ފިރާސް (ވ) ގައި: އޭނާ ވީ ވައުދު ފުއްދުމަށްޓަކައި 24 ގަޑިއިރުގެ ފެތުމުގެ ހަރަކާތެއް އޭނާ ވަނީ ފަށާފައި --ފޮޓޯ/ފޭސްބުކް
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު އަޣުލަބިއްޔަތަކާ އެކު، ވެފައިވާ ވައުދެއް ފުއްދުމަށްޓަކައި މީހަކު 24 ގަޑިއިރުގެ ފެތުމުގެ ހަރަކާތެއް ފަށައިފި އެވެ.
ފެތުމުގެ މަޝްހޫރު ކޯޗެއް ކަމަށްވާ ފިރާސް އަފީފް ހުއްޓާނުލާ 24 ގަޑިއިރު ފަތަން ފެށީ އެމްޑީޕީއަށް މަޖިލީހުގެ 50 ގޮނޑި ކާމިޔާބު ކުރެވިއްޖެ ނަމަ، 24 ގަޑިއިރު ފަތާނެ ކަމަށް ބުނެ އޭނާ ވެފައިވާ ވައުދު ފުއްދުމަށްޓަކަ އެވެ. މިދިޔަ ހޮނިހިރު ދުވަހު މަޖިލިސް އިންތިޚާބުގެ ވޯޓުލުން ފެށުމާ އެކު، ފިރާސް އޭނާގެ ފޭސްބުކްގައި ލިޔެފައިވަނީ އެމްޑީޕީއަށް 50 ގޮނޑި ލިބިއްޖެ ނަމަ، 24 ގަޑިއިރު ފަތާނެ ކަމަށާއި އަދި 45 ގޮނޑި ލިބިއްޖެ ނަމަ، 12 ގަޑިއިރު ފަތާނެ ކަމަށެވެ.
ނަތީޖާ އިއުލާން ކުރިއިރު، 65 ގޮނޑި އެމްޑީޕީން ކާމިޔާބު ކުރުމާ އެކު، ވެފައިވާ ވައުދު ފުއްދުމަށްޓަކައި ފިރާސް މާލޭ ޓްރެކް ސަރަހައްްދުގައި 24 ގަޑިއިރަށް ފަތަން ފެށީ އިއްޔެ މެންދުރެވެ. އޭނާގެ ފެތުމަށް 24 ގަޑިއިރު ވާނީ މިއަދު މެންދުރު 2:00 އާ ހަމައަށެވެ.
އެހެން ބައެއް މީހުން ވެސް ވަނީ އިއްޔެ އާއި މިއަދުގެ އެކި ވަގުތުތަކުގައި ފިރާސްއާ އެކު އެ ފެތުމުގައި ބައިވެރިވެފަ އެވެ.
ފިރާސްގެ ފެތުމުގެ ހަރަކާތް ބައްލަވާލެއްވުމަށްޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ހެނދުނު ޓްރެކް ސަރަހައްދަށް ވަޑައިގަތެވެ. ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައިވަނީ ވަނީ ފިރާސް އާއި އެ ފެތުމުގެ އެހެން ބައިވެރިންނަށް ސާބަސް ވިދާޅުވެފަ އެވެ.
