02 އޮކްޓޯބަރ 2020 - 08:33
ހިންދީ ސިނަމާގައި "ކިންގް އޮފް ރޮމޭންސް" ގެ ނަމުން މަޝްހޫރުވި ކުރީގެ ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ ބައޮގަރްފިކަލް ޑްރާމާއެއް ޝާހްރުކް ޚާން ކުޅޭ ގޮތަށް ފިލްމެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެ ފިލްމަކީ ޔާޝްގެ ދޮށީ ދަރިފުޅު އަދިތިޔާ ޗޯޕްޅާ ޑްރީމް ޕްރޮޖެކްޓެއްގެ ގޮތުގައި ހަދަން ޕްލޭންކޮށްފައި އޮތް ފިލްމެކެވެ. އަދި ބައްޕަގެ ވާހަކަގެ ސްކްރީނަށް ގެނައުމާ ދޭތެރޭ އޭނާ ސީރިއަސްކޮށް ވިސްނަމުންދާތާ ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ ކަމަށާއި މި ފިލްމުވެގެން ދާނީ ޔާޝްގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ވަރަށް ހާއްސަ ފިލްމަކަށް ކަމަށް ބުންޏެވެ.
50 years of celebrating movies, 50 years of entertaining you. On this occasion #AdityaChopra pens down a heartfelt note. #YRF50 pic.twitter.com/Pfj182ylvy
— Yash Raj Films (@yrf) September 27, 2020
ނަމަވެސް މިއާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.
ވައިއާރްއެފުން ފިލްމު ހަދާތާ މި އަހަރަށް ބައި ގަރުނު ވަނީ ވެފަ އެވެ. އެކަމާ ގުޅުވައިގެން އެ ސްޓޫޑިއޯ އިން މިދިޔަ މަހުގެ 27 ގައި ޔާޝްގެ 88 ވަނަ އުފަން ދުވަސް ފާހަގަކޮށް ރަން ޔޫބިލްގެ ލޯގޯ ވެސް ދައްކާލާފައިވެ އެވެ.
ހަމަ އެ ދުވަހު އަދިތިޔާ ވަނީ ހިންދީ ސިނަމާ އަށް އޭނާގެ ބައްޕަކޮށް ދިން ހިދުމަތާއި އޭނާ ގެނެސްދިން ފިލްމުތަކުގެ ސަބަބުން ފިލްމުތަކަށް ލޯބިކުރާ މީހުންހެ ހަޔާތަށް އައި އުފާވެރިކަމާއި ހިތްހަޖެހުމުގެ ވާހަތައް ބަޔާނަކުން ވެސް ހިއްސާކޮށްފަ އެވެ. އަދި ވައިއާރްއެފް އަބަދު ވެސް އެގޮތުގައި ދެމިއޮންނާނެ ކަމަށާއި ޔާޝް ހިންދީ ސިނަމާގައި ހޯދި މަގާމު ދަމަހައްޓަން މަސައްކަތްކުރާނެ ކަމަށް ބުނެފައިވެ އެވެ.
ހިންދީ ސިނަމާގެ އައިކޮނިކް އެތައް ފިލްމެއް ގެނެސްދިން ޔާޝް މަރުވީ 2012 ގަ އެވެ. އެ އަހަރު ރިލީޒްކުރި އޭނާގެ ފަހު ޑައިރެކްޝަންގެ ބަތަލަކީ ވެސް ޝާހްރުކެވެ. އެއީ ކެޓްރީނާ ކެއިފާއި އަނުޝްކާ ޝަރުމާ ބަތަލާއިންގެ ރޯލްތައް ކުޅުނު "ޖަބް ތަކް ހެ ޖާން" އެވެ. ޔާޝްއާ އެކު ޝާހްރުކް މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި 1993 ގެ "ޑަރް" އާއި 1997 ގެ "ދިލް ތޯ ޕާގަލް ހޭ" އާއި 2004 ގެ "ވީރް-ޒާރާ" ހިމެނެ އެވެ.
މީގެ އިތުރުން ޝާހްރުކަކީ ވައިއާރްއެފްގެ އެންމެ ފާހަގަކޮށްލެވޭ ފިލްމު ކަމަށްވާ "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" ގެ ބަތަލެވެ. އެއީ 1995 ގައި އަދިތިޔާ ޑައިރެކްޝަނަށް ނުކުތް ފިލްމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
02 October 2020
އިންސާނާގެ ޚިޔާލީ ކުރެހުން ހިނގަނީ އޭނާގެ ދެލޮލާއި ނޭފަތުންނެވެ. ނޭފަތަކީ ވޯޓާފޯލެކެވެ. ދެލޮލަކީ ރެއިންބޯ ކުލަތަކެކެވެ. މިގޮތުން ހިމެއިން ކަމަށް ވަރައްއިސްކަން ދޭންޖެހެއެވެ.