ޚިޔާލު

އޮޅުންބޮޅުން: ރައްޔިތުންގެ ނިންމުން

އާންމު އިންތިހާބުގައި ދެ އޮފިޝަލަކު ވޯޓު ފޮއްޓަކާ އެކު: އެމްޑީޕީން ކާމިޔާބު ކުރީ ވަރަަށް ބޮޑު ތަފާތަކުން

އަހުމަދު އަބްދުﷲ

11 އެޕްރީލް 2019

10 comments
happy icon 78%

އަމާންކަމާއި އޮމާންކަމާ އެކު އާއްމު އިންތިޚާބެއް ނިމިގެން ހިނގައްޖެ އެވެ. ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރާއްޖޭގައި މައިގަނޑު ސިޔާސަތުތައް ކުރިއަށް ގެންދާނެ ގޮތުގެ ފެހި ސިގްނަލް ދިވެހި ރައްޔިތުން ދީފި އެވެ. ވޯޓުގެ ޒަރީޢާ އިންނެވެ. ކުރި އަށް އޮތް ފަސް އަހަރު ދުވަހު ވެރިކަން ކުރުމަށް ކާމިޔާބު ހޯދި ޕާޓީ އަށެވެ. މި އިންތިޚާބުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންތައްތައް ބުނެދީފި އެވެ. ފިލާވަޅު ލިބިއްޖެ އެވެ. ސިޔާސީ ގޮތުން އުއްމީދު އާލާވާ ކަހަލަ ނިޝާންތައް ސިޔާސީ އުދަރެހުން އަޅުގަނޑުމެންނަށް ފެންނަން ފަށައިފި އެވެ.

މި އިންތިޚާބުގައި އާދަޔާ ޚިލާފް ކާމިޔާބީއެއް ހޯދި ޕާޓީން އެ ކާމިޔާބު ހޯދީ ހިލެއެއް ނޫނެވެ. އެ ޕާޓީގެ ތަޞައްވުރު، އެ ޕާޓީގެ އެޖެންޑާ ރައްޔިތުންނަށް ވިއްކައިގެންނެވެ. އެ ޕާޓީގެ ލީޑަރުން ރެޔާއި ދުވާލު ކުރި ބުރަ މަސައްކަތުން، މިހާރު ބަލަން ޖެހޭނީ ގައުމު ކުރިއަށް ގެންދާނެ ގޮތް ކަމަށް އެ ޕާޓީން ދެއްކި މަގު ރައްޔިތުންނަށް ފަހުމްވީ އެވެ. އިންތިޚާބުގައި ބައިވެރިވި އެހެން ޕާޓީތަކުން ރައްޔިތުންނަށް ވިއްކާނެ ޚިޔާލެއް، ތަޞައްވުރެއް، އޮތް ކަމަކަށް ނުދައްކަ އެވެ. އެ ވާހަކަ ނުދައްކާތީވެ އެވެ. ބޭނުން ވަނީ ގޮނޑި އެވެ. ކީއްކުރަންތޯ އެވެ؟ މި ފަހަރުގެ އިންތިޚާބުގައި އަޅުގަނޑުމެންނަށް ލިބުނު އެއް ފިލާވަޅަކީ ގައުމު ކުރިއަށް ގެންދާނެ ރަނގަޅު ތަސައްވުރެއް ނުދައްކާ ނަމަ ވޯޓު ހޯދަން އުނދަގޫ ވާނެ ކަމެވެ. ގޮނޑި ނުލިބޭނެ ކަމެވެ.

ޑިމޮކްރަސީއާ ގުޅިފައިވާ، އަޅުގަނޑުގެ އުއްމީދުތައް އާލާވާ ނިޝާން ފެނުނީ މީގެ ފަސް އަހަރުގެ ކުރިއަށް ބަލައިލުމުންނެވެ. އެ އިރު ބޭއްވި އާއްމު އިންތިޚާބުގެ ނަތީޖާ އަށް ބަލަައިލުުމުންނެވެ. ވެރިކަމުގައި އޮތް ޕާޓީން ނުވަތަ އޭގެ ކުރިން ވެރިކަމުގައި އޮތް ސަރުކާރުން ކަންތައް ކުރި ގޮތާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން، އެފަހަރު ވެސް ރައްޔިތުން ދެއްކީ ވޯޓުގެ ޒަރީއާ އިންނެވެ. ހަގީގަތުގައި އެއީ ޑެމޮކްރަސީގައި އެކަން އޮންނަ ގޮތެވެ. އަލަށް ވެރިކަމަށް އަންނަން މަސައްކަތް ކުރި ގުޅިފައިވާ ޕާޓީތަކުން، ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ ގޮނޑި ކާމިޔާބުކުރި އެވެ. ވަރަށް ފަސޭހަކަމާ އެކު ކޮންމެ ކަމެއް ވެސް ފާސްކުރެވޭ ވަރުގެ ބޮޑު އަޣްލަބިއްޔަތެއް ހޯދި އެވެ. އެ ޕާޓީން އެ އަޣްލަބިއްޔަތާ އެކު ރައްޔިތުންގެ އިތުބާރުގެ ބޭނުންކުރީ ނާޖާއިޒު ކޮށްނެވެ. ނަަތީޖާއަކަށް ވީ ފަސް އަހަރު ފަހުން އެ ޕާޓީ އަށް ރައީސް ކަން ވެސް ގެއްލުމެވެ. ރާއްޖޭގެ ތާރީޚުގައި ވެސް މި އަދާ ހަމައަށް ނުފެންނަހާ ދަށް، ލަދުގަންނަ ވަރުގެ ނަތީޖާއެއް އާއްމު އިންތިޚާބުގައި އެ ޕާޓީ އަށް ލިބުމެވެ.

ދެ ފަހަރެއްގެ މަތިން އެއް އަހަރު ދުވަހުގެ ތެރޭގައި، ރައްޔިތުން އެ ޕާޓީ އަށް ނޫނެކޭ ބުނީ ކީއްވެތޯ އެވެ؟ އެ ޕާޓީ ވެރިކަމުގައި އޮތް އިރު އޮތް ކަރަޕްޝަން ބޮޑުކަމުންނެވެ. ބޮޑެތި މަޝްރޫޢުތައް ދޭސީ ކުންފުނިތަކަށާއި ބިދޭސީ ކުންފުނިތަކާ ހަވާލުކުރީ ބީލަމަކާ ނުލަ އެވެ. ފަތުރުވެރިކަމުގެ ރަށްތައް ކުއްޔަށް ދޫކުރެވޭ ގޮތާއި، ކުއްޔަށް ދެވޭ ފަރާތާއި ކުއްޔާއި ކުލީގެ ގޮތުގައި ކުރިއަށް ނަގާ ފައިސާގެ އަދަދު ވެސް އެނގެނީ ހަމައެކަނި އެކަމުގައި އުޅުނު އިސް މީހުންނަށެވެ. ސަރުކާރުގެ މިފަދަ ކަންތައްތައް ބަލަހައްޓާ އިދާރާތަކަށް ވާއެއްނުވާއެއް އޮޅުން ނުފިލަ އެވެ. ސަރުކާރުގެ ވަޒީފާތައް ލިބެނީ ޕާޓީގެ މީހުންނާއި ރައްޓެހިންނާއި، ތިމާގެ މީހުންނާއި، ގުޅުން އޮންނަ މީހުންނަށެވެ. ސެޓްފިކެޓަށް، ތަޖުރިބާ އަށް، ސުލޫކީ މިންގަނޑަށް ބަލައިގެންނެއް ނޫނެވެ. ސަރުކާރުގެ ކުންފުނިތަކުން މަސައްކަތު މީހުން ބޭނުންވެގެން އިޢްލާނު ކުރުމުން ވެސް، ބޭނުންވާ އަދަދަށް ވުރެ ދެ ގުނަ ދިގު ލިސްޓެއް ޕާޓީ އޮފީހުގެ ތެރެއިން ފޮނުވަ އެވެ. ވަޒީފާ ދޭ އިރު އިސްކަން ދޭންވާ ތަރުތީބުގެ ލިސްޓެކެވެ. ނަތީޖާއަކަށް ވަނީ ޕާޓީން އެދޭ މީހަކަށް ނޫން އެހެން މީހަކަށް ވަޒީފާއެއް ވެސް ނުލިބުމެވެ.

ޕާޓީ ނިޒާމުގެ ތެރެއިން އަޅުގަނޑުމެން މަސައްކަތް ކުރާ އިރު ވިސްނަންވީ ވަރަށް މުހިއްމު ނުކުތާތަކެއް ވެއެވެ. ޕާޓީން ވަކި މީހަކު، ވަކި މަގާމަކަށް ހޮވުމަށް ނެރުނު ކަމުގައި ވިޔަސް އެ މީހަކު އެ މަގާމަށް ހޮވެނީ ހަމައެކަނި ޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓުރީ ވެފައި އޮންނަ މީހުންގެ ވޯޓުން ނޫން ކަމެވެ. އެ މީހަކު އެ މަގާމަކަށް ހޮވެނީ ޕާޓީގައި ނުހިމެނޭ ނުވަތަ ޕާޓީއެއްގައި ނުހިމެނޭ ގިނަ ބަޔަކު ވެސް ވޯޓު ދީގެންނެވެ. މީގެ އިތުރަށް ސަރުކާރުން ޚަރަދުތައް ބަލަހައްޓަނީ ހުރިހާ ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ އިންނާއި ސަރުކާރަށް އެހެނިހެން ގޮތް ގޮތުން ލިބޭ އާމްދަނީންނެވެ. މިހެން ވުމާ އެކު ސަރުކާރުން ދޭ ވަޒީފާތަކުގެ ތެރެއިން ސިޔާސީ މަގާމުތައް ފިޔަވައި އެހެން ވަޒީފާތަކަށް މީހުން ހަމަޖައްސަން ވާނީ އާއްމުކޮށް އިއުލާން ކޮށްފައި އޮންނަ ހާމަކަން ބޮޑު މިންގަނޑުގެ ތެރެއިންނެވެ. އެއްވެސް ޕާޓީއަކަށް ބެލުމެއް ނެތި އެވެ. ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމުން ވެސް އަމަލު ކުރެވެން ވާނީ މި އުޞޫލުންނެވެ. ވަކި ޕާޓީއެއްގެ ޓިކެޓުން މެންބަރުކަމުގެ ގޮނޑި އަށް އާދެވުނަސް، މެމްބަރަކަށް ވުމަށް ފަހު އެމީހަކީ އެ ދާއިރާގެ ހުރިހާ މީހުންގެ މެމްބަރެވެ. ހުރިހާ މީހުންގެ އަޑު އަހަން ވާނެ އެވެ.

ކުރީގައި ވެރިކަމުގައި އޮތް ސަރުކާރުން މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތު ބޭނުން ކޮށްގެން ގައުމަށް ގެއްލުންވާ ގޮތަށް، ރައްޔިތުންނަށް އުނދަގޫވާ ގޮތަށް، ބިލްތައް އެކުލަވާލައި، ޤާނޫނުތައް ފާސްކުރުމުން، އެކަމުގައި ހިމެނުނު ހުރިހާ މެމްބަރުންނަށް ރަތް ކާޑު ދައްކާފައި ރައްޔިތުން ވަނީ މަޖިލީހުން ބޭރުކޮށްފަ އެވެ.

