މުނިފޫހިފިލުވުން / ބޮލީވުޑް

ޝާހްރުކް ޚާންގެ އަންހެނުން ގޯރީ ލިޔުނު ފޮތް އަންނަ އަހަރު ނެރެނީ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ އަންހެނުން ގޯރީ ޚާން ލިޔެފައިވާ ފޮތް އަންނަ އަހަރު ނެރޭކަން އިއުލާންކޮށްފި އެވެ.

ޕެންގްއިން އިންޑިއާ އާއި އެބޫރީ ޕްރެސް ގުޅިގެން ނެރޭ ފޮތުގެ ނަމަކީ "މައި ލައިފް އިން ޑިޒައިން" އެވެ. ގޯރީ އަކީ ހުނަރުވެރި ކާމިޔާބު އިންޓީރިއާ ޑިޒައިނަރެކެވެ. އަދި އޭނާ އަކީ އެ ދާއިރާ އިން އިންޑިއާގެ އެންމެ ނުފޫޒު ގަދަ އަންހެނުންގެ ތެރެއިން އެކަކެވެ.

ގޯރީ ޚާން ޑިޒައިން (ޖީކޭޑީ) ގެ ނަމުގައި އިންޓީރިއާ ޑިޒައިން ސްޓޫޑިއޯއެއް ވެސް ހިންގާ ގޯރީ އަކީ ވަރަށް ގިނަ ރިސޯޓްތަކާއި އެތައް ގެއަކާއި އެ ނޫން ވެސް ލަގްޒަރީ ވަރަށް ގިނަ ތަންތަނުގެ އިންޓީރިއާ ހަދާފައިވާ މީހެކެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންގެ ގެ އާއި އޮފީސްތަކުގެ އިންޓިއާރިއާ ވެސް ހަދާފައިވެ އެވެ.

ގޯރީގެ އަލަތު ފޮތުގައި ކިޔައި ދީފައި ހުންނާނީ ޑިޒައިނަރެއްގެ ގޮތުގައި އޭނާ މިހާތަނަށް ކުރި ތަޖުރިބާތަކާއި ހޯދި ކާމިޔާބީތަކާއި މުސްތަގުބަލުގެ ޕްލޭންތަކުގެ ވާހަކަ އެވެ.

"މައި ލައިފް އިން ޑިޒައިން" ގޯރީ ސިފަކޮށްފައި ވަނީ ކޮފީ މޭޒުގައި ކިޔައިލަން ކަމުދާ ޒާތުގެ ފޮތެއްގެ ގޮތުގަ އެވެ. އަދި ޕެންގްއިންއާ ގުޅިގެން މިފަދަ މަސައްކަތެއް ކުރެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.

ފޮތުގެ ވާހަކަ އިންސްޓަގްރާމްގައި ވެސް ހިއްސާކުރަމުން ގޯރީ، 49، ބުނީ އުންމީދަކީ ފޮތުގެ ސަބަބުން އިންޓިރިއާ ޑިޒައިނިންގެ ދާއިރާ އިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ވަރަށް ގިނަ މައުލޫމާތު ލިބޭނެ އެއްޗަކަށް ވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

View this post on Instagram

Excited about this coffee-table book with @penguinindia . One of the best shoots I’ve done. Thanks @avigowariker ! @beautybyg_thelook @mehakoberoi @stylebyami @billysiddiqi @mileeashwarya19 @bottomlinemedia #Repost @archdigestindia ・・・ Gauri Khan’s (@gaurikhan) design journey started long before she took it up professionally and established her eponymous brand Gauri Khan Designs (GKD). It was through passion projects, a keen interest in interiors, and her innate talent to visualise a space that made her realise her love for design. She reveals, “I discovered my talent while doing up my own home. I realised it was something I loved deeply, but it has been a long journey that I hope to showcase through my coffee-table book.” # The pandemic-induced pause in our lives, not only made us homebound, but also made us realise the importance of physical spaces around us. Khan’s book hopes to lend inspiration, and also showcase a treasure trove of never-seen-before photos of her work, family and residence. She says, “The lockdown gave me time to work on this coffee-table book. It will contain exclusive project pictures and information that I feel could guide aspiring designers or those who are just generally interested in the art of design.” # Gauri Khan’s coffee-table book tentatively titled ‘My Life in Design’ is set to release in 2021 and will be published by Penguin (@penguinindia) under the Ebury Press. More in #linkinbio Photo: Avinash Gowarikar (@avigowariker) Writer: Kriti Saraswat-Satpathy (@kriworks) #architecturaldigest #ADIndia #gaurikhan #coffeetablebook #news

A post shared by Gauri Khan (@gaurikhan) on

"މި ފޮތް މި އަންނަނީ ލޮކްޑައުންގެ ސަބަބުން ބިޒީ ޝެޑިއުލަށް އައި މަޑުޖެހުމާ އެކު ގޭގައި ގިނަ ވަގުތު އިންނަން ޖެހުމުން ލިޔަން ލިބުނު ވަގުތާ ހެދި. އަހަރެން މި ހުންނަނީ ފޮތް ޝާއިއުވެގެން އާންމުންނާ ހަމައަށް ގެނެސްދެވޭތީ ވަރަށް އުފަލުން." ގޯރީ ބުންޏެވެ.

"މައި ލައިފް އިން ޑިޒައިން" އަންނަ އަހަރު ނެރެން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ޝާހްރުކާއި ގޯރީ ކައިވެނިކުރީ 1991 ގަ އެވެ. އެ ކައިވެންޏަށް ތިން ކުދިން ލިބިފައިވެ އެވެ. އޭގެ ތެރެއިން ހަގު ދަރިފުޅު އަބްރަމް، 7، އަކީ ސަރޮގޭޓްކޮށްގެން ހޯދި ދަރިއެކެވެ. ޝާހްރުކާއި ގޯރީގެ އަނެއް ދެ ކުދިންނަކީ އާރިޔަން ޚާން، 22، އާއި ސުހާނާ ޚާން، 20، އެވެ.

މި އާއިލާ އަކީ ބޮލީވުޑްގެ އެންމެ މުއްސަނދި އެއް އާއިލާ އެވެ. މުމްބާއީގައި ހުންނަ އެ މީހުންގެ ގެ "މަންނަތު" އަކީ އިންޑިއާގެ އެންމެ އަގުބޮޑު އަދި ރީތި ގެތަކުގެ ތެރެއިން އެއް ގެ އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދާނޯމޮސް

16 September 2020

ކަލަރ މެޗިންގް ގެ ހުނަރުވެސް އެބަހުރި އެކުން ނީޓޫ އާއި ވައްތަރު ވާތީދޯ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454