ހުޅުމާލެ ބީޗް ސަރަހައްދު: ޓޫރިސްޓުން މޫދަށް އެރުމށް ހާއްސ ތަނެއް ހަދާފައިވާއިރު، އެ ތަން މާދަމާ އިން ފެށިގެން ބޭނުން ކުރެވޭނެ ކަމަށް އެޗްޑީސީން ބުނޭ.--- ފޮޓޯ: ފޭސްބުކް
11 ޑިސެމްބަރ 2016 - 12:58
ހުޅުމާލޭގައި ޓޫރިސްޓުން މޫދަށް އެރުމަށް ހާއްސަ ސަރަހައްދެއް ހަދައިިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނިގޮތުގައި، ޓޫރިސްޓުން މޫދަށް އެރުމަށް ހާއްސަ ސަރަހައްދެއް ހެދީ، ހުޅުމާލެ ބީޗު ސަރަހައްދުގައި ޓޫރިސްޓުން ނިވާކަން ކުޑަ ހެދުމުގައި ހަރަކާތްތެރިވާތީ އެކަމަށް ހައްލެއް ގެނައުމަށެވެ. އަދި މާދަމާ އިން ފެށިގެން މި ތަން ޓޫރިސްޓުންނަށް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޓޫރިސްޓުން މޫދަށް އެރުމަށް ހާއްސަކޮށްފައި ވަނީ ހުޅުމާލޭގައި ހަދަމުން އަންނަ ޔޫތު ޕާކާ ދިމާލުން ބީޗުގަ އެވެ. އެ ތަނުގައި ފެންސް ޖަހައި ޓޫރިސްޓުންނަށް ހިތްހަމަޖައްސައިލެވޭނެ ގޮތް ވަނީ ހަދައިފަ އެވެ.
ޓޫރިސްޓުން މޫދަށް އެރުމަށާއި އެހެނިހެން ބޭނުންތަކަށް ހެދި ބީޗް ސަރަހައްދު ބޭނުން ކުރުމުގައި އަމަލު ކުރާނެ އުސޫލުތަކެއް އެޗްޑީސީން ވަނީ ކަނޑައަޅައިފަ އެވެ.
މި އުސޫލުގައިވާ ގޮތުން ގެސްޓްހައުސް ހިންގާ ފަރާތްތަކަށާއި ގެސްޓް ވިޔަފާރި ހިންގާ އެހެނިހެން ފަރާތްތަކަށް، ޓޫރިސްޓުން މޫދަށް އެރުމަށް ހާއްސަ ސަރަހައްދު ބޭނުން ކުރެވޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 6 އިން އިރުއޮއްސި 6 އަށެވެ. އަދި މި ސަރަހައްދުގައި އަމިއްލަ އިވެންޓުތައް ބޭއްވުމަކީ މަނާ ކަމެކެވެ.
މީގެ އިތުރުން ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަކީ އެ ޓޫރިސްޓުންނާ ހަވާލުވެފައިވާ އެޖެންސީއެއް ނުވަތަ ޓޫރިސްޓުން ބައިތިއްބާ ގެސްޓްހައުސްއެއްގެ ޒިންމާއެއް ކަމަށް ވެސް އެޗްޑީސީގެ އުސޫލުގައިވެ އެވެ.
ހުޅުމާލޭ ބީޗު ސަރަހައްދުގައި ބިކިނީ ފަދަ ނިވާކަން ކުޑަ ހެދުމުގައި ޓޫރިސްޓުން ހަރަކާތްތެރިވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އެހެންވެ، އެޗްޑީސީން ވަނީ ނިވާކަން ކުޑަ ހެދުމުގައި ހަރަކާތްތެރިވުމަކީ މަނާކަމެއް ކަމުގައި އަންގައި ބީޗުގެ އެކި ހިސާބުތަކުގައި ބޯޑުތައް ހަރުކޮށްފަ އެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު ވެސް އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން އާމިރު
12 December 2016
އެހެންވީމަ ބިކިނީގަ ފޭބޭނެތާ...
ޒަބީބު
12 December 2016
ތިފަދަ ކަންކަމާ ދެކޮޅުހަދާ މީހުން ލޮލުގައި އަނދުން އަޅުވަނީއެވެ. އެއްވެސް މަސްއޫލުވެރިއަކު ތިކަން ހުއްޓުވަން ބޭނުންނަމަ ނުހުއްޓޭންވީ އެއްވެސް ސަބަބެއް ނެތެވެ. ދެން ގިނަ މީހުން ބޭނުމީ ރުފިޔާ އެވެ. އެލިބެންޏާ ކޮންމެކަމެއްވެސް ރަނގަޅެވެ. ހޅުމާލޭގެ ފުރަތަމަ ފިޔަވައްސަކީ ފަތުރުވެރިންނަށް އަމާޒުކޮށް ހެދިތަނެއް ނޫނެވެ. އެކަމަކު މިހާރު އެކަންވެސް ބަދަލުވީއެވެ. އެޗްޑީސީއިން އެކަން ހުއްޓުވަން އުޅުމުން ޓޫރިޒަމް މިނިސްޓަރީ އިން ހުއްދަދީނީމަ ނޫނެކޭ ބުނާނީ ކިހިނެއްހެއްޔެވެ. ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތެނީ ގިނަފަހަރަށް މަތިން އައިސްފައިވާ ބަޔަކު އެޔާ ޚިލާފުވުމުން ފިޔަވަޅުއަޅަންކެރޭވަރުގެ ވެރިޔަކު ނެތުމުންނެވެ.
ދދ
12 December 2016
މިހާރު ހެދިފަހުރި ބަޔެއް ރިސޯޓް ތަކަކީ ދިވެހި އިންސާނުން ދިރިއުޅެން ވަރަށް އެކަށީގެންވާ ފުރިހަމަ ގޮތުގައި ތައްޔާރު ކުރެވިފައިވާ ވަރަށްފުރިހަމަ ފާހާނާ ނަރުދަމާ ނިޒާމް ބޯފެން ކަރަންޓް ފޯނުގެ ނިޒާމް އެންޓަނެޓްގެ ނިޒާމް ޤާއިމު ކުރެވިފައިވާ މިރައްތަކުގައި މިދިވެހި އިންސާނުން ދިރިއުޅެން ކީއްތޯވާނީ ސަރުކާރުން ހަމަޖެއްސިއްޔާ ރައްޔިތުންދެކެ އެހާ ހެޔުފުޅު ލޯބިވާނަމަ މިހާރު މީހުން ދިރިއުޅޭ މިފަދަ ރައްތަށްކުން މީހުން ހުސްކޮށް މިރައްތަ ރިސޯޓް ތަކަށް ބަދަލް ކުރުން ރަގަޅުނުންތޯ؟
ރައްޔިތުމީހާ
12 December 2016
މީހުން ދިރިއުޅޭ ރަށެއްގައި މިގޮތަށް ވަކި ބަޔަކަށް މޫދަށް އެރޭ ތަނެއް ޚާއްާޞަކުރުމަކީ ފާޙިޝްކަންތައްތަކަށް އިތުރު ދޮރެއް ހުޅުވާޅުން މިހާރުވެސް އެތައް ޤާނޫނެއް ހެދިފައި އެބަހުރި އިޖްތިމާޢީ ކަންތައްތަކާއި ގުޅޭ، އެކަމަކު އެޤާނޫނުތައް ތަންފީޒެއް ނުކުރެވޭ. އާޚިރުގައި ހުރިހާ ދެރައަކާއި ކުރިމަތިލާންޖެހޭނީ ހަމަ ދިވެހިން
ައަލީ
12 December 2016
މި ގައުމަށް އަންނަންޏާ ޖެހޭނީ މި ޤައުމުގެ ޤާނޫނާ އެއްގޮތަށް އުޅެން. ޤާނޫނު ނުހިނގާ ސަރަހައްދުތައް ހެދުމަކީ ޤާނޫނު އަސާސީއާ ހިލާފުކަމެއް. ތިޒާތުގެ ކަންތައްތައް ނުކުރޭ......ބޯބަހައްޓަބަލަ.
