24 މެއި 2021 - 08:21
ދުބާއީގެ ޒުވާން ވަލީއަހުދު ޝައިހް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަކްތޫމަށް އެއްމާބަނޑު ދެ ބޭފުޅުން ލިބިއްޖެ އެވެ.
އަވަހާރަވެފައިވާ ކާފާފުޅުގެ ފޮޓޯއެއްގެ ކުރިމަތީގައި ދެ ބޭފުޅުންނާ އެކު ނަންގަވާފައިވާ ފޮޓޯއެއް އިންސްޓްގްރާމްގައި ޕޯސްޓްކުރައްވައި ހަމްދާން ވިދާޅުވީ ﷲ އަށް ޝުކުރު ދަންނަވާ ކަމަށެވެ. މީޑިއާތަކުން ބުނީ ހަމްދާންގެ ދެބޭފުޅުން އުފަންވީ ހޮނިހިރު ދުވަހު ކަމަށާއި އެއީ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެއް ކަމަށެވެ.
ހަމްދާން، 38، ކައިވެނި ބައްލަވައިގަތީ 2019 ގަ އެވެ. އޭނާގެ އަނބިކަނބަލުންނަކީ ޝައިޚާ ޝައިޙާ ބިންތު ސައީދު ބިން ތާނީ އަލް މަކްތޫމެވެ.
އާންމުންގެ މެދުގައި މަގުބޫލު ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ހަމްދާނަކީ އިންސްޓަގްރާމްގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ބޭފުޅެކެވެ. އެގޮތުން އޭނާއާ ގުޅުން ހުންނަ ކަންކަން އަބަދު ވެސް އެ ޕްލެޓްފޯމްގައި ހިއްސާކުރައްވަ އެވެ. އަދި އިންސްޓަގްރާމްގައި ހަމްދާން ފޮލޯކުރާ މީހުންގެ އަދަދު 11.6 މިލިއަނަށް ވުރެ ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިވެހި ޕްރިންސެސް
25 May 2021
އޯ ނޯ ދިސް ޑޫޑް ވޯޒް މެރީޑް! އަދި މި ކަން ވޭތޯ އޭ ހިތަށް އަރުވައިގެން ކޯވިޑް ނިމެންދެން މިހުރީ. ކޯވިޑް ބޮލަށް ކަނޑާލާނެ އިތުރު ކަމެއް މި ފެނުނީ.
ހަސީނާ
24 May 2021
ތި ދެން މީހަރު ހައިރާންވާން ޖެހޭކަމެއް ނޫން. ލާރި ހުރިއްޔާ ޓްވިންސް ހޯދުމަކީ ފެން މެޓައެއް ކަހަލަ ކަމެއް. ހޮލީވުޑް ސެލެބްރިޓީން މުޅިން އެއުޅެނީ އެހެން.
ސޯ ވަޓް
24 May 2021
ސޯ ވަޓް