12 އޯގަސްޓް 2019 - 07:43
އާންމުންނަށް ނުރައްކާވާ ގޮތަށް ޔޫއޭއީގެ ޝާރްޖާގެ މަގެއްގައި ކާރު ސްޓަންޓް ހެދި ތިން ޒުވާނަކު ހައްޔަރުކޮށް، ކޮމިއުނިޓީ ސާވިސްގެ ތެރެއިން އެ ތިން މީހުން ލައްވައި ބައެއް މަގުމަތަކާއި ބައެއް ޕާކްތަކުގައި ކުނި ކަހުވައިފި އެވެ.
ކާރު ސްޓަންޓްތައް ހެދި މައްސަލާގައި ހައްޔަރު ކުރީ 23، 24 އަދި 25 އަހަރުގެ ތިން މީހުންނެވެ. ނަމަވެސް އެ މީހުންގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ.
އެ ތިން މީހުން ކުނި ކަހާ މަންޒަރު ފެން ފޮޓޯ އާއި އެ މީހުން ސްޓަންޓް ހެދި އިރު ނަގާފައިވާ ވީޑިއޯތަކެއް ޔޫއޭއީގެ ޕަބްލިކް ޕްރޮސެކިއުޓާ އޮފީހުގެ އިންސްޓަގްރާމްގައި ހިއްސާ ކުރުމުން އެ ވައިރަލްވެފައިވެ އެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް އިސްކަން ނުދީ އާންމުންގެ ފުރާނަ އަށް ވެސް ނުރައްކާވާ ކަހަލަ ކަމެއް ކޮށްފައިވާތީ ފެޑެރެލް އިންވެސްޓިގޭޝަން ބިއުރޯ އޮފް ދަ ޕަބްލިކް ޕްރޮސެކިއުޓާ އޮފީހުން ބުނީ ތިން ޒުވާނުންގެ މައްސަލަ ސީރިއަސްކޮށް ބަލާނެ ކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުލެއް
13 August 2019
ދެން ލާރިލިބޭނެ ގޮތެއްނެތެއްނުެ
ހެޕީ
13 August 2019
މިކަހަލަ ޕްރޮޑަކްޓިވް އަދަބޭ މިރާއްޖޭގަވެސް ދޭންވީ. ޔޫއޭއީގަ ހެޕީ ޕޮލިސްވެސް ތިބޭނެ. ރަނގަޅަށް ދުއްވާ މީހުން ފާހަގަކުރަން.
ސޭޑް
13 August 2019
ތިވާހަކަ ރަނގަޅެވެ. މިފަދަ އަދަބުދޭނަމަ، މިފަދަކުށްކުރުން މަދުވެސްވާނެެއެވެ. އެކަމަކު ދެރަވާކަމަކީ، މިރާއްޖޭގައި މިފަދައަދަބެއް ނުދެވޭނެތީއެވެ. ސަބަބަކީ ތިކަހަލަކަމެއްކުރާނީ ކޮންމެސް ސިޔާސީބާރުވެރިއަކަށް މަދަކުކުރާމީހުން ނުވަތަ ބޮޑުންގެ ދަރިން ނޫނީ ކޮންމެސް ގޭންގެއްގެ މީހަކު. ފުލުހުން ހައްޔަރުކުރާއިރަށް ދޫކުރަންއަންގައި ފުލުހަށްއަންނާނީ ފޯނުކޯލު. ހައްޔަރުކުރާ މަގުމަތިން ދޫކޮށްލުވާވަރުކުރާނެ. ވެއަތުވެދިޔަތަނުގައި ކަންހިނގާފަވަނީ މިހިން.