މެއްސެއް.
08 ސެޕްޓެމްބަރ 2020 - 06:29
ފްރާންސްގެ ދުވަސްވީ މީހަކު ދިރިއުޅޭ ގެއެއްގެ ތެރޭގައި އުޅުނު މެއްސެއް މަރަން އުޅެގެން ގޭގައި ރޯވެ، ވަގުތީ ހިޔަލަކަށް ދާން ޖެހިއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑޯޑޯންގެ ޕާކޯލް-ޝެނޯޑް އަވަށުގައި މިދިޔަ ހަފުތާގައި މި ހާދިސާ ހިނގީ 80 އަހަރުގެ ފިރިހެން މީހާ މަދިރި މަރާ ކަހަލަ ރެކެޓަކުން މެހި މަރަން އުޅުމުގެ ތެރޭގަ އެވެ.
އޭނާ ރޭގަނޑުގެ ނާސްތާ ތައްޔާރުކުރަން ބަދިގެ ތެރޭގައި އުޅެނިކޮށް ކަންފަތްބުޑުގައި މެއްސެއް އެނބުރި އުނދަގޫކުރަން ފެށުމުން ރެކެޓް ނަގައިގެން މެހީގައި ޖަހަން އުޅެނިކޮށް އުނދުނުގެ ކައިރީގައި ހުރި ގޭސް ސިލިންޑަރުގައި ރެކެޓުން ޖެހި އަލިފާން ރޯވީ އެވެ. އެ ވަގުތު ސިލިންޑަރުން ގޭސް ލީކްވެފައި ހުރުމުން ރެކެޓުން ޖެހި ކުއްލިއަކަށް ވަރަށް ބޮޑަށް ގޭސް ލީކްވެ، ގޮވައިގެން ރޯވީ އެވެ.
ގޭގެ ބަދިގެއާ ވީ ފަރާތުގެ ސީލިންގާއި ފުރާޅާ އެއްކޮށް ވަރަށް ބޮޑަށް އަނދައިގެން ދިޔަ ނަމަވެސް ފިރިހެން މީހާ ވަނީ މާ ބޮޑު އަނިޔާއެއް ނުވެ ސަލާމަތްވެފަ އެވެ. އޭނާގެ އަތުން ތަންކޮޅެއް ފިހުން ފިޔަވައި އިތުރު ގެއްލުމެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
08 September 2020
ކަމެއް ދިމާވާންވީމަ ތިކަހަލަ ކަންތައްވެސް ވާނެ. ތި ރެކެޓަކީ އެހާ ނުރައްކާ އެއްޗެއްކަން އެނގިފަނެތް.