އަރަބިއްޔާ ހުރި ތަނުގައި އިމާރާތްކޮށްފައިވާ ފްލެޓް އިމާރާތް: އެތަނުން ފްލެޓް ލިބުނު މީހުން ފަސް އަހަރު ތެރޭގައި ދެ މިލިއަން ރުފިޔާ ދައްކަން ޖެހޭ.
07 ޖޫން 2016 - 20:53
ބޯހިޔާވަހިކަމަށް އިމާރާތްކުރާ ފްލެޓްތަކުގެ އަގު މައްޗަށް ޖައްސައި އާދައިގެ ރައްޔިތުން ބޯހިޔާވަހިކަމުން "މަހްރޫމް ކުރަމުންދާ" ކަމަށް ބުނެ އެކަން ބަލައިދިނުމަށް އެދި އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް ވިދާޅުވީ، އެ ގަރާރު ހުށަހެޅުއްވީ އާދައިގެ ރައްޔިތުން ބޯހިޔާވަހިކަމުން މަހްރޫމުވާ ގޮތަށް ސަރުކާރުން އަމަލުކުރަމުންދާތީ، މަޖިލީހުން އެކަމާ މެދު ދެކޭގޮތެއް ބެލުމަށް ކަމަށެވެ. އަދި ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތާއި އުސޫލުތައް ބަދަލުކޮށް، ރައްޔިތުންނަށް މާލީ ގޮތުން ލުއި ފަސޭހަކަން ލިބޭނެ ގޮތަށް ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލުމަކީ ވެސް ގަރާރުގެ ބޭނުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވާފައިވާ ގަރާރުގައި ބުނެފައި ވަނީ އެމްޑީޕީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރަމުން ދިޔަ ފްލެޓްތައް ނުނިމި ހަތަރު އަހަރު ދިގުލައިގެން ދިޔައީ، އެ ޕްރޮޖެކްޓް މެނޭޖްކުރަން ނޭނގުމުން ކަމަށެވެ. އޭގެ ސަބަބުން ޑިވެލޮޕަރަަށް ބޭކާރު ގޮތުގައި ދައްކަން ޖެހުނު ފައިސާ ގިނަވެ، ފްލެޓް ލިބުން ލަސްވުމުގެ އިތުރުން ފްލެޓް އަމިއްލަ ކުރަން ރައްޔިތުން ދައްކަން ޖެހޭ ފައިސާގެ އަދަދު ދެ ގުނަ ބޮޑުވެފައިވާ ކަމަށް ގަރާރުގައިވެ އެވެ.
ހިތަދޫގައި ހަދާފައިވާ ފްލެޓްތަކެއް: ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި. ފޮޓޯ/ ކިއުންތެރިއެއް.
ފްލެޓްތައް އަމިއްލަ ކުރަން ފައިސާ ދައްކަން ޖެހޭ މުއްދަތު ފަސް އަހަރަށް މި ސަރުކާރުން ކުޑަކުރުމުގެ ނަތީޖާ އަކީ މަހަކު 33،333ރ. އާދައިގެ ރައްޔިތުން ދައްކަން ޖެހުން ކަމަށް ވެސް ގަރާރުގައިވެ އެވެ. އެއީ މާލޭގައި ދިރިއުޅޭ، އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައި ނުވާ މީހުންނަށް ނުއުފުއްލޭވަރުގެ ބުރައެއް ކަމަށް ގަރާރުގައިވެ އެވެ.
މާލޭގެ ކުޑަ ބިންކޮޅު ދޫކޮށްލައިގެން ފްލެޓް ލިބުނު މީހުންގެ ބިންކޮޅުގެ އަގާ ގުޅޭ ގޮތުން ވެސް ސަރުކާރުުން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައި ނުވާ ކަމަށް ބުނެ ގަރާރުގައި ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ.
ގަރާރުގައި ބުނީ އަގު ބޮޑު ކަމުގެ ހުއްޖަތު ދައްކައި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކުގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމި ނިންމުމަކީ ވެސް މި ސަރުކާރުގެ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި ބުނީ 500 އާއި 550 އަކަފޫޓޫގައި އަޅާ ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގެ މަސައްކަތް އެކަނި ކުރިއަށް ގެންދިއުމަކީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި އާއިލާތަކަށް ލިބޭނެ ހައްލެއް ނޫން ކަމަށެވެ.
