06 އޮކްޓޯބަރ 2019 - 06:46
ފަލަވުމުގެ މައްސަލަ ދުނިޔޭގައި ބޮޑުވަމުންދާ ކަމަށާއި 2030 އާ ހަމަށް އަންނަ އިރު، އާދަޔާހިލާފަށް ފަލަ ކުދިންގެ އަދަދު 250 މިލިއަނަށް ވުރެ މަތިވާނެ ކަމަށް އާ ރިޕޯޓެއްގައި ބުނެފި އެވެ.
ވޯލްޑް އޮބިސިޓީ ފެޑެރޭޝަން (ޑަބްލިއުއޯފް) ގެ ފުރަތަމަ އެޓްލަސް އޮފް ޗައިލްޑްހުޑް އޮބިސިޓީ ރިޕޯޓްގައި ބުނިގޮތުގައި ފަލަވުމުގެ މައްސަލަ މިހާރު ގައުމުތަކުގައި ބޮޑުވަމުންދާ ރޭޓަށް ބަލާއިރު 2030 އާ ހަމައަށް އަންނަ އިރު އާދަޔާހިލާފަށް ފަލަ، ސްްކޫލަށްދާ އުމުރުގެ ކުދިންނާއި ފުރާވަރުގެ ކުދިންގެ އަދަދު 250 މިލިއަނަށް ވުރެ މަތިވާނެ އެވެ.
މި ދިރާސާ ހަދާފައި ވަނީ ފަލަވުމުގެ މައްސަލަ 191 ގައުމެއްގައި އޮތް މިންވަރަށް ރިއާޔަކޮށްގެންނެވެ.
އާދަޔާހިލާފަށް ފަލަ ނުވަތަ އޮބީސް ކެޓަގަރީ އަށް ފެތޭ ކުދިންގެ އާބާދީ މިހާރު އުޅެނީ 158 މިލިއަނުގަ އެވެ.
The @WorldObesity #ChildhoodObesity report predicts that the number of school-age children & adolescents living with #Obesity will rise from the current estimates of around 150m worldwide, to +250m by 2030 @HughFW @UKAMREnvoy
— World Obesity (@WorldObesity) October 4, 2019
Read the full report here: https://t.co/dIw6p1s42o pic.twitter.com/sMDHslAA5t
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ކުދިންގެ ފަލަވުމުގެ މައްސަލަ މިހާރު އެންމެ ބޮޑުވަމުން ދަނީ ތަރައްގީވަމުން އަންނަ ގައުމުތަކެވެ. އެހެންވެ މި ބިރު ކުރިއޮތް ތަނުގައި އެންމެ ބޮޑީ އޭޝިއާ އާއި އެފްރިކާ އާއި ލެޓިން އެމެރިކާ ގައުމުތަކުގައި ކަމަށް ބުންޏެވެ.
Our new #Childhoodobesity report shows that obesity levels in the Global South are catching up to the Global North.
— World Obesity (@WorldObesity) October 3, 2019
Without substantial interventions to prevent & treat childhood obesity, the problem will overwhelm the health services of too many countries @WHO #healthforall pic.twitter.com/5wOeDN8Uho
ރިޕޯޓްގައި ބުނިގޮތުގައި ތަރައްގީވަމުން އަންނަ ގައުމުތަކުގެ އާބާދީ އިތުރުވަމުން ދިއުމާއި ސިއްހީ ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވުމާއި ދިރިއުޅުމުގެ ވައްޓަފާޅި އަށް އަންނަ ބަދަލުތަކާ އެކު ޖަންކް ފުޑް ފަދަ ސިއްހަތަށް ރަނގަޅު ނޫން ކާނާ ޕްރޮމޯޓްކުރުމުގެ ސަގާފަތް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.
ޑަބްލިއުއޯގެ ޕޮލިސީ ޑިރެކްޓަރު ޑރ. ޓޮމް ލޮބްސްޓީން ވިދާޅުވި ގޮތުގައި ތަރައްގީވަމުންދާ ގައުމުތަކުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ހުޅަނގުގެ ލައިފްސްޓައިލް ފެތުރެމުން ދިއުމެވެ.
Our new #ChildhoodObesity report released today raises serious questions about the ability of most countries to reach childhood obesity targets set at the #WHA66. It puts down a marker against which global leaders must take action.
— World Obesity (@WorldObesity) October 2, 2019
You can access it here: https://t.co/Fa3qpaoZfA pic.twitter.com/vvWXAKfnRU
"އެގޮތުން އެންމެ ނޭދެވޭ އެއް ކަމަކީ ކުރީގައި ކައިބޮއެ އުޅުނު ރަނގަޅު އާދާތައް ދޫކޮށްލައި، ހުޅަނގުން ތައާރަފުވެގެން އައި ފާސްޓް ފުޑަށް ގިނަ ބަޔަކު ބަރޯސާވާން ފެށުން،" އޭނާ ވިދާޅުވި އެވެ. "މީގެ ނަތީޖާ އަކީ އާދަޔާހިލާފަށް ފަލަވާން މަގުފަހިވުމާ އެކު ސިއްހީ މައްސަލަތައް އިތުރުވުން."
ފަލަވުމުގެ މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން 2013 ގައި ބޭއްވި ސަމިޓްގައި ގައުމުތަކުން އެއްބަސްވެފައިވާ ގޮތަށް އެކަށީގެންވާ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައެއް ނެތެވެ. އެ ފަހަރު ކަނޑައަޅާފައި ވަނީ 2010-2012 އާ ދޭތެރޭ، ކުޑަކުދިން ފަލަވުމުގެ މައްސަލަ 2025 އާ ހަމައަށް އަންނަންވާ އިރަށް ދަށްކުރުމެވެ.
ނަމަވެސް އެ ލަނޑުދަނޑި އަށް ވާސިލުވާން ކުރާ މަސައްކަތްތަކަށް ބަލާ އިރު ކޮންމެ ފަސް ގައުމަކުން ހަތަރު ގައުމަކުން ކުރާ މަސައްކަތް އެންމެ 10 ޕަސަންޓަށް ވުރެ ވެސް ދަށް ކަމަށް ރިޕޯޓްގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy