29 ޖުލައި 2021 - 06:55
ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅު ބަތަލާ ކަމަށް ދާދި ފަހުން ބުނި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތު އަނެއްކާ ވެސް އަމިއްލަ ނަފުސަށް ތައުރީފުކޮށް، ގިނަ ބަޔަކަށް ގޮންޖަހާ މޭރުމަކުން ވާހަކަ ދައްކައިފި އެވެ.
މި ފަހަރު އޭނާ ފޭސްބުކާއި އިންސްޓަގްރާމްގައިި ޕޯސްޓްކުރީ މަސައްކަތް ނިންމާލައި ރިލީޒްކުރަން ތައްޔާރަށް އޮތް ފިލްމު "ތަލައިވީ" ކުޅެން ވަރަށް ބޮޑަށް ފަލަވި މަންޒަރުގެ ފޮޓޯއަކާއި މިހާރު ހަންގޭރީގައި ޝޫޓްކުރަމުން އަންނަ ފިލްމު "ދާކަޅު" ގެ އެކްޝަން ކެރެކްޓާ އަށް ހަށިގަނޑު ހިއްކާލައި ގެނެސްފައިވާ ލޫޅާފަތިކަން ދައްކުވައިުދޭ ފޮޓޯއެކެވެ.
ދެ ފޮޓޯ އިން ދައްކުވައިދޭ ތަފާތަށް އިޝާރާތްކޮށް ކަންގަނާ ބުނީ "މިފަދަ ދަތުރެއް އަހަރެން ނޫން [ބަތަލާއަކަށް] ނެތް" ކަމަށެވެ. އަދި ދެ ފިލްމުގެ ލުކަށް ގެނައި ބަދަލު ފާހަގަކުރާ އިރު، އެކަމުގެ ކްރެޑިޓް ފެޝަން ޑިޒައިނަރުން ކަމަށްވާ ނީތާ ލުއްލާ އާއި ޝީތަލް އިގްބާލް މެހެރާ އަށް ހައްގުވާ ކަމަށް ވެސް ބުންޏެވެ.
އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ރޯލު ކަންގަނާ ކުޅުނު "ތަލައިވީ" އަކީ ނީތާ ކޮސްޓިއުމް ހެދި ފިލްމެކެވެ. އަދި މިހާތަނަށް ބޮލީވުޑުން ފެންނާނެ ބަތަލާއެއްގެ ފުރަތަމަ އެކްޝަން ފިލްމުގެ ގޮތުގައި ކަންގަނާ ސިފަކުރާ "ދާކަޅް" އަކީ އިގްބާލް ކޮސްޓިއުމް ހަދާ ފިލްމެކެވެ.
ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ކަންގަނާ އަކީ ވަރަށް ހުނަރުވެރި، މޮޅު ބަތަލާއެއް ކަމަށް ގިނަ ބަޔަކު ގަބޫލުރެ އެވެ. އެކަމަކު އޭނާ އަމިއްލަ އަށް ނަފުސަށް ތައުރީފުކޮށް، ބޮޑާވެ، އެހެން މީހުން ދެރަކޮށްލާ ގޮތަށް ތަކުރާރުކޮށް ވާހަކަ ދައްކާތީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަބަދު ވެސް އަމާޒުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުލޭ
29 July 2021
މިވެސް އެއްކަލަ ސޮރާ އެއްގޮތް މަންޖެއެއް. ބޯހަމަނުޖެހޭ ދެ މީހުން.
ކްރީމުއްދީން ބާޝާ
29 July 2021
މީނާއާ "އެބޭޅާ"އާ ދެމީހުންގެ ބޯ މިވަގުތުންމިވަގުތަށް ޑޮކްޓަރަށް ދައްކާންޖެހޭ.
ކަލީ
29 July 2021
Journey like no other... ގެ ތަރުޖަމާއަކީ "މިފަދަ ދަތުރެއް އަހަރެން ނޫން [ބަތަލާއަކަށް] ނެތް" ތަ؟