14 ޖޫން 2020 - 08:30
ކޮވިޑް-19 ފެތުރޭތީ އިންޑިއާގައި އިއުލާންކުރި ލޮކްޑައުން އަށް ލުއި ދިން ނަމަވެސް އަދިވެސް ފިލްމީ މަސައްކަތްތައް ފަށަން ރައްކާތެރި ނޫން ކަމަށާއި ދަރިފުޅު ޝްރަދާ ކަޕޫރަށް މަސައްކަތްތަކަށް ދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް އޭނާގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރް ބުނެފި އެވެ.
ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި، ޝްރަދާ އާއި އެކްޓަރު ސިދާންތު ކަޕޫރްގެ ބައްޕަ ބުނީ މި ވަގުތަކީ ކެތްނުލަވައިގެން ފިލްމީ މަސައްކަތްތައް އަލުން ފަށަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ. އެހެންވެ ކެތްތެރިކަމާ އެކު، ހާލަތު ހަމައަކަށް އެޅި، ހުރިހާ އެންމެންނަށް ވެސް ރައްކާތެރިކަން އޮތްކަމުގެ އިތުބާރާއި ޔަގީންކަން ލިބެންދެން މަޑުކުރަން ޖެހޭ ކަމަށް ޝަކްތީ ބުންޏެވެ.
"އަހަންނެއް ވެސް ނުދާނަން މި ދަނޑިވަޅުގައި އަލުން މަސައްކަތްތަކަށް. އަދި އަހަރެންގެ ދަރިން ވެސް މަސައްކަތްތަކަށް އެނބުރިދާކަށް ފުރުސަތެއް ނުދޭނަން. މި ވަގުތު މަސައްކަތަށް ވުރެ އެންމެ މުހިއްމީ ސިއްހަތާއި ފުރާނަ،" އޭނާ ބުންޏެވެ. "މި ވަގުތު ތިބެންވީ ގޭގައި. ލޮކްޑައުން އަށް ލުއި ދިން ނަމަވެސް ބޭރުތެރެ ރައްކާތެރިއެއް ނޫން އަދިވެސް."
ޝަކުތީ ބުނި ގޮތުގައި ކޮވިޑް-19 ގެ ހާލަތު އިންޑިއާގައި ރަނގަޅުވާން އަދި ކައިރި ވެސް ނުވެ އެވެ. އަދި މި ބަލިމަޑުގެ ނުރައްކަލުގެ ދުވަސްތައް ކުރިއަށް އޮތީ ކަމަށް ބުންޏެވެ. ޝަކްތީ އާއި އޭނާގެ އާއިލާ ދިރިއުޅޭ މުމްބާ އަކީ ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ސިޓީ އެވެ. މިހާތަނަށް އެންމެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވްވީ ވެސް އެ ސިޓީ އެކުލެވޭ މަހާރަޝްތުރާ ސްޓޭޓުންނެވެ.
"ބަލީގެ ނުރައްކަލުގެ ދުވަސްތައް އަދި ކުރިއަށް އޮތީ. މިހާރު ވެސް މީޑިއާތަކުން އަބަދު އެ ކިޔަނީ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި ބަލި މީހުންނަށް ފަރުވާދެވޭނެ ގޮތެއް ނެތިގެން އުޅޭ ވާހަކަ. އެހެންވެ މިއީ އަލުން މަސައްކަތްތައް ނުކުމެ. އެ މީހަކު ލޯބިވާ އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހަޅަން ފުރުސަތު ދޭންވީ ވަގުތެއް ނޫން،" ޝަކްތީ ބުންޏެވެ. "ފިލްމީ ދާއިރާގައި ތިބި އަހަރެންގެ ގާތް މީހުންގެ ގާތުގައި ވެސް ބުނަން ބޭނުންވާ ވާހަކަ އަަކީ މަސައްކަތްތައް ނުފަށައި އަދި މަޑުކުރާށޭ. މިއީ އަވަސް އަރުވާލައިގެން އުޅެންވީ ވަގުތެއް ނޫނޭ."
އިންޑިއާގެ ފިލްމީ މަސައްކަތްތައް މާޗް މަހުގެ 22 ގައި އިއުލާންކުރި ލޮކްޑައުންއާ އެކު ހުއްޓުމަކަށް އައިސްފައިވާ އިރު، ބެލެވޭ ގޮތުން އަންނަ މަހުގެ ތެރޭގައި ޝޫޓިންތައް ފެށުމުގެ ހުއްދަ ދޭނެ އެވެ. އެގޮތުން ފިލްމީ މަސައްކަތްތައް ކުރާ އިރު އަމަލުކުރަން ޖެހޭނެ ގައިޑްލައިންތަކެއް ވެސް ދާދި ފަހުން ވަނީ އާންމުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެހެންތަ ހީވަނީ
14 June 2020
ސަކްތީ އެ މަމެންގެ ގައުމުވެސްރައްކާތެރިއެއްނޫން ލޮކްޑައުންނަށް ލިއުދިނީއޭ ފުތުސަތުތައްހުޅުވާލިއަސް ޕޮޒިޓިވްވާވަރުންޕޒިޓިވް އެކަމަކު ސަރުކާރުންހީވަނީ ބަޑަށްޖެހިގެންއުޅޭހެންޓޫރިސްޓުންއަންނަށް ހުއްދަދޭހިތުން . ގައުމާގައުމެއް ނެތް ހާލަތުގަ ފައިސާހޯދަންބޫތް ކައިފަ . ތަންތަނުން މީހުން އެތެރެވެސް ކުރަނީމީގައުމުގެދަރިންނޭކިޔާ . ލުއިދެނީ ބިކާރީވެ ބޫކްކަން ނުފިލާނެތީ . .
ހަސަބު
14 June 2020
ވަރަށް ރަނގަޅުވާހަކައެއް މަވެސް ހުންނާނީ މިގޮތަށް. މާލެ ހުޅުމާލެ ވިލިމާލެ ރައްކާތެރިއެއްނޫން.