28 ޖެނުއަރީ 2021 - 07:30
ބޮލީވުޑްގައި މަސައްކަތްކުރާ ސްރީ ލަންކާގެ ބަތަލާ ޖެކްލިން ފެނަންޑޭޒް ހޮލީވުޑްގެ އެންތޮލޮޖީ ފިލްމަކަށް ސޮއިކޮށްފި އެވެ.
ޑެޑްލައިނުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ބަތަލާއިންތަކެއް ހިމަނައިގެން ހަދާ ފިލްމަށް ދީފައިވާ ނަމަކީ "ވިމެންސް ސްޓޯރީ" އެވެ. ހަތަރު ޑައިރެކްޓަރެއްގެ ހަ ސެގްމަންޓް ހިމެނޭ ފިލްމުގައި ޖެކްލިން ހިމެނޭ ސެގްމަންޓްގެ ނަމަކީ "ޝެއަރިން އަ ރައިޑް" އެވެ.
"ވިމެންސް ސްޓޯރީ" ގައި ފެނިގެންދާނެ ތަރިންގެ ތެރޭގައި އީވާ ލޮންގޯރިއާ، ކާރާ ޑެވެލިން، މާޝިއާ ގޭ ހާޑެން ލިއޮނާ ވަރޭލާ އަދި މަގަރީޓީ ބޫއާ ގަދަ ތަރިން ހިމެނެ އެވެ.
ބޮލީވުޑްގެ ފިލްމުތައް ކަމަށްވާ "ތީން ޕައްތީ" އާއި "ޝަބްދު" އަދި "ޕާޗްޑް" ފަދަ ފިލްމުތައް ގެނެސްދިން ލީނާ ޔާދާވް ޑައިރެކްޓްކުރާ ސެގްމަންޓްގައި ޖެކްލިން ކުޅޭނީ ޓްރާންސްޖެންޑާ މޮޑެލްއެއް ކަމަށްވާ އަންޖަލީ ލާމާހެ ކެރެކްޓާ އެވެ.
"ޝެއަރިން އަ ރައިޑް" ސެގްމަންޓްތަކުގެ މަންޒަރުތައް ނަގަން ހަމަޖެހިފައިވ ތަންތަނުގެ ތެރޭގައި އެމެރިކާ، އިޓަލީ އަދި އިންޑިއާ ހިމެނެ އެވެ. ބެލެވޭ ގޮތުން ޖެކްލިން ފެންނަ ސެގްމަންޓްގެ މަންޒަރުތައް ނަގާނީ އިންޑިއާގަ އެވެ.
"ޝެއަރިން އަ ރައިޑް" ގެ އިތުރު ސެގްމަންޓްތަކަށް ބަލާ އިރު، މާރިއާ ސޯލް ޓޮގްނާޒީ ޑައިރެކްޓްކުރާ ސެގްމަންޓަކީ "އަންސްޕޯކެން" އެވެ. މީގެ ބަތަލާ އަކީ އިޓަލީގެ މަގަރީޓާ އެވެ. އީވާއާ އެކު ލޫޝިއާ ޕުއެންޒޯ ޑައިރެކްޓްކުރާ ސެގްމަންޓްގެ ނަމަކީ "ލެގޯނެގްރޯ އެވެ. ހަތަރު ވަނަ ސެގްމަންޓަކީ "ޓްވައިލައިޓް ސާގާ" ގެނެސްދިން ކެތެރީން ހާޑްވިކްގެ "އެލްބޯ ޑީޕްސް" އެވެ. މީގެ ކާސްޓްގައި ހިމެނެނީ މާޝިއާ އާއި ޖޭޒްމިން ލަވް އެވެ.
ހޮލީވުޑްގެ އެންތޮލޮޖީ ފިލްމަކަށް ޖެކްލީން ސޮއިކުރި އިރު އޭނާ ކުރިން ވެސް އެ އިންޓަނެޝަނަލް ފިލްމެއްގެ މަސައްކަތްކޮށްފައިވެ އެވެ. އެއީ އިނގިރޭސިވިލާތުގެ ފިލްމެއް ކަމަށްވާ 2015 ހޮރޯ ތުރިލާ "ޑިފިނިޝަން އޮފް ފިއާ" އެވެ.
ފިލްމު "އަލައްދިން" އިން 2009 ގައި ބޮލީވުޑަށް ނުކުތް ޖެކްލިން އަކީ މިހާރު އެ އިންޑަސްޓްރީގެ އެންމެ ވިދާ ބަތަލާއިންގެ ތެރެއިން އެކެވެ.
"ކިކް" އާއި "ރޭސް 2" އާއި "ހައުސްފުލް 3" އާއި "ޖުޅުވާ 2" އަދި "ޑިޝޫމް" ފަދަ ފިލްމުތައް ކުޅެފައިވާ 35 އަހަރުގެ ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އެޓޭކް" އާއި ""ބޫތު ޕޮލިސް" އާއި "ސާކަސް" ގެ އިތުރުން "ބައްޗަން ޕާންޑޭ" އަދި "ކިކް 2" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުޕުނޭ
28 January 2021
އިންނަން ލިބޭނެ ނަމައޭ ހިތައް އަރާ