ކުމްކުމް.
29 ޖުލައި 2020 - 12:51
އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރުވި ލަވަތައް ކަމަށްވާ "މެރޭ މެހެބޫބް ގަޔާމަތު ހޯގީ" އާއި "ކަބީ އާރް ކަބީ ޕާރް ލަގާ ތީރޭ ނަޒަރު" އިން ފެންނަ ބޮލީވުޑްގެ ކުރީގެ ބަތަލާ ކުމްކުމް އަންގާރަ ދުވަހު މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ 1950 އާއި 1960 ގެ އަހަރުތަކުގައި ވިދައިލި ބަތަލާ 86 އަހަރުގައި މަރުވީ މުސްކުޅި ބަލީގައި ކަމަށެވެ. ކުމްކުމް މަރުވި ޚަބަރާ އެކު ދަރުމެންދުރާ ފަދަ ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ހިތާމަފާޅުކޮށް ޓްވީޓްކޮށްފައިވެ އެވެ.
Friends....Kum kum .... Meri filmi zindagi ki ibtida jis chhoti si gudiya ka saath shuru hoie thi....woh .... hameesha hameesha ke liye humen chhod kar chali gai ..... I am extremely sad .... pray 🙏 for her soul be in peace ..... pic.twitter.com/K5r9tA1uwc
— Dharmendra Deol (@aapkadharam) July 28, 2020
ކެރިއަރުގައި 100 އަށް ވުރެ ގިނަ ފިލްމު ކުޅުނު ކުމްކުމްގެ ކެރިއަރުގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ޕިޔާސާ"، "ނަޔާ ދޯރް"، "ކޮހިނޫރު"، "މިސްޓަ އެކްސް އިން ބޮމްބޭ" އަދި "މޭމް ސާހެބް" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
ކުމްކުމްގެ ރަންޒަމާނުގައި އޭރުގެ އެންމެ މަޝްހޫރު އެކްޓަރުންނާ އެކު ފިލްމުތައް ކުޅުނެވެ. އޭގެ ތެރޭގައި ދިލިޕް ކުމާރާއި ޝައްމީ ކަޕޫރާއި ކިޝޯރް ކުމާރު އަދި ދަރުމެންދުރާ ފަދަ ތަރިން ހިމެނެ އެވެ.
ކުމްކުމްގެ އެންމެ ފަހުގެ ފިލްމަކީ 1973 ގެ "އޭކް ކުވާރީ އޭކް ކުވާރާ" އެވެ. ހިންދީ ފިލްމުތަކުގެ އިތުރުން އޭނާ އަކީ ބޯޖްޕޫރީ ފިލްމުތައް ވެސް ކުޅުނު ބަތަލާއެކެވެ. އެގޮތުން 1963 ގައި އުފެއްދި ފުރަތަމަ ބޯޖްޕޫރީ ފިލްމު "ގަންގާ މައްޔާ ތޯހޭ ޕިޔާރީ ޗަދައިބޯ" ގެ ބަތަލާ އަކީ ކުމްކުމް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޝް
30 July 2020
ކުމްކުމް ގެ އަސްލު ނަމަކީ ޒައިބުއްނިސާ! 1950 ގެ ތަރިންގެ ތެރޭގަ ތިބީ މުޅިންހެން މުސްލިމުން! ސްކްރީން ނަންނަމުގަ އުޅުނީ!
ޙަސަން އަޙްމަދު
30 July 2020
ލަވަކިޔުންތެރިން ޅެންވެރިން ލިޔުންތެރިން މުމައްސިލުން ނެށުންތެރިން މި ހުރިހާ ދާއިރާއެއްގައި ވެސް.