އެމްޑީޕީގެ ބައްދަލުވުމެއްގައި އަމްރު ވާހަކަ ދައްކަވަނީ: އޭނާ ވަނީ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވާފައި.
13 ފެބުރުއަރީ 2022 - 11:05
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ހުޅުވައިނުލަނީސް، އެ މަގާމަށް ކުރިމަތިލައްވާނެ ކަން އިއުލާން ކުރެއްވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު، އެ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައިފި އެވެ.
އޭނާގެ ގާތް ބޭފުޅުން މިކަން ކަށަވަރުކޮށްދެއްވި އެވެ. އެކަމަކު، ވާދަވެރިވާނެ ކަމަށް ބެލެވޭ އިންތިހާބުން އަމްރު ފަހަތަަށް ޖެހިވަޑައިގަތް ސަބަބެއް އަދި ނޭނގެ އެވެ.
އަމްރުގެ ވިސްނުން ބަދަލުކުރައްވާފައިވާ ކަން ގާތް ބޭފުޅުން އިއުލާން ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ ވާދަކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ނުކުންނަވާފައި ވަނިކޮށެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ތުހުމަތު ކޮށްފައިވާ ގޮތުގައި އަމްރު ވާދަނުކުރައްވަނީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިގެންނެވެ.
ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގައި އިންތި ހުންނަވަނީ ނަޝީދުގެ ސިޔާސަތުތަކަށް އަބަދުވެސް ތާއީދުކުރައްވާ އަރިސް ބޭފުޅެއްގެ ގޮތުގަ އެވެ. ފައްޔާޒަކީ ކެބިނެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިތުބާރުކުރައްވާ އެއް ވަޒީރެވެ. ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަންގަވަން ނަޝީދު އިސްވެ މަސައްކަތްޕުޅު ކުރެއްވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފައްޔާޒަށް އިތުބާރު އޮތްކަން މީޑިއާގައި ވިދާލުވެފަ އެވެ.
އަމްރު ކުރިން ނިންމަވައިގެން ހުންނެވީ އެމްޑީޕީ އަށް ކާމިޔާބުކުރުން މުހިއްމުވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ފަހު ރަސްމީކޮށް އޭނާގެ ކެމްޕެއިން ފެއްޓެވުމަށެވެ. އޭނާ އަކީ އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި "ވިއްކި" މެނިފެސްޓޯ ލިޔުއްވި އެއް ބޭފުޅާ އެވެ. އޭނާ ވަނީ ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ އިތުރުން އެމްޓީސީސީގެ ސީއީއޯގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ ގޮނޑި ހުސްވީ އެ މަގާމަށް 2017 ގައި އިންތިހާބުކުރި ހަސަން ލަތީފްގެ ދައުރު ހަމަވުމުންނެވެ.
ފަސް އަހަރުގެ ދައުރަކަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލައިފަ އެވެ. އިންތިހާބު ބާއްވާ ތާރީހަކީ އެޕްރީލް, 16 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާނާ
14 February 2022
ލަދެއްގަ ބެދެން ބޭނުންނޫންނަމަ ތިހެން ހަދަންޖެހޭނީ.
އޮރެންޖް
13 February 2022
އެސްޓީއޯ އިން ހަދަން އުޅުނު ޑިޖިޓަލް ބޭންކްވެސް ހުއްޓުވީ ސަރުކާރުން.
އުދުހޭ
13 February 2022
އަދި އެބައޮތޭ އެއްވާހަކަ. ކޮބާތަ މިހާރު އެއްކަލަ ކުޅުދުއްފުށީ ޗޮކުން ފެރީ؟
އުދުހޭ
13 February 2022
ކުރި އުންމީދު ފެނަށް ދިޔައީ އަންނި އެކަމާ ދެކޮޅު ހެދުމުންދޯ؟ އެމްޑީޕީގައި ޗާބީދޭ ބުދު ހާދަ ގިނައޭ.
ލައިސަންސް
13 February 2022
ޑޮކްޓަރުންނާއި، ޓީޗަރުން ލައިސަންސް ނަގަން އަންގާ ސްކީމަކީވެސް އެތައްބަޔަކަށް ގެއްލުންލިބޭކަމެއް. ބައެއް މަގާމުތަކަށް ބޭނުންވަނީ ހަމައެކަނި އައިޑީކާޑު
ނަނީ
13 February 2022
އަމްރުއަކީ ހިންގުންތެރި ތަޖްރިބާއާއި ގާބިލް ބޭފުޅެއް، ވަރަށް ރީތި މިސާލެއް އެދެއްކީ..
ބާކީ 23
13 February 2022
މީހަކު ހަމަ ކުސްތަޅާލާލާއިރަށް ދޮށި ބާއްވާފަ ފިލާގނޑުން ފޭބުން އެއީ ޝަހުސިއްޔަތުގެ ވެރި ގޮތެއް ނޫނެވެ. ތިޔަހުރީ ސަރުކާރު ހިންގަން މިހާރު އަރާތިބި މީހުންގެ ފާޑަށް ކަންކުރަން ކަށީގަ ހިފާފަ އެވެ ފިއްލަދޫގެ އިޙްތިސާސް ތެރޭގަ ދައްޕަރު ހިމަނާނެ ނަގާނެ ޚިދުމަތްކުރަން ލިބުނު އަގުހުރި ވަގުތު މިކަމުގަ ދުއްވާލީ ވޯޓޭ ކޯޓޭ ކިޔުމުގެ ބޭނުމެއް ނެތް ރައްޔިތުން ވަކި ރަށެއްގަ ބަގުޑި ބައްދާ ތަގުޅިލައިގެން ތިބޭތީ އެބަ ފެނޭ ރައްޔިތުން ތިބީ ހޭލާ
ގަޓްލަކްސް
13 February 2022
ފެއިލް ވާނެކަންޔަގީންވީ!
ޣަންނި
13 February 2022
ކޮމަންޑޫ ދާއިރާ އިންތިޚާބުގައި މޑޕ އަށް ގޮނޑި ގެއްލުވާލަން އަންނި އުޅުނަސް އިބޫ އެކަން ކާމިޔާބު ކޮށްފި. މިހާރު އިންތި އަށް ގޮނޑި ހޯދައިދޭން އަންނި ހުރީ ފޫގަޅާފައި. އެކަމަކު ހޮވޭނެ ކަމަށް ބެލެވެނީ ފަޔާޒް. 2023 ގައި އަންނި ކުރިމަތި ލައިފިނަމަ މޑޕ ވެރިކަމަށް ނާންނާނެ. ގާސިމް އިމްރާން މައުމޫނު މެންގެ ތާއީދު ލިބޭނީ އެބައިމީހުން ގޮވައިގެން އުޅެން އެނގޭ އިބޫއަށް. އަންނި ހުންނަންވީ އިބޫ އަށް ތާއީދު ކޮށްގެން. އާދެ ކަނބިއްޔަކަށް ވެގެން.
އަނެއް ރައީސް
13 February 2022
އިންތިހާބުން އަމްރު ފަހަތަަށް ޖެހިވަޑައިގަތް ސަބަބެއް އަދި ނޭނގެ - އެންމެންނަށް އެނގޭ ކީއްވެ ކަން. އަނެއް ރައީސް ފެކްޝަނުން ތާއީދު ކުރާނެ ކަމަށް ކިޔާފައި ތާއީދު ނުލިބުނީ.