މި ފަހަރުގެ އާންމު އިންތިޚާބުގައި އެމްޑީޕީ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ބޭއްވި ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނަޝީދު އަދި ސަޕޯޓަރަކާ އެކު ސެލްފީއެއް ނަންގަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
15 އެޕްރީލް 2019 - 19:50
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީއާ އެކު ކުރެއްވި ކާމިޔާބު ކެމްޕޭނަށް ފަހު އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއިލާއާ އެކު ޗުއްޓީ ހޭދަކުރައްވަން އިނގިރޭސި ވިލާތަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް ނަޝީދުގެ އޮފީހުން މިއަދު ބުނީ އެމަނިކުފާނު ލަންޑަނުގައި އާއިލާއާ އެކު ކުރު ޗުއްޓީއެއް ހޭދަކުރެއްވުމަށް ފަހު މި މަހު ފަހުކޮޅު ދެން ވަޑައިގަންނަވާނީ އެމެރިކާ އަށް ކަމަށެވެ.
އެމެރިކާއަށް ވަޑައިގަންނަަވަނީ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ އާއި އޭނާގެ އަންހެނުން އަދި މަޝްހޫރު ގާނޫނީ ވަކީލް އަމާލް ކްލޫނީ ހިންގާ ކްލޫނީ ފައުންޑޭޝަން ފޯ ޖަސްޓިސް އިން ބާއްވާ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. އޭޕްރިލް 25 ގައި ފަށާ އެ ހަރަކާތުގައި ނަޝީދުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މަޝްހޫރު ގާނޫނީ މާހިރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މުހިއްމު ބައެއް ފަރާތްތަކުން ބައިވެރިވާނެ އެވެ.
ކްލޫނީ ފައުންޑޭޝަން ފޯ ޖަސްޓިސް އަކީ ޚުދުމުހުތާރު ސަރުކާރުތަކުން އިންސާފުން ބޭރުން ޝަރީއަތް ކުރާ ފަރާތްތަކަށް ހައްގު ހޯދައިދޭން 2016 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ އެއް މުއައްސިސް އަމާލް ކްލޫނީ ވަނީ ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެން މަސައްކަތް ކުރައްވައިފަ އެވެ.
މަޖިލިސް އިންތިހާބަށް އެމްޑީޕީން ކުރި ކެމްޕޭންގައި ނަޝީދު ވަނީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ވަޑައިގެންފަ އެވެ. މާލޭގައި އެމަނިކުފާން ވާދަކުރެއްވި މައްޗަންގޮޅީ މެދު ދާއިރާގައި ވަނީ ދޮރުން ދޮރުން ހިންގަވައި ކެމްޕޭން ކުރައްވައިފަ އެވެ. މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
Geography Teacher, Computer Science Teacher, Primary Teacher, STEM Teacher, Physical Education Teacher, Counselor Teacher
Brightway International School
English Teacher, Mathematics Teacher, Physics Teacher, Science Teacher, Business Studies Teacher, Economics Teacher, Accounting Teacher
Brightway International School
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަމިހިރީޗުއްޓީގައި
16 April 2019
ޗުއްޓީ ހޭދަ ކުރެވޭ ޕެކޭޖުތައް ހުރޭ ބައިވަރު މިހާރު..6000 އެެއްހާ ޑޮލަރަށް ޔޫރަޕްގައި ޓްރެވަލް ކޮށްލެވޭ..ރައީސް ނަޝީދުއަކީ ލިބޭ އާމްދަނީ ކޮންމެ އަހަރަކު އައިފޯނު ގަތުމަށާއި އަގުބޮޑެތިހާ ރެސްޓޯރަންޓު ތަކަށް ގޮސް ފަރިއްކޮޅަށް ތަޅާލާ ބޭފުޅެއް ނޫން.ފަރިއްކުޅުވަނީ ގެއިން.ނޮވެމްބަރު މަހުން ފެށިގެން ހުންނަވަނީ ރާއްޖޭގަ.ލިބޭ އާމްދަނީ އިން ސޭވްކޮށްގެން ވެސް ޔޫރަޕަށް ދެވޭނެ.
ބުންބެރު
17 April 2019
ދޮގުހަދައިގެން ކައިބޮއި އުޅުމަކީވެސް ހުނަރެއް މުޅިދުނިޔެއިން އާންދަނީ ހޯދޭނެ ޕްރޮފެޝަނަލް ކޮށް ކުރެވެއްޖިއްޔާ.
ކެނެޑީ
16 April 2019
އެދިޔައީ ހުރިހާ ޤާނޫނުތައް ޑްރާފްޓްކުރަން، ހީވޭތަ އަންނި ޢާއިލާ އެކީ ޗުއްޓީކުރާނެހެން، އޭނާގެ މަސައްކަތަކީ ޗުއްޓީއަކީ ކެއުމަކީ ބުއިމަކީ ނިދުމަކީ ހުވަފެނަކީ ޕޮލިޓިކްސް.
ނިއުމާާ
16 April 2019
މަހުޖަނުން ބޭރުކުރަން ރައްޔިތުންނަށް އެންމެ ބޮޑު މަހުޖަނު ވަސްވާސް ދީފަ، މަޖިލީހަށް ހޮވުނީމަ ނިކަމެތި ރައްޔިތުން ކަރަންޓް ނެތް، ބޯހިޔާވަހިކަން ނެތް، އަސާސީ ކަންކަން ފުރިހަމަ ނުވާ ޖަޒީރާ ރާއްޖެއަކަށް ދޫކޮށްލާފަ، މަހުޖަނު ފުރަފުރައިގެން މިދަނީ ފެމިލީއާ އެއްކޮށް ޗުއްޓީ ހޭދަކޮށްލަން އިނގިރޭސވިލާތަށް. ކިހާ ސަޅި؟
ސީޒަން
17 April 2019
ނިއުމާ ދޭބަލަ ފިލްމު ކުޅެން.
