ސާރާގެ އެހާރާއި މިހާރުގެ ސިފަ ވީޑިއޯއަކުން

ބޮލީވުޑަށް އަލަށް ނުކުތް ބަތަލާއިންގެ ތެރެއިން ސާރާ އަކީ ޚާން، ފިލްމު ކުޅެން ފެށުމުގެ ކުރިން ހުރީ ވަރަށް ފަލަކޮށެވެ.


އަންނަ އޮގަސްޓް މަހުގެ 12 ގައި 25 އަހަރު ފުރޭ، އުންމީދީ ބަތަލާ ވަނީ 2018 ގައި ބޮލީވުޑަށް ނުކުތުމުގެ ކުރިން ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. އޭނާ ސްކްރީނުން ފެނުނު އިރު، އެއީ ކުރިން އެހާ ފަލަކޮށް މީހެއް ކަމަށް ގަބޫލުކުރަން ވެސް ދަތިވެދާނެ އެވެ. އެކަމަކު ސާރާ ވަނީ ހަށިގަނޑަށް ބޭނުންވާ ކޮންމެ ކަހަލަ ބަދަލެއް ގެނެވިދާނެކަން ސާބިތުކޮށް ދީފަ އެވެ.

އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި އޭނާ ވަނީ އެހާރާއި މިހާރު ދައްކާލައި، ފިޓްވާން ކުރި މަސައްކަތުގެ ބައެއް ހިއްސާކޮށްފަ އެވެ.

View this post on Instagram

Episode 2: From Sara ka Sara to Sara ka aadha 🎃

A post shared by Sara Ali Khan (@saraalikhan95) on

އެކްޓަރު ސައިފް އަލީ ޚާންގެ ދޮށީ އަންހެން ދަރިފުޅު ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި މިހާރު އޭނާ ފެންނަ ސިފަ އަށް ހަށިގަނޑު ލޫޅާފަތިކުރަން ފެށި ދަތުރަކީ ހިތްވަރާއި ބުރަ މަސައްކަތުގެ ނަތީޖާ އެވެ. އަދި ކެއުމަށް ގެނައި ބަދަލުތަކާއި އިންސްޓްރަކްޓަރު ދިން އިރުޝާދުތަކާ އެއްގޮތަށް ބަރާބަރަށް އަމަލުކުރުމެވެ.

ހިސްޓްރީ އާއި ޕޮލިޓިކަލް ސައިންސްގެ ދާއިރާ އިން ނިއު ޔޯކްގެ ކޮލަމްބިއާ ޔުނިވަސިޓިން ގްރެޖްއޭޓްވެފައިވާ ބަތަލާ އޭރު ބުނި ގޮތުގައި އެއްފަހަރު އިންޑިއާ އިން ބޭރުގައި ހުރެފައި ގައުމަށް ކުރި ދަތުރެއްގައި އެއާޕޯޓްގައި މަންމަ އަމްރިތާ ސިންގަށް އޭނާ ނޭނގިގެން ވެސް އުޅެން ޖެހުނެވެ. ސަބަބަކީ ވަރަށް ބޮޑަށް ހަށިގަނޑު ހިއްކާލާފައިވުމެވެ.

"ލަވް އާޖް ކަލް" ގެ ލަވައެއް.

ސާރާ އަކީ މިހާރު ބޮލީވުޑްގައި ތިބި ޒުވާން އާ ބަތަލާއިންގެ ތެރެއިން އެންމެ ފިޓް އެއް ބަތަލާ އެވެ. އޭނާ އަކީ ގަވައިދުން ކަސްރަތު ކުރާ މީހެކެވެ. އަދި އެފަދަ ވީޑިއޯތައް އިންސްޓަގްރާމްގައި ވެސް ހިއްސާކުރެ އެވެ.

ދެހާސް އަށެއްގައި ފިލްމު "ކޭދަރުނާތު" އިން ބޮލީވުޑަށް ނުކުތް ބަތަލާގެ ތިން ފިލްމެއް މިހާތަނަށް ރިލީޒްވެފައިވެ އެވެ. އެއީ "ކެދަރުނާތު" ގެ އިތުރުން "ސިމްބާ" އާއި "ލަވް އާޖް ކަލް" އެވެ. ސާރާގެ ކުރިއަށް އޮތް ފިލްމަކީ "ކޫލީ ނަމްބަރު 1" އެވެ.

އޭނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު އާނަންދު އެލް ރާއީގެ "އަތުރަންގީ ރޭ" ހިމެނެ އެވެ.