް ހެދުން އަޅައިގެން ތިބެ، އެ މީހުންގެ ކުއްތާއާ އެކު އިމާރާތަކުން ނުކުމެގެންދާ ތަނެވެ.
މި ވީޑިއޯ އާންމުވުމުގެ ހަފުތާއެއް ކުރިން ވެސް ރަންބީރާއި އާލިއާ އެއް ތަނެއްގައި އުޅެން ފެށި ވާހަކަ ބައެއް މީޑިއާތަކުން ފަތުރާފައިވެ އެވެ. އެ ދެ މީހުން އެކީގައި އުޅެން ފެށި ކަމަށް ބުނާ އިރު، ދެ ތަރިންގެ ވެސް އަމިއްލަ އަގުބޮޑު އެޕާޓްމަންޓްތަކެއް ވެސް އެބަހުއްޓެވެ.
އަދި ލޯބިވެރިޔާއާ އެކު އެއް ފުރާޅެއްގެ ދަށުގައި އުޅުމަކީ ރަންބީރަށް އާ ކަމެއް ވެސް ނޫނެވެ. އޭނާ ވަނީ ކުރިން ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސްވަންދެން ކެޓްރީނާ ކައިފާ އެކު ވެސް ކުޅެފަ އެވެ. އެކަމަކު ދެ މީހުންނަށް އެކަކު އަނެކަކު ދަސްނުވެ، އެ ގުޅުން ނިމުމަކަށް ގެންނަން ޖެހި ދިރިއުޅުނު ތަން ވެސް ދޫކޮށްލަން ޖެހުނީ އެވެ.
އާލިއާ ކުރިން ބުނެފައިވާ ގޮތުގައި "ލިވް-އިން ރިލޭޝަންޝިޕް" އަކީ އޭނާ ގަބޫލުކުރާ އެއްޗެއް ނޫނެވެ. އަދި ކައިވެނިކުރުމުގެ ކުރިން ލޯބިވެރިޔާ ދަސްކުރަން އެއް ތަނެއްގައި ދިރިއުޅުން މުހިއްމު ނޫން ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ރަންބީރު، 37، ޖެހުމުން އާލިއާ، 27، ގެ އެ ވިސްނުން ބަދަލުވީ ކަމަށް މިހާރު ބެލިދާނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ދެ ތަރިން މި އަހަރު ކައިވެނި ވެސް ކުރާނެ އެވެ. މިއީ މި ފަހަކަށް އައިސް ބޮލީވުޑްގައި އެންމެ ހޫނުކޮށް ދެކެވޭ ކައިވެނީގެ ވާހަކަ އެވެ.
މި އަހަރުގެ ޑިސެމްބަރު 4 ގައި ރަންބީރާއި އާލިއާ އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" ސިނަމާތަކަށް ގެންނަން ވެސް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްޓޭކް
30 March 2020
އޭނާ ވަނީ ކުރިން ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސްވަންދެން ކެޓްރީނާ ކައިފާ އެކު ވެސް ކުޅެފަ އެވެ. ދޭހަވަނީ އެހެން މާނައެއް ގައިމުވެސް...
2020
30 March 2020
އޭ މިހާރު އެފިލްމު އަންނަ އަހަރަށް ލަސްކޮށްފި
ވަރަ
30 March 2020
މިވެސް ދެން ހަބަރެއްތަ؟ އަހަރެމެންނަށް ކީއްތަ؟ ތިހުރިހާ މީހުންނަކީ ކައިވެނިކުރުމެއް ނެތި ތިހެން އުޅޭބައެއް