ކަރަން.
23 ޖުލައި 2020 - 08:03
އެކްޓަރު ސުޝާންތު ސިންޖް ރާޖްޕޫތުގެ މަރުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ބުނެ ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ދެމުންދާ އިންޒާރުތަކާއި ބިރުދެއްކުންތަކާ ހެދި ދައުވާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ކަރަން މިހާރު އަންނަނީ އޭނާގެ ގާނޫނީ ޓީމަކާ އެކު މި މައްސަލާގައި މަޝްވަރާކުރަމުންނެވެ. އަދި އޭނާ އަށް އިންޒާރުދޭ މީހުންގެ މައްޗަށް ދައުވާކުރަން ވަރަށް އަވަހަށް ހުށަހަޅާނެ އެވެ. ޓްވިޓާ އާއި އިންސްޓަގްރާމްގައި އަބަދު ވެސް ވަރަށް ހަރަކާތްތެރި ކަރަން އަކީ އަބަދު ވެސް މީސްމީހުންގެ ފަރާތުން ސޯޝަލް މީޑިއާގައި އެކި ގޯނާތަކާ ކުރިމަތިލާން ޖެހިފައިވާ މީހެކެވެ.
އޭނާގެ ވަރަށް ޒާތީ ކަންކަމާ ވެސް ބައެއް މީހުން ބެހި ފާޑުކިޔައި، މަލާމާތާއި ފުރައްސާރަކުރަމުން ގެންދެ އެވެ. އަދި ސުޝާންތު ދަންޖެހިގެން މިދިޔަ މަހުގެ 14 ވަނަ ދުވަހު މަރުވި ފަހުން އަދި މާ ބޮޑަށް ކަރަންއާ ދިމާކޮށްލާފައިވެ އެވެ. އެގޮތުން ޖިސްމާނީ ގޮތުން ވެސް އޭނާ ގެއްލުންދޭނެ ކަމަށް ބުނެ ބިރު ދައްކާފައިވެ އެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާއާ ވަރަށް ބޮޑަށް ފެއަށް ޖެހި، ކަރަން ވަނީ އޭނާގެ އެތަކެއް ފޮލޯވަރުން ސޯޝަލް މީޑިއާތަ ޕްލެޓްފޯމްތަކުން ބޭރު ވެސް ކޮށްލައިފަ އެވެ.
ކަރަން އަށް އިންޒާރު ދީ ބިރު ދައްކާ މީހުންނަށް ދައުވާކުރަން ނިންމާފައި އިރު، ބަތަލާ ރިއާ ޗަކްރަބަތީ ވެސް ވަނީ ރޭޕްކުރާނެ ކަމަށާއި މަރައިލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބިރު ދައްކަމުން ދިޔަ ބައެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ. ރިއާ އަކީ ސުޝާންތު މަރުވި އިރު، ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ އެވެ. ވަރަށް ގިނަ ބަޔަކު ވަނީ ސުޝާންތު މަރުވުމުގައި ރިއާގެ އަތެއްވާ ކަމަށް ބުނެ އޭނާގެ ބޮލުގައި ވެސް އެތައް ތުހުމަތެއް އަޅުވައިފަ އެވެ.
މީގެ އިތުރުން މިދިޔަ ހަފުތާގައި ބަތަލާ އާލިއާ ބަޓްގެ ދައްތަ ޝާހީން ބަޓަށް ސޯޝަލް މީޑިއާގައި އެކި ކަހަލަ އިންޒާރު ދެމުން ދިޔަ މައްސަލަ ވެސް ވަނީ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފަ އެވެ.
އަދި މަޝްހޫރު ބައެއް އެހެން ސެލެބެރިޓީން ވެސް ވަނީ ސައިބަބުލީންގެ މައްސަލަ ބޮޑުވަމުންދާ ކަމަށް ބުނެ މިފަދަ މައްސަލަތައް ހުއްޓުވައިދޭން އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަ333
23 July 2020
އިންސާފު އޮންނަނީ ވާތުފަޔަށް ބަރުވެފަ...ކަރަން އަކީ އަންހެންވާން އުޅޭ މީހެއް އަބަދުވެސް....ދެން ތިއީ ނެޕޯޓިޒަމްގެ ބައްޕަ....މިއީ އެންމެން ދަންނަ ކަންކަން...މީހަކު މަރާލާފަ މިރާއްޖޭގަވެސް ލޯޔަރުން ބޭނުންކޮށްގެން ސަލާމަތްވާމީހުން މަދެއްނޫން....އޭގެ މާނައަކީ އެމީހަކު އެކަމެއް ނުކުރައެކޭނޫން....އިންސާފު ވާތުފަޔަށް ބުރަވީ ދުނިޔޭގެ ގާނޫނުގަ....އިންސާފު އަރާ ހަމަކުރާނެ ދުވަހެއް އަންނާނެ....އެދުވަހުން ވަކީލެއް ކީއްކުރަން އެއްވެސް މީހަކަށް އެހީނުވެވޭނެ...
ރަދީފްއޮފިޝިއަލް
23 July 2020
ދައުވާއޭ؟؟ ކަރަން ކަލެއަށް ކީއްކުރެވޭނީ. މިއޮތީ ''އިންޒާރު'' .ކަލޭ ދައުވާ ކޮށްބަލަ.
ގެދާނޯމޮސް
23 July 2020
ނަފްސް ކަތިލުމަކީ މިހާރު މިޤައުމުން ވެސްކުރާ ވަރައް އާންމުކަމެކެވެ. އަދި އިންޑިޔާ އަކީ ނުބައި ހީތަކުގެ މަންމަ ބިމެވެ. ބޭސްކައިގެން ނިދާ މީހުން ނަފްސަށް ކޮންމެ ފަދަ ގެެއްލުމެއްވެސް ދީފާނެއެވެ. އެބަޔަކަށް މޫނުގައި ނޭފަތެއް އިންނަ ކަމެއް ނޭވާލެވޭ ކަމެއްވެސް އިހްސާސެއް ނުކުރެވޭނެއެވެ. ނޭފަތަކީ ބްރެއިންގެ ޓެއިލްއެވެ. އޭގެ ބޭނުން ހިފާށެވެ.
ރަދީފްއޮފިޝިއަލް
23 July 2020
އަދި ބުނޭ ފެންނަ ކޮންމެ އެއްޗަކަށް އަުކަން ކުރާށޭ.އަހަރުމެން ސަލާމަތް ނުވެގެން މިއުޅޭ ކޮރޯނާ ވައިރަހަށް އިންޑިޔާގެ ބައެއް މީހުން އަޅުކަންކުރި.މިހުންނަނީ ލަދުވެތި ކަންކަން ދޯ.