ވަހިއްޓޭ
16 April 2019
ޖަޒީރާ ރައީސް ޗުއްޓީއަށް ވެސް ދަނީ ލަންޑަނަށް. އަޅެ ލާރިފަށެއް އެބައޮތްތާ. ކީއްތަ ވާނީ މާފުއްޓަށް ޖައްސާލިނަމަ
އައްބޭބެ
16 April 2019
ތިޔަ ޖޯޖް ކުލޫނީ އަކީ ބްރޫނާއީން އިސްލާމީ ޝަރީއަތް ތަންފީޒުކުރަން ނިންމުމުން އެޤައުމާދެކޮޅަށް ދަތިކުރަން ގޮވާލި އެކަކު. އެފަދަ މީހެއްގެ ފައިފުޑުގައި އުޅެވޭނީ އެނާގެ ވިސްނުމާއި އެއްގޮތް ފަރާތްތަކަށް.
ޝޮކްތެރަޕީ
16 April 2019
މިވީގޮތުން ޕީޕީއެމް ހަރުދަނާ މިވަނީ.
ދޮންވެލިބީޗް
16 April 2019
ރޭޑިޔޯ ހިތާބް ގަ އަންނި ބުނި މަރައް މަރު ހިފަން ތިމަންނަ އަށް ނުފެނެއޭ ދެން ﷲ ގެ އަމުރު ފުޅައް މީނަ ބަސް ބުނީމަ ރައްޔިތުންގެ ތެރެއިން ބަޔަކު އަންނި ފަހަތުން ދިޔައީއެވެ. ގިޔާމަތް ދުވަހު އެހީވާން އަންނި އެއް ނުހުންނާނެއެވެ.
ަސުނޭނު
16 April 2019
އަޅެފަހެ މީނަގެ ވަގުކަލޭގެ ވެރިކަމުގައި މަރަށް މަރު ހިފިތަ؟ އަބަދު މަގޭދީނޭ ވަހުދަތޭ ލާދީނޭ ކިޔަކިޔާތައްބަ ތިއޮުތްގޮސް ހަފުސްވެ ނިމެނީއެއްނު.
ފީބީ ބުފޭ
16 April 2019
މަރަށް މަރު ހިފާނަމޭ، މަރަށް މަރުހިފަން ފެނެޔޭ، ދައުރު ނިމުމުގެ ކުރިން ހިފާނަމޭ، މިހެން ކިޔާފަ ލަދުވެތި ގޮތަކަށް ބަލިބި ރައީސް އަކު، ދޮގު ހެދުން އޯކޭ ދޯ ރައްޔިތުން ވާ ވައްދަން. މުނާފިގުންގެ ގޮތް އެއީ.
މޫދު
16 April 2019
މަރަށް މަރު ހިފާކަށް މަށަކަށްވެސް ނުފެނޭ. އެއީ އެވަރުގެ އިތުބާރު ކުރެވޭ ޖުޑީޝަރީއަތް އޮތް ގައުމެއް ކަމަށް ނުވާތީ، ކުށެއް ނެތް އެންމެ މީހަކުވެސް މަރާލުމަކީ މުޅި އިންސާނިއްޔަތު މެރުމާ އެއްފަދަ ކަމެއް ކަމަށް އިސްލާމްދީނުގައި ބުނެފައި އޮތީތީ. އެއްވެސް ޝައްކެއް އޮތް ނަމަ ހައްދު ގާއިމު ނުކުރުމަށް ދީނުގައި އަންގަވާފައި އޮތީތީ.
ހުއްބުލްވަތަން އަސްލު
16 April 2019
އުންމީދަކީ ކުރީގެ ރައީސް ޔާމީނުވެސް އަންނިފަދައިން ކަންކަމުގާ ޝާމިލުވެ އުޅުމެވެ. ސިޔާސީ ކަންކަމުގާ ކާމިޔާބާއި ނާކާމިޔާބު ލިބޭނެކަން ދަނެ ނާކާމިޔާބުގާ ހިތްވަރު ގަދަކުރާންޖެހޭ. ރާއްޖޭގައި ހަމަޖެހުމާ އަދުލުވެރިކަން އޮންނާނީ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްވެސް އޮވެގެން. ވެދުން
ކޮރަލް
16 April 2019
މަޝްވަރާ އަށް ދިޔައީއެވެ. ގާނޫނުތައް ހަދަން ވެގެންނެވެ.
ބޮރަލް
16 April 2019
އަސަރު ކުރާތީއޭ މަގުން ފެނިގެން ހަޅޭއްލަނީ. މިއުޅޭ ޅަހާ ތަކާ ކުކުޅު. ހާބުރި ގޮވާލަނީ... ތަރުބިއްޔަތު ނެތި ބޮޑެތި ވަނީ.
ސީސީސީ
16 April 2019
އުފާވެރި ޗުއްޓީއަކަށް އެދެން ؟
އަލި
17 April 2019
ތިޔަތަނަ ދިޔުމަށްވުރެ މާރަނގަޅުވީސް ރާއްޖޭގެ ސީޕްލޭންތަކެއް އިތުރުކުރިއްޔާ! އޭރުން ސީޕްލޭންގަ ދަމުން ޖަޒީރާ ރިޒޯޓްތަބަލާލާ ރިޒޯޓްތަކުގެ ޗުއްޓީ ހަދާލިއްޔާ!