"ގުލާބޯ ސިތާބޯ" ގެ ޕޯސްޓަރެއް.
23 މެއި 2020 - 09:37
އަންނަ މަހުގެ 12 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ ފިލްމު "ގުލާބީ ސިތާބޯ" ގެ ގެ ޓްރެއިލާ ދައްކާލައިފި އެވެ.
"ޕީކޫ" އާއި "ވިކީ ޑޯނާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ޝުޖިތު ސިރްކާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގެއިން ބައެއް ކުއްޔަށް ދީގެން އުޅޭ އުމުރުން ދުވަސްވީ މީހަކާއި ކުއްޔަށް އުޅޭ ޒުވާނަކާ ދެމެދު ހިނގާ ކޯޅުންތަކެއް ދައްކުވައިދޭނެ ކޮމެޑީ-ޑްރާމާއެކެވެ.
ފިލްމުގެ މުހިއްމު ރޯލްތައް ކުޅުނީ "ޕީކޫ" ގައި ވެސް ބެލުންތެރިންގެ މަގުބޫލުކަން ހޯދި ކެރެކްޓާއެއް ކުޅުނު އަމީތާބް ބައްޗަނާއި ޝުޖިތު "ވިކީ ޑޯނާ" އިން ބޮލީވުޑަށް ތައާރަފުވި އަޔޫޝްމަން ކްރާނާ އެވެ. "ގުލާބީ ސިތާބޯ" އަކީ މި އަހަރު ރިލީޒްވާ އަޔޫޝްމަންގެ ދެވަނަ ފިލްމެވެ.
Meet Mirza & Baankey, a jodi whose banter on a scale of 1-10, stands at 100 😋
— amazon prime video IN (@PrimeVideoIN) May 22, 2020
🎥: https://t.co/2E93z8Uzfq
Catch #GiboSiboOnPrime on June 12 for its World Premiere.@SrBachchan @ayushmannk @ShoojitSircar @ronnielahiri #SheelKumar #JuhiChaturvedi @filmsrisingsun @Kinoworksllp pic.twitter.com/27cUXFcTk8
އޭނާ މި އަހަރު ފެނުނު ފުރަތަމަ ފިލްމަކީ ސިނަމާތަކުގައި އެޅުވި "ޝުބް މަންގަލް ޒާދާ ސާވްދާން" އެވެ. "ގުލާބޯ ސިތާބޯ" އަކީ ކޮރޯނާވައިރަހާ ދިމާކޮށް އިންޑިއާގައި އިއުލާންކުރި ލޮކްޑައުނާ އެކު ސިނަމާތައް ބަންދުކޮށްފައިވާތީ، ޑިޖިޓަލްކޮށް ރިލީޒްކުރަން މި އަހަރު ރަސްމީކޮށް އިއުލާންކުރި އޭ-ލިސްޓް ތަރިންތަކެއް ހިމެނޭ ފުރަތަމަ ފިލްމެވެ.
ރިޕޯޓްތައް ބުނާގޮތުން ލަކްނޫގައި ޝޫޓްކުރި މި ފިލްމުގެ ޑިޖިޓަލް ރައިޓްސް އެމެޒޯން ޕްރައިމް ވީޑިއޯ އަށް ވިއްކައިލީ 62 ކްރޯޑް ރުޕީސް (9 މިލިއަން ޑޮލަރު) އަށެވެ. މި ފިލްމު ހަދާފައި ވަނީ ގާތްގަނޑަކަށް 35 ކްރޯޑް ރުޕީސް (5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
ބޮލީވުޑްގެ ފިލްމުތަކުން އާންމުކޮށް ފެންނަ ލޯބީގެ ކަންތައްގަނޑާ މުޅިން ދުރު ވާހަކައަކަށް ހަދާފައިވާ "ގުލާބޯ ސިތާބޯ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "ޕީކޫ" އާއި "ވިކީ ޑޯނާ" ގެ އިތުރުން ޝުޖިތު އެންމެ ފަހުން ގެނެސްދިން "އޮކްޓޯބާ" ގެ ވެސް ސްކްރީންޕްލޭ ލިޔުނު ޖޫހީ ޗަތުރަވެދީ އެވެ.
މީގެ އިތުރު ކާސްޓުންގެ ތެރޭގައި ވިޖޭ ރާޒާއި ބްރިޖެންދުރަ ކާލާ އާއި ފާރޫކް ޖައްފާރާއި ރޯހިތު ސުޚްވާނީ ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy