ދެ މަސްވީ ދަރިފުޅާ އެކު މި ވަގުތު އޭނާ އަށް ކުރާނެ ވަކި ކަމެއް ނެތް ކަމަށާއި ދަރިފުޅުގެ ބެލުމުގެ ޒިންމާ އެއްކޮށް ނަގަނީ ގްރައިމްސް ކަމަށް އީލޮން މަސްކް ބުނެފި އެވެ.
ސްޕޭސް އެކްސް އަދި ޓެސްލާ ކުންފުނީގެ ވެރިޔާ އާއި ކެނެޑާ އަށް އުފަން ޒުވާން ލަވަކިޔުންތެރިޔާ އަށް ފިރިހެން ދަރިއަކު ލިބުނީ މިދިޔަ މެއި މަހުގެ ކުރީކޮޅު އެވެ.
ކުރީގެ ކައިވެނިތަކަށް ވެސް ދަރިން ލިބިފައިވާ މަހުޖަނު ނިއު ޔޯކް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ދަރިފުޅު ކުޑަކަމުން މި ވަގުތު އޭނާ އަށް އަދާކުރެވޭނެ މާ ބޮޑު ދައުރެއް ނެތް ކަމަށެވެ.
"ދަރިފުޅު މިހާރު ކުރާހާ ވެސް ކަމަކީ ކައިކައިގެން ޕުއްޕުލުން. އެހެންވީމަ އަހަންނަށް މިކަމުގައި އަދާކުރާނެ ދައުރެއް ނެތް،" އީލޮން، 49، ބުންޏެވެ. "އެކަމަކު ދަރިފުޅު ބޮޑުވަމުން އަންނަ އިރު އަހަރެންގެ ޒިންމާތައް ވެސް ބޮޑުވަމުން އަންނާނީ."
އޭނާ ބުނިގޮތުގައި 32 އަހަރުގެ ގްރައިމްސް އަކީ ނަމޫނާ މައެކެވެ. އަދި ކުރިން އުންމީދުކުރި ވަރަށް ވުރެ ވެސް މާ މާ ބޮޑަށް ވެސް ދަރިފުޅު ބެލެހެއްޓުމުގެ ކަންކަން ގްރައިމްސް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
"އޭނަގެ ހުރިހާ ވަގުތެއް މިހާރު ހުސްކޮށްފައި ވަނީ ދަރިފުޅަށް. ގްރައިމްސް އަކީ މިހާތަނަށް އަހަންނާ ދިމާވި އެންމެ ތަފާތު އަންހެނާ. އަދި އަހަންނަށް އޭނަ ވަރަށް ހާއްސަ ވެސް މެ." އީލޮން ބުންޏެވެ.
ކުރީގެ ކައިވެނިތަކަށް ލިބުނު ފަސް ދަރިންނާ ބެހޭ ގޮތުން އޭނާ ބުނީ އެ ކުދިންނާ އޮންނަ ގުޅުން ވެސް ވަރަށް ރަނގަޅު ކަމަށެވެ. އަދި ތަންތަނަށް ދާ އިރު، ކުދިން ގެންދިއުމަކީ ވެސް ވަރަށް ލޯބިކުރާ ކަމެއް ކަމަށް ބުންޏެވެ. އީލޮން ބުނިގޮތުގައި އޭނާ ބަޔަކަށް ނަސޭހަތެއް ދޭ ނަމަ ބުނަން އޮތްހާ ވެސް ވާހަކަ އަކީ ވީހާ ވެސް ގިނައިން ދަރިން ހޯދާށޭ އެވެ.
"ދަރިން ނުހޯދާ ނަމަ އަހަރެމެންގެ ތެރޭގައި އޮތް އިންސާނީވަންތަކަން ވެސް ގެއްލިގެން ހިނގައިދާނެ." އީލޮން ބުންޏެވެ. "ގިނަ ދަރިން ހޯދާށޭ ބުނުމަކީ ނާތަހުޒީބު ވާހަކައެއް ނޫން. އެއީ އުފާވެރިކަމާ ވެސް ގުޅިފައި އޮތް ކަމެއް. ކުދިންނަކީ ސުޕަކޫލް ބައެއް."
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ދަރަނި ދަންތުރަ
30 July 2020
އެހާ ތުއްތު ކުއްޖަކު އެވަރަށް ކައިތަ ؟
ލޮލް މަސްކް
30 July 2020
ހިތުން ވަރަށް މޮޅު ވާހަކައެއް. ދަރިފުޅުށް ފާޑެއްގެ މޮޅު ނަމެއް ދެވުނީމަ ނިމުނީ ދޯ