04 އޯގަސްޓް 2020 - 08:06
ފިންލެންޑްގެ ޒުވާން ބޮޑުވަޒީރު ސަނާ މާރިން ލޯބިވެރިޔާ މާކަސް ރައިކޯނެންއާ ހޮނިހިރު ދުވަހު ދުވަހު ކައިވެނި ބައްލަވައިގެންފި އެވެ.
މާކަސް، 34، އަކީ ފިންލެންޑްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެކެވެ. އޭނާ އާއި ސަނާ ކައިވެނި ވާހަކަ ފޮޓޯތަކާ އެކު އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އެ ދެ ބޭފުޅުން ލޯބީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވާތާ 16 އަހަރު ފަހުން ކައިވެނި ބައްލަވައިގަތުމާ ގުޅިގެން ސަރުކާރުގެ ރަސްމީ ޓްވިޓާ އެކައުންޓުން މަރުހަބާ ވެސް ކިޔާފައިވެ އެވެ.
އުމުރުން 34 އަހަރުގެ ސަނާ ފިންލެންޑްގެ ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ގަ އެވެ.
ގައުމު ހިންގެވުމުގެ މަސްއޫލިއްޔާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ސަނާ ވަނީ 2015 އިން ފެށިގެން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.
ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ސަނާ ވަނީ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެންނެވުމާ ހަމައަށް ފިންލެންޑްގެ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާފައިވެ އެވެ.
ބޮޑުވަޒީރުގެ މަގާމާ މިދިޔަ އަހަރުގެ ފަހުކޮޅު ހަވާލުވެވަޑައިގެންނެވި އިރު ސަނާ އަކީ މި ވަގުތު ގައުމެއްގެ ވެރިއަކަށް ހުންނެވި އެންމެ ޒުވާން ވެރިޔާ އެވެ. އަދި އެ ކަމަނާ އަކީ ފިންލެންޑްގެ ތިން ވަނަ އަންހެން ބޮޑުވަޒީރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރަފަތިކަނބުލޮ
09 August 2020
ސަނާ އެއް ނޫން ސަންނަ
ފާއިޒު1
08 August 2020
މި ޚަބަރުގައި "އުމުރުން 34 އަހަރުގެ ސަނާ ފިންލެންޑްގެ ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ގަ އެވެ." މިހެން އެބައޮތް
ހޭހަން
04 August 2020
ދެން މަރްހަބާ !
ބަނާނާ
04 August 2020
ބޮޑު ވަޒީރު ސަނާ ގެ ޢުމުރެއް ނޭގޭތަ؟ޚަބަރު ފިރިހަމަ ވާނީ މާކަސް ގެ އުމުރު ބުނިއިރު ސަނާގެ އުމުރު ވެސް ބުނި ނަމަ ނޫން ތޯއެވެ؟
މިމީހާ
04 August 2020
ލޯ ހުލުވައިގެން ސުރުހީ އެކަނި ތި ކިއާލީ ދޯ... އުމުރުން 34 އަހަރުގެ ސަނާ ފިންލެންޑްގެ ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ގަ އެވެ.
ރަދީފްއޮފިޝިއަލް
04 August 2020
އުފަން ތާރީހް 16.11.1985 ، އެހެންވީމަ މިހާރު 34 އަހަރު ، މިއަހަރު ނޮވެންބަރުގަ 35 އަހަރު ފުރޭނެ.
ރަދީފްއޮފިޝިއަލް
04 August 2020
މަރުހަބާ ސަނާ މާރިން.އަހަރެން ހުރީ މިކަން ކުރެވޭތޯ.ނަމަވެސް ވަރަށް ދެރަގޮތެއް މިދިމާވީ.މަށަށް މެސެޖްކޮށް މިކަންކުރާނަމޭ ކިޔާފަ ލަނޑެއް ދީފަ މިއޮތީ.ގުޑް ލަކް.
ސާންޓޭ
04 August 2020
ރަދީފުއާ އިންނަން ދުނިޔޭގެ ހުރިހާ އަންހެނުން އުޅެނީ ކީއްވެ؟
ޒުވާން މަޖިލީހުގެ ރައީސު
04 August 2020
Congratulations