މުނިފޫހިފިލުވުން / ބޮލީވުޑް

"ތަޚުތު" ނަހަދާކަށް ނުނިންމާ، އެއީ ހަދާނެ ފިލްމެއް: ކަރަން

ކަރަންގެ އެންމެ ފަހުގެ ފީޗާ އަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް"

22 އޮކްޓޯބަރ 2021 - 07:30

މީގެ ތިން އަހަރު ކުރިން އިއުލާންކުރި ފިލްމު "ތަޚުތު" އަކީ ކެރިއަރުގައި ޑައިރެކްޓް ކުރަން އޮތް އެންމެ ހާއްސަ ފިލްމު ކަމަށާއި އެހެންވެ މިހާރު މަސައްކަތް ފަށާފައި އޮތް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ފަހު ދެން ހަދާނީ އެ ފިލްމު ކަމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް ބުނެފި އެވެ.

އެކިއެކި ސަބަބުތަކާ ހެދި "ތަޚުތު" ގެ މަސައްކަތް ނުފެށުނު ނަމަވެސް ކަރަން ބުނީ އެ ފިލްމު ނަހަދަން އެއްގޮތަކަށް ވެސް ނުނިންމާ އެވެ. އެކަމަކު އެ ފިލްމާ ބެހޭ ގޮތުން މީޑިއާތަކުގައި ތަފާތު އެެތައް ވާހަކައެއް ދަކެވި ފިލްމު ނަހަދަން ކަރަން ނިންމާފައިވާ ކަމަށް ވެސް ވަރަށް ގިނަ މީޑިއާތަކުން ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ރިޕޯޓް ކޮށްފައިވެ އެވެ.

"ތަޚުތު" އަކީ އިންޑިއާގައި ކުރިން އޮތް މުގާލް ރަސްކަމުގެ ދުވަސްވަރުގެ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ. އޭގެ މައިގަނޑު ކާސްޓުންނަކީ ރަންވީރު ސިންގް އާއި ކަރީނާ ކަޕޫރާއި ވިކީ ކޯޝަލާއި އާލިއާ ބަޓާއި އަނިލް ކަޕޫރާއި ބޫމީ ޕިޑްނޭކަރްގެ އިތުރުން ޖާންވީ ކަޕޫރެވެ.

މަޝްހޫރު ފިލްމު ކްރިޓިކް އަނޫޕަމާ ޗޯޕްޅާގެ "ފިލްމު ކޮމްޕޭނިއަން" އަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ "ތަޚުތު" އަކީ ހަދާފައި ނޫނީ ހުއްޓާނުލާނެ ފިލްމެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި އޭގެ މަސައްކަތް މިދިޔަ އަހަރު ހުއްޓާލަން ޖެހުނީ އެޕްރީލް މަހުގެ 24 ގައި ޝޫޓިން ފަށަން ހުރިހާ ކަމެއް ތައްޔާރުވެފައި ވަނިކޮށެވެ.

"މާޗްގައި އިންޑިއާ ލޮކްޑައުންއަކަށް ދިއުމާ އެކު ފިލްމުގެ މަސައްކަތް ކުރެވޭނެ ހުރިހާ މަގެއް ބަންދުވީމަ އޭރު ތަޚުތު ހުއްޓާލީ. އެކަމަކު އޭގެ ފަހުން އެއްވެސް އިރެއްގައި އެ ފިލްމު ނަހާދަކަށް ނުނިންމަން. އެއީ ހަމަ ޔަގީނުން ވެސް އަހަރެން ހަދާނެ ފިލްމެއް،" 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އިން ޑައިރެކްޝަނަށް ނުކުތް ކަރަން ބުންޏެވެ. "މިހާރު މަސައްކަތް ފަށާފައި އޮތް ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ ނިންމާލުމަށް ފަހުން ޔަގީނުން ވެސް ދެން އަހަރެން ހަދާނެ ފިލްމަކީ ތަޚުތު. އެއީ އަހަރެންގެ ޕެޝަން ޕްރޮޖެކްޓެއް."

ދެހާސް ސޯޅައިގެ "އޭ ދިލް ހެ މުޝްކިލް" އަށް ފަހު ޑައިރެކްޓްކުރާ ފިލްމާ ބެހޭ ގޮތުން އޭނާ ބުނީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ އާއިލީ ޑްރެމެޑީއެއް ފިލްމެއް ކަމަށެވެ.

video icon

"މިއީ އާއިލީ ގުޅުމާއި އިޝްގީ ލޯތްބާއި އަދި އުފާވެރި އެތައް އިހުސާސެއް ގެނުވައިދޭނެ ވަރަށް ޗާލު ޑްރެމެޑީއަކަށް ވާނެ." ޖުލައި މަހުގެ ފަހުކޮޅު ޝޫޓިން ފެށި ފިލްމާ ބެހޭ ގޮތުން ހުނަރުވެރި ޑައިރެކްޓަރު ބުންޏެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ލީޑް ތަރިންނަކީ ރަންވީރާއި އާލިއާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ދަރުމެންދުރާ އާއި ޖަޔާ ބައްޗަން އަދި ޝަބާނާ އާޒްމީ ހިމެނެ އެވެ.

"ފިލްމުގެ ލަވަތައް ޝޫޓްކުރަން ކެތްމަދުވެފައި މިހާރު މި ހުންނަނީ. ފިލްމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި މީގެ ކާސްޓާ އެކު މަސައްކަތް ކުރުމަކީ ވަރަށް ވެސް ބޮޑު އުފަލެއް." ކަރަން ބުންޏެވެ.

އަންނަ އަހަރު ފިލްމު ގެނެސްދޭން ނިންމިޔަސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454