ރީވް.
30 އެޕްރީލް 2020 - 09:20
އެމެރިކާގެ މަޝްހޫރު ޓީވީ ނެޓްވޯކް އޭބީސީގެ ޝޯ ގުޑް މޯނިން އެމެރިކާ (ޖީއެމްއޭ) ގައި އެ ޝޯގެ އެންކަރެއް ގޭގައި އިނދެ ޝޯ ހުށަހަޅަމުން ދަނިކޮށް ބޮޑު ލަނޑެއް ލިބިއްޖެ އެވެ.
ޝޯގައި ވިލް ރީވް ބައިވެރިވީ ގޭގައި އިނދެގެންނެވެ. އޭނާ ފެނުނީ ގަމީހަކާއި ކޯޓެއްލައިގެން އިށީނދެ އިނދެގެން ވާހަކަ ދައްކަނިކޮށެވެ. ސްޓޫޑިއޯގައި ތިބި ޝޯގެ ހޯސްޓުންނާ، ވިލް ބައިވެރިވީ ފްލޮރިޑާގައި ހުންނަ ރިޓަޔަމަންޓް ހޯމްތަކަށް ޑްރޯންގެ އެހީގައި ސިއްހީ ސާމާލު އުފުލުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށެވެ.
ABC’s Will Reeve forgot his pants this morning? pic.twitter.com/c3uF6dFnSN
— PolishPatriot™️ (@PolishPatriotTM) April 28, 2020
ރީވް ވާހަކަ ދައްކަން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ޓީވީ ބަލަން ތިބި މީހުންނަށް ފެނުނީ އޭނާ ފަޓުލޫނެއް ނުލައި އިން ތަނެވެ. އިށީނދެގެން އިން އިރު ދެ ފައި އިނީ ފެންނާށެވެ. މި މަންޒަރު ވަގުތުން ގިނަ ބަޔަކު ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ދައުރުކޮށް، ރީވްގެ ފަޓްލޫނު ކޮބައިތޯ އަހާފައިވެ އެވެ.
Hey put some pants on my guy pic.twitter.com/PpCIBRrjP5
— Adam Graham (@grahamorama) April 28, 2020
އަދި ބައެއް މީހުން ވަނީ ތިހިރީ ބަރަހަނާކޮށް ނޫންހޭ ބުނެ ޖޯކް ވެސް ޖަހާފައިވެ އެވެ. މިކަމެއް އަސްލު ދިމާވީ ކެމެރާ އަށް ކުއްލި އަކަށް އައި ހަރަކާތަކާ އެކު، ތިރި އަށް ޖެހުމުންނެވެ. އެހެންވެ ރީވް ތިރިން އެއްޗެއް ނުލައި ހުރިކަން ފަޅާއެރީ އެވެ.
I have ARRIVED*
— Will Reeve (@ReeveWill) April 28, 2020
*in the most hilariously mortifying way possible https://t.co/2NQ85QEJVr
ބައެއް މީހުން މިކަމަށް ޖޯކް ޖަހައި އަދި ފާޑުކީ ނަމަވެސް، ރީވް، 27، ގެ ދިފާއުގައި ވެސް ބައެެއް މީހުން ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން ގޭގައި ތިބެގެން މަސައްކަތްކުރާ އިރު މިކަހަލަ ގޮތެއްވުމަކީ މާ ބޮޑު މައްސަލައެއް ނޫން ކަމަށާއި ލޮކްޑައުންގެ މި ހާލަތުގައި ގިނަ ބަޔަކު ގޭތެރޭގައި ވެސް އުޅޭނީ ވެސް މާ ބޮޑު ނިވާކުރުމެއް ނެތި ކަމަށް ބުނެފައިވެ އެވެ.
When WFH goes wrong (or, your self-framed live shot goes too wide).
— Will Reeve (@ReeveWill) April 28, 2020
Hope everyone got a much needed laugh 😂 pic.twitter.com/GbyLBhL7Be
ހީވެސް ނުކުރާ ކަހަލަ ގޮތަކަށް، ރީވް އިން ހާލަތު ޓީވީ ބަލާ މީހުންނަށް ފަޅާއެރުމުން އޭނާ ބުނީ އިނީ ސޯޓެއްލައިގެން ކަމަށެވެ. އަދި ފަޓްލޫނެއް ލާން އެ ވަގުތު ބޭނުން ނުވީ ޓީވީން އޭނާ ފެންނާނީ ބަނޑުންމަތި ކަމަށްވާތީ ކަމަށް ބުންޏެވެ.
މިކަމާ ގުޅިގެން އޭނާ ޓްވީޓެއްގައި ބުނީ ކަންތައް ކުރެވުނު ގޮތަކުން ވަރަށް ގިނަ ބަޔަކަށް ޖޯކަކަށްވެއްޖެ ކަމަށާއި މިކަހަލަ ކަންކަމާ ދޭތެރޭ ކުރިއަށް އޮތް ތަނުގައި ދެން ވިސްނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކީލުު.
02 May 2020
މިރާއްޖޭގެ ހިޔަނި ގާނޫނީ ވަކީލަކު އިހަކަށްދުވަހު ވީޑިއޯކޮށް ކުރިއަށްގެންދިޔަ ކްރިމިނަލް ކޯޓުގެ މުއްދަތުގެމަޖިހަށް ގޭގައި އިނދެ ކުރިއަށް ގެންދިއިރު އޭނާ އިންގޮތް (ތިރީބައި މޭޒުދަށުން) ފޮޓޯނަގައި އަމިއްލައަށް ޓްވީޓްކުރިއެވެ. ބައެއްމީހުްން މިއީ މޮޅޮ ކޫލްކަމަކަށް ހަދައި ގެން ކޮމެންޓް ކޮށްފައި ހުއްޓެވެ. މިފަދަ އަމަލުތަކަކީ ކޯޓުގެ ހުރުމަތްކެނޑުން ކަމެއްވެސް މިވަކީލަށް ނޭގެއެވެ.