14 ފެބުރުއަރީ 2020 - 08:23
ފިރިމީހާ ސިއްރުން ތިން ވަނަ ކައިވެންޏެއްކުރަން އުޅެނިކޮށް، ހަފުލާ އޮތް ތަނަށް ޕާކިސްތާނުގެ އަންހެނަކު ވަދެ ޒުވާބުކޮށް މާރާމާރީ ހިންގައި، ފިރިމީހާ މީހާ ޒަހަމްކޮށްލައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަރާޗީގެ އުތުރުގެ ނަޒީމްއާބާދުގައި ހިނގި މި ހާދިސާއާ ގުޅިގެން ފިރިހެން މީހާ އަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުން ފަރުވާ ވެސް ހޯދާފައިވެ އެވެ. އަދި ހަފުލާ އަށް އޮތް ތަނަށް ގަދަކަމުން ވަދެ، ދޮށީ އަނބި މާރާމާރީ ހިންގި މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓްކުރި އެވެ.
First wife thrashes husband at his third wedding in Karachihttps://t.co/BYqSFASNIL pic.twitter.com/sJOj54eYcl
— The Express Tribune (@etribune) February 11, 2020
ފުލުހުން ބުނީ އެ ހާދިސާ އަކީ ދެމަފިރިންގެ ޒާތީ މައްސަލައެއް ކަމަށާއި މިކަމާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ އެ މީހުންނަށް ނަސޭހަތްދީ ފޮނުވާލައި، މައްސަލަ ކޯޓްގައި ކުރިއަށް ގެންދަން ދެމަފިރިންނަށް ނަސޭހަތް ދީފައިވެ އެވެ.
މިކަމާ ގުޅިގެން ފިރިހެން މީހާ ބުނީ މާރާމާރީ ހިންގި އަންހެން މީހާ އަކީ އޭނާއާ މިހާރު އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން ކަމަށާއި އެ މީހުންގެ ކައިވެނި މީގެ ދުވަސްކޮޅެއް ކުރިން ރޫޅާލާފައިވާ ކަމަށެވެ. އެހެންވެ އަންހެން މީހާ މާރާމާރީ ހިންގި މައްސަލާގައި ދައުވާކުރާނެ ކަމަށް ބުންޏެވެ.
އަންހެން މީހާ ބުނީ ކައިވެންޏަށް ދަރިއަކު ވެސް ލިބިފައި ވަނިކޮށް ފިރިމީހާ 2018 ގައި ދެވަނަ ކައިވެންޏެއް ވެސް ކުރީ ސިއްރުން ކަމަށާއި އޭނާ އަށް ނޭނގި ކައިވެނިތައް ކުރަމުން ދިއުމަކީ ބޮޑު އޮޅުވައިލުމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަަނު
14 February 2020
ފިރިހެންމީހާގެ ހައްގަކަށް ބެލުމެއް ނެތި އަންހެންމީހާ ތި ހިންގީ ވަރަށް ވިޔާނުދާ އަމަލެއް.
ރީތި ރާއްޖެ
14 February 2020
ރާއްޖޭގަވެސް އުޅޭ މިހެން އުޅޭ އަންހެނުން. ފިރިހެން މީހާ ގަޔަށް ބޮލަށް އަރާ ދެން ހީވާނީ އެހެން ފަދަ ކަމެއްހެން . ހީވަނީ ފިރިމީހާ އަކީ އަމިއްލަ މުދާ ގަނޑެއްހެން. ދެން މިހެން ބުންޏަސް ނުޥާ ވަރުން ފޫގަޅަން އުޅޭ ފިރިހެނުން ދެއަންބައް އިނީމަ އަސް އެއީ މައްސަލައަކީ. ދޮށީ އަނބި ބުރަކަށި ބިންދައިގެން މަސައްކަތް ކޮއްގެން ހޯދާ ލާރިކޮޅު ކާލައިގެން ގޭގެ ބިލްތައް ޕެންޑިންގަ އޮއްވަ ވެސް ދެ އަނބިން ހޯދަން ދުވާ ވިޔާނުދާ ފިރިހެނުންތައް އުޅޭ މިގައުމުގަ.