މުނިފޫހިފިލުވުން / ބޮލީވުޑް

އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" ރިލީޒްކުރާނެ ގޮތަކާ މެދު ސުވާލުތަކެއް

އިންޑިއާގައި މިހާރު ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ސިނަމާތަކުގައި ފިލްމު ދެއްކޭނެކަމުގެ އުންމީދެއް ނެތުމުން އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ނިންމާފައިވާ ކަމަށް މީޑިއާ އިން ބުނާތީ ޕޫޖާ އިން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފި އެވެ.

ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ ދަރިފުޅު ޖެކީ ބަގްނާނީގެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ ފިލްމާ ބެހޭ ގޮތުން ދެކެވެނީ އެ ކުންފުނީގެ ނިންމުމާ ބެހޭ ވާހަކައެއް ނޫން ކަމަށާއި އެކަމަކު "ބެލް ބޮޓަމް" އާ ބެހޭ ގޮތުން ދައްކަން ޖެހޭ ވާހަކައެއް ވެޖިއްޔާ ދެއްކުމުގެ ހައްގު އޮތީ އެ ކުންފުންޏަށް ކަމަށެވެ. އެހެންވެ މީޑިއާތަކުން ވެސް މިފަދަ ކަންކަމުގައި އެއްބާރުލުން ދޭން އެދިފައިވެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެ ފިލްމު ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ދޫކޮށްލީ ވަރަށް ބޮޑު އަގަކަށެވެ. ބައެއް މީޑިއާތަކުން ބުނީ އެ އަގަކީ 150 ކްރޯޑް ރުޕީސް (20.24 މިލިއަން ޑޮލަރު) ކަމަށެވެ.

މިދިޔަ އަހަރު އަކްޝޭގެ "ލަކްޝްމީ" ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ދޫކޮށްލީ 125 ކްރޯޑް ރުޕީސް (16.88 މިލިއަން ޑޮލަރު) އަށެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ފިލްމު ދޫކޮށްލަން ނިންމުމުގެ ކުރިން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ ފިލްމު އެމެޒޯން ޕްރައިމް ވީޑިއޯ އަށް ވެސް ދޫކޮށްލަން ޕޫޖާ އިން މަޝްވަރާތަކެއް ކުރި އެވެ. ޕޫޖާގެ "ކޫލީ ނަމްބަރު 1" އަކީ ވެސް މިދިޔަ އަހަރު އެ ޕްލެޓްފޯމުން ޕްރިމިއާކުރި ފިލްމެކެވެ.

"ބެލް ބޮޓަމް" ގެ ޑިޖިޓަލް ޕްރިމިއާގެ ހިޔާލު ޕޫޖާ އިން ފަހުން ދޫކޮށްލީ އަހަރުގެ ކުރީކޮޅު ސިނަމާތަކުގެ ވިޔަފާރި ރަނގަޅުވާން ފެށުމުންނެވެ. ނަމަވެސް އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްކަމުން މި މަހުގެ 28 ގައި ސިނަމާތަކުގައި ފިލްމު އަޅުވާނެކަމާ ދޭތެރޭ ސުވާލު އުފެދިފައިުވެ އެވެ.

އެކަމަކު ސަލްމާން ޚާންގެ "ރާދޭ" މި މަހުގެ 13 ގައި ސިނަމާތަކަށް ގެންނަން އަންނަނީ ތައްޔާރުވަމުންނެވެ. ހަމަ އެ ދުވަހު އެ ފިލްމު ޒީ5 އާއި ޒީ ޕްލެކްސް އިން ވެސް ޕްރިމިއާކުރާނެ އެވެ. އެހެންވެ ހާލަތު ނިޔާކުރާ ގޮތުން ސިނަމާތަކުގައި މި ފަހަރު ފިލްމު ނުދެއްކުނަސް "ރާދޭ" ޑިޖިޓަލްކޮށް ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ.

މިދިޔަ އަހަރުގެ މެދުތެރޭގައި އިނގިރޭސިވިލާތުގައި ޝޫޓްކުރި "ބެލް ބޮޓަމް" އަކީ ރަންޖީތު ތިވާރީ ޑައިރެކްޓްކޮށްފައިވާ ސްޕައި ތުރިލާއެކެވެ. މީގެ ކާސްޓްގައި ވާނީ ކަޕޫރާއި ލާރާ ދައްތާ އަދި ހުމާ ގްރޭޝީ ހިމެނެ އެވެ.

އަކްޝޭގެ "ސޫރިޔަވަންޝީ" އަކީ ވެސް ކޮވިޑާ ހެދި ރިލީޒްނުކުރެވި ދިގުލައިގެން ގޮސްފައިވާ ފިލްމެކެވެ. އެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ސިނަމާތަކަށް ކުރިން ގެންނަން ނިންމާފައި ވަނިކޮށް މިހާރު އަނެއްކާ ވެސް އޮތީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. ރޯހިތު ޝެޓީ ޑައިރެކްޓްކުރި "ސޫރިޔަވަންޝީ" އަކީ އެންމެ ފުރަތަމަ މިދިޔަ އަހަރުގެ މާޗް 24 ގައި ރިލީޒްކުރަން އުޅުނު ފިލްމެކެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454