16 ނޮވެމްބަރ 2020 - 10:07
ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 14 އިން ވައިލްޑް ކާޑުން ފުރުސަތު ލިބުނު ޝަރުދުލް ޕަންޑިތުގެ ދަތުރު އާދީއްތަ ދުވަހުގެ ރޭ ނިމުމަކަށް އަތުވެއްޖެ އެވެ.
ޝޯ އިން ފުރުސަތު ލިބުނުތާ މަހެއްހާ ދުވަހުގެ ތެރޭގައި އޭނާ ޝޯ އިން ވަކިވާން ޖެހުނު އިރު، ޝަރުދުލް އަކީ މި ފަހަރު ސީޒަނުގައި ވާދަކުރާ ސެލެބްރިޓީންގެ ތެރެއިން ބެލުންތެރިންނާ އެންމެ ބީރައްޓެހި މޫނެވެ. އެކަމަކު ރޭޑިއޯ ޖޮކީ (އާރްޖޭ) އެއްގެ ގޮތުގައި މަސައްކަތްކުރާ ޝަރުދުލް، 34، އަކީ ޓީވީ ސިލްސިލާތަކެއް ވެސް ކުޅެފައިވާ އެކްޓަރެކެވެ.
އޭގެ ތެރޭގައި "ބަންދިނީ" އާއި "ކިތާނީ މުހައްބަތު" އަދި "ސިއްދީ ވިނާޔަކު" ހިމެނެ އެވެ.
ޝަރުދުލް "ބިގް ބޮސް 14" އިން ވަކިވާން ޖެހުނީ ފާއިތުވި ހަފުތާގައި ބެލުންތެރިންގެ ވޯޓް އެންމެ މަދުން ލިބުނު ބައިވެރިޔާގެ ގޮތުންނެވެ. އޭނާއާ އެކު އެލިމިމޭޝަން ވާދަކުރީ މަޝްހޫރު ޓީވީ ބަތަލާ ރުބީނާ ދިލައިކެވެ. އޭނާ އަކީ ކަލާޒްގެ ސިލްސިލާ "ޝަކުތީ" އާއި ޒީޓީވީގެ "ޗޯޓީ ބަހޫ" އިން މަޝްހޫރުކަން ލިބުނު ބަތަލާ އެވެ. ރުބީނާއާ އެކު އޭނާގެ ފިރިމީހާ އެކްޓަރު އަބިނާވް ޝުކްލާ ވެސް "ބިގް ބޮސް 14" ގައި ވާދަކުރެ އެވެ.
.@shardulpandit11 ho gaye hain aaj ghar se bheghar.#BB14 #BiggBoss2020 #BiggBoss14 #WeekendKaVaar #HappyDiwali @BeingSalmanKhan pic.twitter.com/S3zDDSBjZq
— COLORS (@ColorsTV) November 15, 2020
ޝޯގެ ހޯސްޓް ސަލްމާން ޚާން އާދީއްތަ ދުވަހުގެ ރޭގެ "ވީކެންޑް ކާ ވާރު" ގެ އެޕިސޯޑްގައި ބުނީ ޝަރުދުލް އަށް ޝޯ އިން ވަކިވާން ޖެހުނީ ރުބީނާ ފަދަ މަޝްހޫރު ބަތަލާއަކާ ވާދަކޮށް ނަމަވެސް، ދެ މީހުންނަށް ލިބުނު ވޯޓަށް ބަލާ އިރު ފަރަގު ވަރަށް ކުޑަ ކަމަށެވެ. އަދި އެކަމުން ދައްކުވައި ދެނީ ޝޯ ބަލާ މީހުން ބައިވެރިންނަށް ވޯޓް ދިނުމުގައި އެ މީހުންގެ މަޝްހޫރު ކަމަށް ވުރެ ބޮޑަށް، ބިގް ބޮސް ޝޯގައި ދައްކާ ޕަފޯމަންސަށް ބެލުން ކަމަށް ބުންޏެވެ. އެހެންވެ މަޝްހޫރު ބައިވެރިންނަށް އެ މީހުންގެ ފޭނުން އަބަދު ވެސް ވޯޓްދޭނެ ކަމަށް ބަލައި ޝޯގައި ކަންފަސޭހަކޮށްގެން ތިބުން ބުއްދިވެރި ނޫން ކަމަށް ސަލްމާން ބުންޏެވެ.