ބޮޑު އަޣްލަބިއްޔަތެއް ހޯދި ޕާޓީން ބުނަމުން ދިޔައީ ބޮޑު އަޣްލަބިއްޔަތެއް ނުލިބި ޖޫޑިޝަރީ އިޞްލާޙް ނުކުރެވޭނެ ކަމުގަ އެވެ. ރައްޔިތުން އެ އޮތީ ބޮޑު އަޣްލަބިއްޔަތެއް ދީފަ އެވެ. ޖޫޑިޝަރީގެ އިޞްލާޙުގެ ބިލުން ފައްޓަވާށެވެ. ދެން އޮތީ ކަރަޕްޝަން ހުއްޓުވުމުގެ މައްސަލަ އެވެ. ސަރުކާރުން ގެއްލިފައިވާ ފައިސާ ހޯދުމުގެ މައްސަލަ އެވެ. ސަރުކާރުން ނާޖާއިޒު ގޮތުގައި ނަގާފައިވާ ފައިސާ ހޯދާ ވާހަކަ ދައްކަ ދައްކާ ތިއްބާ، އެ ފައިސާ އަށް ވީ ނުވީ ގޮތެއް ނޭނގި ދާނެ އެވެ. ރާއްޖެ އަކީ ޑީލްކުރެސީ (ޑީލް ހަދައިގެން ކަންތައް ކުރުމުގެ ސިޔާސަތު) ގައި ވަރަށް ކުރީގައި އޮތް ގައުމެކެވެ. މިއަދު އިރުއޮއްސޭ އިރު "ތިޔައީ ވަގެކޭ" ގޮވާ މީހާ އަށް މާދަމާ އިރުއަރާ އިރު "ތިޔައީ އަމީނޭ" ގޮވާ ތަން ފެންނަނީ މަދެއްކޮށް ނޫނެވެ. ކީއްވެތޯ އެވެ؟ ޑީލްކުރެސީ މަސައްކަތް ކުރަމުން ގެންދާތީ ވެ އެވެ.

މިފަހަރު އިންތިޚާބުގެ ކަންތައްތައް ދިޔަ ގޮތް ރަނގަޅު ކަމުން ރައީސުލްޖުމްހޫރިއްޔާ ވެސް ތަޢުރީފް ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ އެއްވެސް މަސައްކަތަކާ އެމަނިކުފާނު ބެހިވަޑައި ނުގަންނަވާ ކަމަށެވެ. މުސްތަޤިއްލު ކޮމިިޝަންތަކުގެ މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ވެސް ޤާބިލު ބޭފުޅުންނެވެ. އެ ތަންތަނުގެ މަސައްކަތާ އެހެން އެއްވެސް ފަރާތަކުން ނުބެހި ޤާނޫނުގައި ބުނާ ގޮތަށް ކުރިއަށް ގެންދިއުމަށް ދޫކޮށްލުމުން ނުކުންނަ ރަނގަޅު ނަތީޖާ މިފަހަރު އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިއްޖެ އެވެ. މުސްތަގިއްލު ކޮމިޝަންތަކަކީ ހަމައެކަނި ނަމުން މުސްތަޤިއްލު ތަންތަނަށް ނުހަދާ، އެ ތަންތަނުން ކުރާ މަސައްކަތާއި އަމަލުން ވެސް މުސްތަޤިއްލު ތަންތަނަށް ހެދެންވީ އެވެ. ނަމަވެސް ޤާނޫނާ ޚިލާފް އަމަލެއް ކުރުމާ އެކު ވަގުތުން ފިޔަވަޅު އެޅޭ ގޮތަށެވެ.

ސަރުކާރަށް ރައްޔިތުންގެ މަޖިލީސް "ހިބަކޮށް" ރައްޔިތުން ދިނީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ކަންތައް ދިޔަ ގޮތާ މެދު އޮތް ރުޅިވެރިކަމާއި ނަފްރަތުގެ ސަބަބުންނެވެ. ކުރީގައި ވެރިކަމުގައި އޮތް ސަރުކާރުން މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތު ބޭނުން ކޮށްގެން ގައުމަށް ގެއްލުންވާ ގޮތަށް، ރައްޔިތުންނަށް އުނދަގޫވާ ގޮތަށް، ބިލްތައް އެކުލަވާލައި، ޤާނޫނުތައް ފާސްކުރުމުން، އެކަމުގައި ހިމެނުނު ހުރިހާ މެމްބަރުންނަށް ރަތް ކާޑު ދައްކާފައި ރައްޔިތުން ވަނީ މަޖިލީހުން ބޭރުކޮށްފަ އެވެ. އަލަށް ހޮވި މަޖިލީހުން ވެސް އެ މަގު އިޚްތިޔާރު ކޮށްފި ނަމަ އެ ނަތީޖާ ފަސް އަހަރު ފަހުން ނުކުތުމަކީ، މާޒީގެ ތަޖުރިބާ އަށް ބަލާ އިރު މިހާރު ނުވާނެ ކަމަކަށް ވުރެ ބޮޑަށް ވެދާނެ ކަމެކެވެ.

