11 ފެބުރުއަރީ 2021 - 07:35
ދުނިޔޭގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި ބަތަލާ އަކީ އޭނާ ކަމަށާއި އެހެން އެއްވެސް ބަތަލާއަކަށް ނުދެއްކޭ ފަދަ ހުނަރުތަކެއް ކުރިއަށް ހުރި ފިލްމުތަކުން ވެސް ދައްކާނެ ކަމަށް ބުނެ ބަތަލާ ކަންގަނާ ރަނާވަތު އަމިއްލަ އަށް ބޮޑާވެއްޖެ އެވެ.
ނެޝަނަލް ތިން އެވޯޑް ހޯދާފައިވާ ބަތަލާގެ ކުރިއަށް އޮތް ދެ ފިލްމުގެ ތެރޭގައި ހިމެނޭ އެކްޝަން ފިލްމު "ދާކަޅް" އާއި ބައޮގްރަފިކަލް ޑްރާމާ "ތަލައިވީ" ގެ މަންޒަރުތަކެއް ޓްވިޓާގައި ހިއްސާކޮށް ބުނީ އޭނާ އަމިއްލަ އަށް އެ ކުރާ ދައުވާއާ ދެކޮޅު ބަޔަކު ތިބި ނަމަ އެކަމާ ބަހުސްކުރަން ތައްޔާރަށް ހުރި ކަމަށެވެ.
"ތަލައިވީ" ގައި އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ރޯލު ކުޅެން ހަށިގަނޑަށް ގެނައި ބަދަލުތަކާއި ވަރުގަދަ އެކްޝަން ރޯލެއް ކުޅޭ "ދާކަޅް" އަށް ތައްޔާރުވާން ގެނައި ބަދަލަށް އިޝާރާތްކޮށް ކަންގަނާ ބުނީ އޭނާ އެ ދައްކާ ފަދަ ހުނަރެއް އެއްވެސް މީހަކަށް ނުދެއްކޭނެ ކަމަށެވެ.
I am open for debate if anyone can show me more range and brilliance of craft than me by any other actress on this planet I promise to give up my arrogance, until then I can surely afford the luxury of pride #Thalaivi #Dhaakad pic.twitter.com/0RXB1FcM43
— Kangana Ranaut (@KanganaTeam) February 9, 2021
އަދި އޭނާ އަކީ ހޮލީވުޑްގެ މަޝްހޫރު ބަތަލާ މެރީލް ސްޓްރީޕް ގޮތަށް ކޮންމެ ރޯލެއް ވެސް ކުޅެވިދާނެ ބަތަލާއެއް ކަމަށާއި ވަރުގަދަ އެކްޝަން ރޯލްތަކާ އެކު ގްލެމާ ގެނެސްދޭ "ވޮންޑަ ވުމަން" ގެ ބަތަލާ ގަލް ގެޑޯ އަށް ދޫނުކުރާ ވަރުގެ ބަތަލާއެއްގެ ގޮތުގައި ކަންގަނާ އޭނާ ސިފަކޮށްފައިވެ އެވެ.
ކަންގަނާ ކުރިން ވެސް ވަނީ "ދާކަޅް" އަކީ ބޮލީވުޑްގެ ފިލްމަކުން ފުރަތަމަ ފަހަރަށް ރަސްމީކޮށް ބަތަލާ އަކު އެކްޝަން ރޯލަކުން ފެންނާނެ ފިލްމެއް ކަމަށް ބުނެފަ އެވެ.
Massive transformation alert, The kind of range I display as a performer no other actress on this globe has that right now, I have raw talent like Meryl Streep for layered character depictions but I can also do skilled action and glamour like Gal Gadot #Thalaivi #Dhaakad pic.twitter.com/fnW3D20o6K
— Kangana Ranaut (@KanganaTeam) February 9, 2021
ބޮޑާކަން އިސްކޮށް އަމިއްލަ އަށް ފޮނިކަނޑާ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ދަނީ ކަންގަނާ އަށް ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ. އޭނާ ކުރި ޓްވީޓްތަކަށް ރައްދު ދިން މީހަކު ވަނީ ތިހާ މޮޅު ކަމަށް ދައުވާކުރާ ނަމަ ރަންބީރް ކަޕޫރް "ބަރްފީ" ގައި ކުޅުނު މަންމަނު ބީރު ކެރެކްޓާ ޓްވިޓާގައި ކުޅެދޭން އެދިފަ އެވެ. އަދި ބައެއް މީހުން ބުނެފައި ވަނީ މިއީ އަނގައެއް އޮންނާތީ ކިޔާނެނުކިޔާނެ އެއްޗެއް ނޭނގި، ފެންވަރު އޮޅިގެން އުޅޭ ބަތަލާއެއް ކަމަށެވެ.
ކަންގަނާގެ "ދާކަޅް" އަކީ މި އަހަރުގެ އޮކްޓޯބަރު 1 ގައި ރިލީޒްކުރާ ފިލްމެކެވެ. "ތަލައިވީ" ރިލީޒްކުރާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭވިހަޑި
11 February 2021
އަހަރެންވެސް ނުބުނަން ތީ މޮޅުމީހެއްނޫނެކޭ. އެކަމަކު ތިމާއަށް ތިމާ މޮޅުކަމަށް ފެންނަންވެއްޖިއްޔާ ތީ ވަރަށް ދެރަކަމެއް. ތިމާ ތިމާއަކީ މޮޅުމީހެކޭ ނުބުންޏަސް، ބެލުންތެރީން އެކެރެކްޓައެއް މޮޅުވެއްޖެނަމަ މޮޅޭބުނާނެ. ތިމާއަށް ތިމާފެނުމަކީ ނުބައެއްގެ ފެށުން. ހަމަބިމަށްފައިބާ.
2021
11 February 2021
ތީބޮޑުވަރު...