.@RubiDilaik ne kaha ki @rahulvaidya23 hain bas 1% dil ke saaf.#BB14 #BiggBoss2020 #BiggBoss14 #WeekendKaVaar #HappyDiwali @BeingSalmanKhan pic.twitter.com/fLnv8mrMN3
— COLORS (@ColorsTV) November 15, 2020
އޭނާ ބުނި ގޮތުގައި ޝަރުދުލް "ބޮގް ބޮސް 14" އާ ގުޅުނު އިރު އޭނާ އަކީ ތަންކޮޅެއް ބީރައްޓެހި މޫނަކަށް ވިޔަސް ޝޯ އިން އޭނާ ވަކިވެގެން ދިޔައީ ކުރިން ނުލިބޭ ވަރުގެ މަޝްހޫރުކަމަކާ އެކީގަ އެވެ. ޝަރުދުލް ވަނީ ކަލާޒުން އޭނާ އަށް ދިން ފުރުސަތަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. އަދި އޭނާ އަށް ޝޯ އިން ފުރުސަތު ލިބުނީ ލޮކްޑައުންގެ ސަބަބުން މާލީ ގޮތުން ވެސް ވަރަށް ދާތި ހާލަތެއްގެ ތެރޭގައި އުޅެނިކޮށް ކަމަށް ބުނެފައިވެ އެވެ. ސަލްމާން ވަނީ ޝަރުދުލް އާއި އޭނާގެ އާއިލާ އަށް އެހީ އަށް ބޭނުންވާ ނަމަ ކަލާޒްގެ ޓީމާ އެކަން ހިއްސާކޮށްދޭން ވެސް އެދިފަ އެވެ.
Jab sarcasm or singing ka hoga milan, toh kya hoga iska result?#BB14 #BiggBoss2020 #BiggBoss14 #WeekendKaVaar #HappyDiwali @BeingSalmanKhan pic.twitter.com/XSgtiabYnA
— COLORS (@ColorsTV) November 15, 2020
ޝަރުދުލްއާ އެކު "ބިގް ބޮސް 14" އިން މިހާތަނަށް ވައިލްޑް ކާޑްގެ ދަށުން ހަތަރު މީހަކަށް ފުރުސަތު ލިބުނު އިރު، ޝޯގައި މިހާރު ތިބީ އޭގެ ތެރެއިން ދެ ބައިވެރިންނެވެ. ކުރީ ހަފުތާގައި ނެއިނާ ސިންގް ވަނީ ކަޓައިގެން ގޮސްގަ އެވެ.
ވައިލްޑް ކާޑު ބައިވެރިންގެ ގޮތުގައި މިހާރު ތިބީ ކަޓައިގެން ގޮސްފައި ވަނިކޮށް އަލުން ފުރުސަތު ލިބުނު ކަވީތާ ކޯޝިކާއި އަލީ ގޯނީ އެވެ.
"ބިގް ބޮސް 14" ފެށުނީއްސުރެ ވާދަކުރަމުން އަންނަ ބައިވެރިންނަކީ ރުބީނާ އާއި އަބިނާވް އާއި އިޖާޒް ޚާނާއި ޕަވިތުރަ ޕުނިއާ އާއި ޖާން ކުމާރު ސާނޫ އާއި ޖޭސްމިން ބާސިނާއި ނިކީ ތަމްބޯލީގެ އިތުރުން ރާހުލް ވައިދިއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy