މުނިފޫހިފިލުވުން / ބޮލީވުޑް

ދެން ވެބް ސީރީޒްތައް ނުކުޅޭނަން: ނަވާޒުއްދީން

ނަވާޒުއްދީން.

30 އޮކްޓޯބަރ 2021 - 07:20

އިންޑިއާގައި ވެބް ކޮންޓެންޓްތައް ހެދުމުގެ ބޮޑު ފޯރިގަނޑާ އެކު މިހާރު ހަދާ އެއްޗެހީގެ ކޮލިޓީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ބުނެ، ވެބް ސީރީޒްތައް ދެން ނުކުޅޭނެ ކަމަށް ހުނަރުވެރި އެކްޓަރު ނަވާޒުއްދީން ސިއްދީގީ ބުނެފި އެވެ.

ޑިމާންޑް ބޮޑު އެކްޓަރެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ނަވާޒުއްދީން ބުނީ އޭނާ ކުޅުނު ނެޓްފްލިކްސްގެ ވެބް ސީރީޒް "ސެރްކެޑް ގޭމްސް" އަށް އޭރު އެއްބަސްވީ ޑިޖިޓަލް ކޮންޓެންޓަށް އާންމުންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުހީބާ އެކު ޗެލެޖިން ރޯލެއް ކުޅެން ބޭނުންވުމުން ކަމަށެވެ.

"އެއީ އަހަންނަށް އައި އެފަދަ ފުރަތަމަ ބޮޑު އޮފާއެއްވީމައާ އެކު އޭރު ގަބޫލުކުރީ. އަދި ސެކްރެޑް ގޭސްމްގައި އަހަރެން ކުޅުނު ނުބައިބައި ރޯލަކީ އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ވެސް ލިބުނު ރޯލެއް." ސައިފް އަލީ ޚާން ލީޑް ރޯލު ކުޅުނު ސީރީޒްއާ ބެހޭ ގޮތުން ނަވާޒުއްދީން ބުންޏެވެ.

"ސެކްރެޑް ގޭމްސް" ގެ ފުރަތަމަ ސީޒަނަށް ބޮޑު ތަރުހީބެއް ލިބުނަސް، ދެވަނަ ސީޒަނަކީ ގިނަ ބަޔަކަށް އެހާ ކަމުދިޔަ އެއްޗެއް ނޫނެވެ. އެ ސީރިޒްގެ އިތުރުން "މެކްމާފިއާ" ކިޔާ ވެބް ސީރީޒެއްގައި ވެސް ނަވާޒުއްދީން މަސައްކަތްކުރި އެވެ.

އޭނާ ބުނީ މިހާރު ޑިޖިޓަލް ކޮންޓެންޓްކަތަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ފެންވަރު ރަނގަޅު އުފެއްދުންތައް ގެނެސްދިނުމުގެ ބަދަލުގައި މާ ގިނަ އެއްޗެހި ހަދަން އިސްކަން ދެވުން ކަމަށެވެ.

"ކޮލިޓީ އަށް ވުރެ ބޮޑަށް ކްއަންޓިޓީ އަށް މިހާރު އިސްކަން ދެވެނީ. މިއާ އެކު ހަގީގަތުގައި މިހާރު ދަނީ އުފެއްދުންތަކުގެ ފެންވަރު ދަށްވަމުން. އެހެންވެ އަހަރެން މިހާރު ޝައުގުވެރިއެއް ނުވޭ އެފަދަ އެއްޗެހި ބަލާކަށް ވެސް،" އޭނާ ބުންޏެވެ. "އެހެންވީމަ އަހަރެން ބަލަން ބޭނުން ނުވާ އެއްޗެއް ކުޅުމުގެ ބޭނުމެއް ވެސް ނެތް. އެހެންވެ މިހާރު ނިންމައިގެން މި ހުރީ ދެން ޑިޖިޓަލް ކޮންޓެންޓްތަކަށް އެއްބަސްނުވާން."

ނަވާޒުއްދީން، 47، ބުނި ގޮތުގައި މިހާތަނަށް އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކަ އަކީ މަޝްހޫރު ތަރިން އޮއްޓަރެއް ނެތް ފިލްމުތައް ގެނެސްދީގެން ބޮޑު ސްކްރީން ހަރާބުކުރާ ވާހަކަ އެވެ. ހަމަ އެގޮތަށް މިހާރު ގިނަ ބަޔަކު ފައިސާގެ އަވާގައި ޖެހިގެން، މިނިވަންކަމާ އެކު ފެންވަރު ރަނގަޅު އުފެއްދުންތައް ދޫކޮށްލެވެން އޮތް ސްޓްރީމް ޕްލެޓް ފޯމްތައް ވެސް ހަރާބު ކުރަމުންދާ ކަމަށް ބުންޏެވެ.

"އަހަރެން އަބަދު ވެސް ގަބޫލުކުރަނީ އުފެއްދުންތަކުގެ ރަސްގެފާނަކީ ކޮންޓެންޓް ކަމަށް. އެކަމަކު މިހާރަކު ނޯވޭ އެއަކަށް ބެލުމެއް. އެ ޒަމާން ހިނގައްޖެ. ހުރިހާ ކަމެއް ވެސް މިހާރު ގުޅިފައި އޮންނަނީ ފައިސާއާ." މަޝްހޫރު ވަރަށް ގިނަ ތަރިންގެ ފިލްމުތަކުގައި ސަޕޯޓިން ރޯލުތައް ކުޅެފައިވާ އެކްޓަރު ބުންޏެވެ.

މި ފަހުން ފިލްމުތަކުގައި ލޯޑް ރޯލުތައް ވެސް ކުޅެމުން އަންނަ ނަވާޒުއްދީންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބޯލެ ޗޫޅިޔާ"، "ޖޮގީރާ ސަރަ ރާ ރާ"، "ހީރޯ ޕަންތީ 2"، "އަދުބުދް" އަދި "ޓިކޫ ވެޑް ޝޭރޫ" ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454