MDP 50 gondi nagaifi nama 24 gadi iru nuhutti fethumah mash’oor fathaa coach Firas Afeef, Ma. Lake Wood, vee vaudhu fuhdhevumuga. Mi fethun nimeygadi akee mendhurufahu 2.00. Firas ashai mi fethumugai baiverive vadaigannava hurihaa beyfulhunnah saabas dhannavan pic.twitter.com/I9rwUFB5yY
— Mohamed Nasheed (@MohamedNasheed) April 13, 2019
ފިރާސްގެ ފެތުމުގެ ހަރަކާތާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓް
އެމްޑީޕީން ހޯދި ބޮޑު އަޣުލަބިއްޔަތާ އެކު އެކަން ވެފައިވަނީ ރާއްޖޭގައި މިހާތަނަށް އެއް ޕާޓީއަކުން މަޖިލިހުގެ އެހާ ގިނަ އަދަދެއްގެ ގޮނޑި ހޯދި ފުރަތަމަ ފަހަރަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ހެހެހެހެހެ
13 April 2019
50 ގޮނޑި ލިިިިިބުނީޔާ 24 ގަޑިއިރު ފަތަން ނަދުރު ބުނިކަމަށްވަންޔާ 68 ގޮނޑި ލިބުނީމަ 50 ގަނޑިއިރު ފެތެންވާނެ ދޯ؟
dhanbi
13 April 2019
ލިބޭ ކޮންމެ ގޮނޑި އަކަށް ވަގުތު ކަނޑަ އަޅައިގެން ވީ ވަޢުދެއް ނަމަ ތިގޮތަށް ހިސާބު ހެދިއްޖައިސް. އެކަމު ބުނެފަ އޮތީ 50 ގޮނޑި ލިބިއްޖެއްޔާ 24ގަޑިއިރު ފަތާނެކަމަށް. އެހެންވީމަ 50 އިން ފަށައިގެން ކިތަންމެ ގިނަ ގޮނޑި ލިބުނަސް އެއޮތީ 50 ގޮނޑި ލިބިފަ. އެހެންވީމަ 24ގަޑި އިރު ފެތުން ފުރިހަމަ ކުރަން ޖެހޭނީ.
ކެންޑީމީހާ
13 April 2019
ފިރާ ކޯޗް އަދި ޓީމަށް ސާބަސް! ފެތުން ކުރިއެރުމަށް ކުރާ ހިއްވަރު ވަރަށް ގަދަ!!!
ފެތުން
13 April 2019
އަޅެ ހައިރާނެއް ނުވާނެ ތަ، ތީ އަޅެފަހެ ރޮބޮޓެއް ތަ ހުއްޓާނުލާ ފަތަން. 24 ގަޑިއިރު ފެތެން އޮންނާނެ ވާހަކަ ތޯއްޗެއް އަސްލު
ކޮއޮކކޮ
13 April 2019
އެޖެންޑާ 19 ނުނިމޭނެ ދެން 5 އަހަރު ވާއިރުވެސް ޖަލްސާބާވާފަ ކެއުން އޮއްނާނީ.
ކޫސުނިކަންކަމޭ
13 April 2019
އެމްޑީޕީ އަށް 50 ގޮނޑި ލިބިއްޖެނަމަ ތަމެން 24 ގަޑިއިރު ފެތުން އެއީ މައްސަލަ އެއް ނޫނޭ އެކަމަކު އެމްޑީޕީން ވެފައިވާ ވައުދަކީ 24 ގަޑިއިރު ފެތުމެއް ނޫނޭ އެމެން ވެފައިވާ އެންމެ ބޮޑު ވައުދަކީ މާލެ ސަރަހައްދުން މީހުން ދިރިއުޅެން 99100 ގޯތި 4 ހާސް އަކަފޫޓްގެ ހިލޭ ދިނުން ދެން 5 ހާސް އަކަފޫޓްގެ 4 ލައްކަ ގޯތި ގުޅިފަޅުން ވިޔަފާރި ކުރާ ކުންފުނި ތަކަށް ދިނުން ޖީއެސްޓީ ނެގުމުގައި މީރާއިން ވިޔަފާރިވެރިން ލޫޓުވާތީ އެކަން ހުއްޓުވުން އެއިން އެއްވެސް ކަމެއް ނުވޭ
މޫސާ ސާއިދު
13 April 2019
ބަލަގަ ލިޔެފަ އޮތް އެއްޗެއް ހަމަ ދޭހަނުވަނީތަ؟ މ.ޑ.ޕ އިންތަ ފަތަނީ؟ މޮޔަނުގޮވާ!
100 ދުވަސް
13 April 2019
އާދައިގެ މަތިން ތިވެސް ބޮޑު އޮޅުވާލުމެއް. ފަތަން ބުނި ސޮރު ރޭވެސް އުޅުނީ މަގުމަތިގައި ފަތާތަން ކައިރީ. އޭނަގެ ރައްޓެހިން އެކަމުގައި އުޅުނީ.
ބަބުރުލް ސަލީމް
13 April 2019
ހަމަ ހިނިއަންނަނީ. ބޯހަލާކު.