ޕޕ
12 December 2016
ހެޔޮނުވާނެ.. ކީއްވެތަ މަނާކަންތައްކުރާ މީހުނަށް ފިޔަވަޅު ނާޅާ އެކަންތައްތައް އާލާކުރަން މަސައްކަތް މިކުރަނީ؟؟؟؟ މީ އިސްލާމީ ޤައުމެކޭ.... ޔާﷲ މިޤައުމަށް މިނޫން ވެރިންތަކެއް އިސްކުރައްވާންދޭ..
މީމަށޭ
11 December 2016
މާލޭގައި އުޅޭ ފިލިޕިންސް އަންހެނުން މަޖީދީ މަގުން ބާޒާރު މަތީގައިވެސް އެއުޅެނީ ކުރު ޓޮޕަކާއި ޖަގިޔަލެއްހާ ކުޑަ ސޯޓެއް ލައިގެން. މިކަން ފެންނަމީހަކުވެސް ނެތީބާ
އަމީން
12 December 2016
ތެދެއް. މަނާ ކުރާނެ ބަޔެއް ނެތުމަކީ ބޮޑު ގެއްލުމެއް. ފާފައެއް. ފުލުހުން ކަމެއް ނުކުރެ. ބޮޑުން ކަމެއް ނުކުރެ. އެއްވެސް ބަޔަކު އެއްޗެކޭ ބުނަން ނުކެރެ. އިސްލާމީ ޤައުމެކެ ކިޔަ.
ހާމިދު
11 December 2016
އަނެއްހެން ބަލާއިރު ބިކިނީގައި ތިބޭ ފަތުރުވެރިން ތިއްބަސް ދިވެހިންވެސް މޫދައް އެރި އުޅުމަކީ މައްސަލައެއް ނޫން. އެތަންތަނަށް ދަތުރު ގޮސް އުޅޭ ގިނަ ދިވެހިންވެސް ވަގުވަގަށް ބަލަނީ އެކަހަލަ މޫވީތައް. ދަރިންނާ އެއް ސިޓިންގ ރޫމެއްގައި ތިބެ "ބޭވޮޗް" ވެސް ބަލާ. އެހެންވީރު އެއީ މާކަ ބޮޑު މައްސަލައެއް ނޫން. ކޮންމެހެން ވަކި ކުރާނެ ކަމެއްވެސް ނެތް. އެމަންޒަރު ބަލަން ބޭނުންނުވާ ނުވަތަ މޫނު ބުރުގާ އަޅައިގެން މޫދައް އެރިލަން ދާން ބޭނުންވާ މީހުންނަށް ހާއްސަ ސަރަހައްދެއް ހަދަންވީ... ފަތުރުވެރިންނަށް ނުވަދެވޭ ގޮަތައް...
ހަސަދު
11 December 2016
އޮންލީ ފޮ ވައިޓުސް. އަލުގަނޑު ސައުތު އެފްރިކާގައި އުޅުނުއިރު އެކަހަލަ ބޯޑު ތައް ފެނުނު.
ރަޝީދު
11 December 2016
ހުޅުމާލޭގެ ބީޗަކީވެސް ވަކި ބަޔަކަށް މަންފާ ހޯދަން ސަރުކާރުން ޙަރަދުކޮށްގެން ހަދާފައިވާ ތަނެއްތޯ... ޕާރޓީއަށް ފައިސާ ކޮޅެއްދީފައި މުޅިބީޗުގައި ބޮޑެތި މަހުޖަނުން ވިޔަފާރި ކުރަނީ އެއްވެސް ހަމައެއް ނެތި... ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް ދައުލަތުގެ ބިންތަށް ދިނުމަކީ ކޮރަޕްޝަނެއް ނޫންތޯ...؟ ކުނިކަހާ ސާފުކުރަން ބިންދޫކުރާ އުސޫލެއް އޮންނަކަމަށްވާނަމަ އެންމެންނަށް ވެސް އެފުރުސަތު ލިބެން ޖެހޭ...؟ ހަމައެކަނި ގެސްޓް ހައުސް ހިންގާ މީހުންނަކަށް ނޫން އެފުރުސަތު ދޭންވާނީކީ..؟