މުނިފޫހިފިލުވުން / ބޮލީވުޑް

ލޮކްޑައުނަށް ފަހު ޝޫޓިން ފަށާނެ ފުރަތަމަ ފިލްމަކީ "ގަންގްބާއީ ކަތިއަވާޅީ"

އިންޑިއާގައި މިހާރު އިއުލާންކޮށްފައި އޮތް ލޮކްޑައުނަށް ފަހު އެންމެ ފުރަތަމަ ޝޫޓިން ފަށާނެ ފިލްމަކަށް ސަންޖޭ ލީލާ ބަންސާލީގެ "ގަންގްބާއަީ ކަތިއާވާޅީ" ވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދާދި ފަހުން މީޑިއާތަކުން ބުނި ގޮތުގައި އާލިއާ ބަޓް ބަތަލާގެ ރޯލް ކުޅޭ ފިލްމުގެ ޝޫޓިން ހުއްޓި މަސައްކަތް ނުފެށި ދިގުލައިގެންދާތީ، ފިލްމުގެ މަންޒަރުތައް ނަގަން ހެދި އަގު ބޮޑު ސެޓެއް ރޫޅައިލަން ވެސް ޖެހިފައިވެ އެވެ.

ފިލްމީ މަސައްކަތްތައް އަލުން ފެށުމުގެ ހުއްދަ އަށް އެދި ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޮޔީޒް (އެފްޑަބްލިއުއައިސީއީ) އިން މިދިޔަ ހަފުތާގައި މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދައްވު ތަކެރީ އަށް ސިޓީއެއް ވެސް ފޮނުވާއި އިރު، ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެން ޝޫޓިންތައް ފެށުމުގެ ހުއްދަ ވެސް މިހާރު ވަނީ ލިމިޓެޑްކޮށް ދީފަ އެވެ.

އެއާ އެކު ޑައިރެކްޓަރު އާރް ބަލްކީ ވަނީ އަކްޝޭ ކުމާރާ އެކު އިޝްރިހާރެއްގެ ޝޫޓިން އައުޓްގޯގައި ޖައްސައިފަ އެވެ. އެ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ބައެއް މީޑިއާތަކުން ޖަހާފައިވެ އެވެ.

ފިލްމީ މަސައްކަތްތައް އަލުން ފެށުމަށް އެއްކޮށް ހުއްދަ ދޭން ނިންމާފައި ވަނީ އެކަމަށް ސަރުކާރުން އެކުލަވައިލާ އެކްޝަން ޕްލޭނަކަށް ފަހު އެވެ. މިއާ އެކު ޕްރޮޑިއުސާސް ގިލްޑް އޮފް އިންޑިއާ އިން ވަނީ ޝޫޓިންތައް ކުރިއަށް ގެންދާ އިރު، އަމަލުކުރާނެ ގޮތުގެ ޑްރާފްޓެއް އެކުލަވާލައި، އެ އާންމު ވެސް ކޮށްފަ އެވެ.

އެފްޑަބްލިއުއައިސީއީގެ ޖެނެރެލް ސެކްރެޓަރީ އަޝޯކް ޑޫބޭ އީޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާރު ކަންކަން އިންތިޒާރުކުރެވެމުންދާ ގޮތަށް ބަލާ އިރު، ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން ލޮކްޑައުނަށް ފަހު އެންމެ ފުރަތަމަ ޝޫޓިން ފަށާނެ ފިލްމަކީ ބަންސާލީގެ ފިލްމު ކަމަށެވެ.

އިންޑިއާގައި ހަތަރު ވަނަ ފަހަރަށް ދިގުދަންމައިލި ލޮކްޑައުންގެ މުއްދަތު މި މަހުހެ ނިޔަކަށް ހަމަވާނެ އެވެ. އެއާއެކު ބޮޑެތި ލުއިތަކެއް ދޭނެ ކަމަށް ބެލެވެ އެވެ.

އަޝޯކް ވިދާޅުވި ގޮތުގައި ބަންސާލީ މިހާރު ވެސް އަންނަނީ ފިލްމުގެ ޝޫޓިންތައް ފެށުމުގެ ތައްޔާރީތައް ވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި "ގަންގްބާއީ" ގެ އިތުރުން ދެން އެންމެ އަވަހަށް ޝޫޓިން ފަށާނެ އަނެއް ފިލްމަކީ އަޖޭ ދޭވްގަންގެ "މައިދާން" އެވެ.

"ފުރަތަމަ އިސްކަން ދޭން ނިންމާފައި މި ވަނީ ބޮޑެތި ސެޓްތައް ހަދައިގެން ޝޫޓިންތައް ކުރިއަށް ގެންދަން ހުރި ފިލްމުތަކަށް. ލޮކްޑައުން އައުމުގެ ކުރިން ވެސް ބައެއް ފިލްމުތަކުގެ ސެޓްތައް ހަދާފައި ހުރީ،" އަޝޯކް ވިދާޅުވި އެވެ.

"މައިދާން" އަކީ ވެސް ބޮޑު ސެޓެއްގައި މުހިއްމު މަންޒަރުތަކެއް ނަގަން ޖެހޭ ފިލްމެކެވެ.

"ގަންގްބާއީ ކަތިއަވާޅީ" އަކީ މި އަހަރުގެ ސެޕްޓެމްބަރު 11 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. "މައިދާން" އަކީ ޑިސެމްބަރު 11 އަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ.

ފިލްމީ މަސައްކަތްތައް އަލުން ފެށުނު ނަމަވެސް އިންޑިއާގެ ސިނަމާތައް އަލުން ހުޅުވޭނެ އިރެއް އަދިވެސް ނޭނގެ އެވެ. ސިނަމާތައް ބަންދުކުރުމުން އިންޑިއާގެ ފިލްމީ ކަލަންޑަރު މި އަހަރު ވަނީ އެއްކޮށްގެން ހަރާބުވެފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454