ކުރީގައި ވެރިކަމުގައި އޮތް ސަރުކާރުން ދިވެހިންނަށް ވަރަށް ނުރައްކާތެރި ގާނޫނެއް ފާސްކޮށްފައި އެބަ އޮތެވެ. ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް އޮތް ގާނޫނެވެ. ރާއްޖެ އަކީ ކުޑަކުޑަ ގައުމެކެވެ. ރާއްޖެ އެކީގައި ގަނެވޭ ވަރުގެ މުއްސަނދިން ބައިވަރެވެ. ބިލިއަން ޑޮލަރުގެ އިންވެސްޓުމެންޓަކަށް ވިޔަސް "މަގޭ ރާއްޖެ" މަގޭ އަތުގައި އޮންނަ ގޮތަށް ޤާނޫނު ހަރުކަށި ވާންވީ އެވެ.

10 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑީލު

13 April 2019

ތެދު ވާހަކައެއް. ޑީލްކްރަސީގެ ދަށުން ނިއުޕޯޓަށްވެސް އާ ދިރުމެއް ލިބިއްޖެހެން ހީވޭ.

The name is already taken The name is available. Register?

ކަނބިލި

12 April 2019

ރައްޔިތުންނޭ ނުކިޔާ. އެމްޑިޕީއަށް ވޯޓް ދިން މީހުންނާ ނުދޭ މީހުން އަޅާކިޔާލަބަލަ. އިދިކޮޅު މީހުން ތިބީ ބައިބައިވެފައި. ނަތީޖާއަކަށްވީ ގޮޑިތަައް ގެެއްލުން. ދެން އެނގިދާނެތާ މަޖިލިސް އިން ނިންމާ ނިމުންތައް. ބަލަންތިބެމާ!

The name is already taken The name is available. Register?

ހަސަންބެ.

12 April 2019

ފަސްއަހަރު ތިއޮތީ ތިބޭފުޅާ ވިދާޅުވާގޮތައް ތުޑުންތުޑަށް ރަނުރަނަށްދީފައި. ޖުޑިޝަރީރަގުޅުކުރުމާއި ޖަޒީރާވަންތަކުރުމާއި ނޫއިގްތިސާދަށްވުރެ ބޭނުމީ ބޯހިޔާވަހިކަން. ފަސްއަހަރުތެރޭބޯހިޔާވަހިކަންނުލިބޭ އެންމެނަށްބޯހިޔާވަހިކަންދޭނަމޭ އިބޫއޮތީ ޕޯޑިއަމްގައިބުނެފައި. އެހެންވީމާ މޭގައިއަތްޖަހާ ފްލެޓްދޮންބެެއޭ ނުކިޔައި ފްލެޓް އެޅޭތޯބަލާ . ހަތަރު އަހަރުފަހުން ހުޅުމާލޭގައި ބިންގާދަމާ ފައި އައި އަހަރެމންކާރީގައި ވޯޓޭ ނުކެިޔާތި.

The name is already taken The name is available. Register?

ޢަދާރަން

11 April 2019

ޢެއްކަމެއްވެސްނުކުރެވޭނެ ތިއޮތީތިންބާރުއެކުވެފަ ދެންފެންނާނީ ޚޮދުމުޚުތާރުވެރިކަމެއް ދެންތިބެންޖެހޭނީ އިނގިލިކުރީގަ ދަތްއަޅައިގެން އެމީހުންނައްނުކުރެވިގެންއުޅުނުކަންތައްއެއޮތީކުރެވިފަ ދުވަސްކޮޅަކުން ޤައުމުއޮންނާނީ އިންޑިޔާގެއަތްދަށުގަ

The name is already taken The name is available. Register?

ހޮޑު އަރަނީ

13 April 2019

ފުޅަށް ބުޑުން ދަންޏާ ހަސަނަށް ހީވާނެ ކެޔޮގަނޑު ކަނޑާލަ ފާނެހެން...

