ޚަބަރު / މޫސުން

ގަދަ ހޫނަށް ފަހު ރާއްޖެ އަށް ވިއްސާރަ!

ވާރޭވެހެމުން ދިޔަ ގަޑީގައި މާލޭގެ މަގުމަތީގައި މީހަކު ކުޑައެއް ނަގައިގެން، ބައިސްކަލެއްގައި ދަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވަރަށް ހޫނުގަދަ ދުވަސްތަކަކަށް ފަހު މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރަން ފަށައިފި އެވެ.

މެޓް އޮފީހުން މިއަދު ވަނީ ހދ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު ނެރެފަ އެވެ. އެ ދެމެދުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާ އެކު، ގުގުރުމާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އޮފީހުން ލަފާކުރެ އެވެ.

މި ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް، އިއްޔެ އެ އޮފީހުން އިއުލާން ވެސް ކުރި އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭ ނުވެހި މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިދިޔަ އާދިއްތަ ދުވަހު ރާއްޖޭގެ ބައެއް ހިސާބުތަކަށް އިހުސާސް ކުރެވުނު ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ވެސް މެޓުން އާންމުކުރި މައުލޫމާތުތަކުން ވަނީ އެންގިފަ އެވެ.

އެ ދުވަހު ހުޅުލޭގެ ފިނިހޫނުމިން 33.5 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް، އިހުސާސްވާ ފިނިހޫނު މިން ހުރީ 43.3 ޑިގްރީ ސެލްސިއަަސްގަ އެވެ.

މިއީ ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. މެޓް އޮފީހުން ކުރިން އާންމުކޮށްފައިވާ ބައެއް މައުލޫމާތުތަކުން އެނގޭ ގޮތުގައި އޭޕްރިލް މަސް ތެރޭގައި ކޮންމެ އަހަރަކު ރާއްޖޭގެ ފިނިހޫނުމިން އެވްރެޖްކޮށް 29.7 ޑިގްރީ ސެލްސިއަސް އަށް އަރަ އެވެ.

އާދިއްތަ ދުވަހުން ފެށިގެން އަނެއްކާ ވެސް ހޫނުވާނެ

މެޓުން ލަފާކުރާ ގޮތުގައި މި ހަފުތާ ބަންދުގައި ވިއްސާރަކުރިޔަސް، އަންނަ އާދިއްތަ ދުވަހުން ފެށިގެން އަނެއްކާ ވެސް ރާއްޖެ އަށް ހޫނުގަދަވާނެ ކަމަށް ބެލެވެ އެވެ.

މިއީ އާންމުކޮށް ރާއްޖޭގައި ހުޅަނގު މޫސުން ފެށެން ދެމޫސުން ބެދޭ ދުވަސްވަރެވެ. އަދި އިރުވައި މޫސުން ނިމި، ހުޅަނގު މޫސުން ފެށެނީ އާންމުކޮށް މެއި މަހުގަ އެވެ.

8 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 22%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮންޓެ

23 April 2022

ހުޅަނގު މޫސުން ފެށޭނީ އޭޕްރީލް 8 އިން. އެއީ އައްސިދަ ނަކަތް، ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް. 21 އޭޕްރީލް ގަ ބުރުނު ނަކަތް އަދި 8 މެއި ގަ ކެތި ނަކަތް ފެށޭނެ.

The name is already taken The name is available. Register?

ކަނީރުމަލުގެރާނީ

23 April 2022

މިއަށް ކިޔަނީ ވިއްސާރަވުންތަ 2ތިންދުވަސް ތެރޭ މިކަން ނިމޭނެ ކަމަށް ލަފާކުރެވެނީ .މީހަކަށް ބޯލަން ފެންފޮދެއް ނުނެގޭވަރަށް ވެހެނީ

The name is already taken The name is available. Register?

ާބަތްކައްކާ

22 April 2022

ޜާއްޖެއަކީ މާލެއެވެ.

The name is already taken The name is available. Register?

ހޯރަބޭ

22 April 2022

ދެމޫސުން ބެދެންޏާ ވާރެވެހޭނެ ވާހަކަ އަކީ ފުލޯކެއް. ވާރެއަކީ ޕްރޮގްރާމް ކޮށްފަ ހުން އެއްޗެއްނޫން. އައްސިދަ ލައިގަންނައިރަށް ވެހެން

The name is already taken The name is available. Register?

ށަވިޔަނި

23 April 2022

ވާރޭވެހޭނެ ވަގުތާ ތަނާ މިންވަރު ހުންނަނީ ޕްރޮގްރާމް ކުރެވިފަ. މީސްތަކުންނަށްނޭގެނީ. މާޒީގައި ކަންހިނގާފަވާގޮތާއި އިލްމާ ވިސްނުން ބޭނުންކޮށްގެންބުނާ އެއްޗެހި ގިނަފަހަރު ދިމާވޭ. އެކަކުވެސް ޔަގީންކަމާއެކު ނުބުނޭ.

The name is already taken The name is available. Register?

48343

22 April 2022

ހަށިގަނޑަށް ފިނިކަމެއް ލިއްބައިދީފި. ٱلْحَمْدُ لِلَّٰهِ.

The name is already taken The name is available. Register?

ގުނަން

22 April 2022

އަފިންނަކަށް ވިއްސާރައްނުން

The name is already taken The name is available. Register?

ދެމޫ ސުންބުލި

22 April 2022

މިއީ އާންމުކޮށް ރާއްޖޭގައި ހުޅަނގު މޫސުން ފެށެން ދެމޫސުން ބެދޭ ދުވަސްވަރެވެ. އަދި އިރުވައި މޫސުން ނިމި، ހުޅަނގު މޫސުން ފެށެނީ އާންމުކޮށް މެއި މަހުގަ އެވެ. @@@ މިލިއުންކޮޅު ވަރަށްނުބައި. ރަނަގަޅުގޮތަކީ" މިއީ ހުޅަނގުމޫސުންފެށި އެމޫސުމުގެ ވިއްސާރަ ކައިރިވަމުން އަންނަ ދުވަސްވަރު" ބުރުނު ނަކަތަކީ އެނަކަތުގެ ގަދަ ކޮޅިގަނޑު ޖެހުމަށްފަހު މަޑުވެ ހޫނުގަދަވާނެ. ކެތީގެ ފެން ވެހެން ފެށުމުން ވިއްސާރަ ފެންނަންފަށާނީ. ބައެއްފަހަރު ކެތީފެންވެސް ނުލިބިހިގައިދޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454