The name is already taken The name is available. Register?

އަހުމޭ

11 April 2019

މިލިއުމުން އެނގިގެން ދިޔައީ ރައްޔިތުން ވޯޓް ބަދަލު ވާކަމާއި ރައްޔިތުން ގުނބޯ ނުހެއްދޭނެކަން. އަމަލުން ދައްކަވާ

The name is already taken The name is available. Register?

ގުނބޯ ހެއްދޭނެ

11 April 2019

ރައްޔިތުން ގުނބޯ ހެއްދޭނެ. އެެހެން ނޫންނަމަ، ކޮރަޕްޝަނުގެ މައްޗަށް ކޮރަޕްޝަން، އަނިޔާވެރިކަމުގެ މައްޗަށް އަނިޔާވެރިކަން، ގޯހެއްގެ މައްޗަށް ގޯހެއް ..... އިތުރެއް ނުވީހެވެ. ވަރަށް ސަލާމް

The name is already taken The name is available. Register?

މުރާސިލް

11 April 2019

އިބޫ ދިނީ ބިންވިއްކާ އިސްލާހާ ދެކޮޅަށް ވޯޓު. އަންނިގެ ގުރޫޕުން ދިނީ ބޭރުމީހުންނަށް ބިން ވިއްކަން .ބިންގަންނަން އެންމެ ބޭނުންވެގެން އުޅެނީ އިންޑީއާއިގިރޭސި އެމެރިކާސައުދީ، އަދި ޗައިނާވެސް! ....ގަންނާނީ ކޮންެވެސް ބޮޑު ޕްރޮޖެކްޓަކަށެ ކިޔާ...... ގައްދާޜުންނާ ބަތަލުން ވަކިވާނެ މިބިލަށް ދެން ވާ ގޮތަކުން. އަންނިގެ އަސްލު ސޫރަ ރައްޔިތުންނަށް ފެންނާނެ. މަޖިލިސް ކޮންޓްރޯލް ކުރާނީ އަންނި. ރައީސްގެ ވައުދަކީ މި ބާތިލްކުރުން. ދިވެހިން ލޯހުޅުވައިގެން ބަލާ!

The name is already taken The name is available. Register?

ހިޔާލު

11 April 2019

އަންނިއަށްވުރެ އެމްޑީޕީ ތެރޭ އަދި ރާއްޖޭގަވެސް އިބޫގެ ތާއީދު ވަކި ކުޑައެއް ނޫން. އެމްޑީޕީއަކީ މިހާރު ބޮޑު ޕާޓީއެއް. އެއްމެ މީހެއް ވަށައިގެން އެނބުރޭކަށް މަޖުބޫރެއް ނޫން. ތިބިލް ބާތިލްކުރަން ދެކޮޅު ހަދާ މީހުން ހަމަ ދިވެހިންނަށް ވޯޓުން ބޭރުކޮށްލަން އަދި ފުރުސަތު ލިބޭނެ.

The name is already taken The name is available. Register?

ވަތަންގެ އަޑު

11 April 2019

އެމްޑީޕީން ބި އިސްލާހު ބާތިލް ނުކޮށްފިއްޔާ ޕާޓީއާ އަންނި އާ ދެކޮޅަށް އެންމެ ފުރަތަމަ ނިކުންނާނީ މަ. މަށަކީ ޕާޓީއުފެއްދި 50 މީހުންގެ ތެރޭގައި ވެސް ހިމެނުނު މީހެއް. "ކުރީގައި ސަރުކާރުން ވަރަށް ނުރައްކާތެރި ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގާނޫނެވެ. ރާއްޖެއަކީ ކުޑަ ގައުމެކެވެ. ރާއްޖެ ގަނެވޭ ވަރުގެ މުއްސަނދިން ބައިވަރެވެ. ބިލިއަން ޑޮލަރުގެ އިންވެސްޓުމެންޓަކަށް ވިޔަސް "މަގޭ ރާއްޖެ" މަގޭ އަތުގައި އޮންނަ ގޮތަށް ޤާނޫނު ހަރުކަށި ވާންވީ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!