ދެކުނުގެ އަތޮޅުތަކުގައި އަޅަން ހަމަޖެއްސި 1500 ހައުސިން ޔުނިޓްގެ ތެރެއިން 704 ހައުސިން ޔުނިޓް ހުޅުމާލެ އަށް ބަދަލުކުރި އުސޫލާއި ފައިސާގެ މުއާމަލާތްތައް ހަމަޖެއްސި ގޮތް ވެސް ސާފުކޮށްދޭން ޖެހޭ ކަމަށް ގަރާރުގައިވެ އެވެ. މީގެ އިތުރުން ގަރާރުގައި އެދިފައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތައް ބަލައި ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ވީހާވެސް އަވަހަށް ހައްލެއް ހޯދައިދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
08 June 2016
ގަރާރު ބޭރުކޮށްލާނެ، ތިޔައީ ބޭކާރުކަމެއް، މިސަރުކާރުން ހަދާނީ ހަދާނެއެއްޗެއް
ވިސްނާލީމާ
08 June 2016
ފްލެޓްއަޅާފާ ފްލެޓުން ޖާގަލިބުމަކީ ވަގުތީ ހައްލެއް، ވަގުތީ ބޯހިޔާވަހިކަމެއް! ބިމުގެ ބައެއްނުލިބޭގޮތަށް އެހަދާ ހެދުންތަކަކީ ގަބޫލުކުރެވޭނޭ ކަންތަކެއްނޫން! ހުޅުމާލޭގާވެސް ރޯހައުސްގެ ގޮތުގާ ތިންބުރިޔަށް އެހަދާ ހެދުންތައް ވަރަށްސަޅި! އެތަނުގާ ބިންކޮޅަކާއެކު ތިންބުރިލިބޭ! އެހެޔޮތާ ކިތަންމެ ދުވަހަކުން ކުލިއަދާކޮށް ނިމުނަސް! އަހަރެން ހިތަށޤއަރަނީ ކަންކަން ކޮށްދޭންތިބޭމީހުނަށް މިވަރުވެސް ނުވިސްނިގެންމިއުޅެނީ ކީތްވެބާއޭ! ނޫނީ ވިސްނޭއިރުވެސް ހަމަ އެހާ ޖާހިލީބާއޭ! -އިބްރާހީމް-
ކާލާކާލާ
08 June 2016
ބޯހިޔާ ވަހިކަމަށް ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައި ތިބީ މާލެ ސަރަހައްދުގައެވެ. ރާއްޖެ ތެރެއަކު ނޫނެވެ. ރާއްޖެތެރޭގައި އަދި ވެސް ފަޅުގެތައް ވަރަށް ގިނައެވެ. ތިނަދޫވެސް ފަޅުގެތަކުން ފުރިފައި އަދި އައްޑޫ ފޭދޫ ވެސް ފަޅުގެތަކުން ފުރިފައި. ދިވެހި ހުރިހާ ރައްޔިތުން ވެސް ބޭނުންވަނީ މާލެ ސަރަހައްދުން ބޯހިޔާ ވަހިކަމެވެ. އެހެންކަމަށްވާނަމަ މާލެ ސަރަހައްދަށް ޕީޕީއެމް އިން ހޮވާފައިވާ އެމްޕީން ނަކީ އެއީ ކީއްކުރާ ބަޔެެއް ތޯއެވެ. ނިހާނު ކީއްތޯ ކުރަނީ އަދި ބޮޗޭ ކީއްތޯ ކުރަނީ އަދި އުޅޭނެ މައްޗަން ގޮޅީ ދާއިރާގެ މެމްބަރަކު ވެސް އަދި މާފަންނު ދެކުނު ދާއިރާގެ މެމްބަރަކު ވެސް. މިއިން އެއްވެސް މެމްބަރަކު މާލެގައި ބޯހިޔާ ވައްސެއް ނެތް މީހުންނަށް މާލެ ސަރަހައްދުން ކުޑަ އަގުގައި ބޯހިޔާ ވަހިކަން ލިބޭނެ ގޮތަށް މަޖްލީހުގައި ވާހަކަ ދައްކާ އަދި މާލޭގެ އެމީހުންގެ ދާއިރާގެ ތަރައްގީ އަށް އެއް ކަމެއްވެސް ނުކުރަނީ އެއީ ކީއްވެގެންތޯއެވެ. މާލެ ވިލިގިލީގެ ހާލަތުދަށް ރާއްޖެތެރޭ ރަށަކަށް ވުރެން. އެކަމަކު ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު ނިހާނު ތަމްސީލް ކުރަނީ މާލެ ވިލިގިލި. މާލެ ވިލިގިލީގައި އެސްޓީއޯ ނުވަތަ އެމްޓީސީސީ މެދުވެރިކޮށް ނަމަވެސް ކީއްވެގެންތޯ 15 ހާސް ފްލެޓްސް ނޭޅެންވީ ބީއެމްއެލް އިން ލޯން ނަގައިގެން. މިހެން މިކަން ނުވަނީ އެއީ ޕީޖީ ގްރޫޕްގެ ލީޑަރު އަށް ރައްޔިތުން ގެ ވިންދު ނޭގުމާއި އަދި މާލޭގެ ދާއިރާ ދެކެ ލޯބި ނުވާތީއެވެ. ދެން ތިބި ބޮޗޭ މެން ލޮލަށް ވެސް ނުފެނޭ މިހާރު. ތިޔާ މައްޗަން ގޮޅީ ދާއިރާ ތަމްސީލް ކުރާ ޕީޕީއެމް މެމްބަރު އެބަހުރި ތޯ އަނެއްކާ ރާއްޖޭގައި. ނެތް ދޯ. އަރާމު ކުރަނީ ދޯ ލަންކާ އިންޑިއާ ގައި އޮވެގެން. ރަނގަޅު ރަނގަޅު. ސަރުކާރު ކާ މާލު ބަތްތައްޓަށް ހުށިޔާރު، ކާލާ ކާލާ، ކާލާ ކާލާ، އޯއް، އޯއް، އޯއް، ފެންނުބޮނީސް ބަނޑު ބޮޑު ވެގެން ވައި ލެވެން ފަށައިފިއެވެ. ހީވަނީ ބްރޯ އަތުން އަތު ޖެހުނު ދުވަހު ގޮށް މުށް ކަވާލާފައި ކެވުނު ވަރު ގިނައީ ހެން. ބަނޑަށް ވެސް ތަދުވާން ފަށައިފިއެވެ.
ޔަގީން
08 June 2016
ރާއްޖޭގެ އާބާދީގެ ބޮޑު ބަޔެއް ބޯހިޔާ ވަހިކަން ބޭނުންވަނީ އެއީ މާލެ ސަރަހައްދުންނެވެ. އެެހެން ކަމަށްވާނަމަ ސަރުކާރުން އެބަޖެހޭ ރާއްޖޭގެ އާބާދީ އެއްފަސް ކުރުމަށް ޓަކައި ވެސް މިކަން ކުރަން މައުނަވީ ގޮތެއްގައި. ސަރުކާރުން ވިސްނަންވީ އަމިއްލަ އަށް މަސް ފެނާއި އަދި އެން އޮންނަ ތަނަކަށް ޖަމާވާ އުސޫލުން ރާއްޖެތެރޭގެ އެންމެން މާލެ ސަރަހައްދަށް ޖަމާ ކުރެވޭނެ ޖާދޫ އަކަށް. އެ ޖާދޫ އަކީ އެއީ މާލެ ސަރަހައްދުގެ ފްލެޓްސް ތަކުގެ ކުލި ދަށް ކުރުމެވެ. އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ފްލެޓްސް ތައް ދޫކޮށްލަންވީ އެވެ. ފްލެޓް އަމިއްލަ ނުވާނެ ދުވަހަކު ވެސް. މިހެން މިކަން ކޮށްފިނަމަ މިހާރު ލަންކާ ، އިންޑިއާ އަދި މެލޭޝިޔާ ގައި ތިބި އެންމެން ވެސް މަޑު މަޑުން ރާއްޖެ އަށް ބަދަލުވާނެއެވެ. މީ ޔަގީން ކަމެކެވެ. އަޅެ ސަރުކާރުން އަޖުމަ ބަލާލުމުގެ ގޮތުން ވެސް މިކަން ކުރަންވީ ނޫންތޯއެވެ. މިހެން މިކަން ވެއްޖެނަމަ މިސަރުކާރަށް 2018 ގެ ރިޔާސީ ހަނދު އެއްބުރުން ފެންނާނެ ކަމުގެ ޔަގީން ކަން އަޅުގަނޑުމެންނަށް އެބައޮތެވެ.
ބަލާތި
08 June 2016
ބޯހިޔާވަހިކަމުން އެއްގޮތަކަށް ވެސް އެކަކު ވެސް މަހްރޫމް ކޮށްގެން ނުވާނެއެވެ. މާލެ ސަރަހައްދުން ސަރުކާރުން ދޭ ބޯހިޔާ ވަހިކަން ދޭން ޖެހޭނީ އެކަމުގައި އޯގާތެރި ކަމާއި ކުލުނާއި އަދި ހަމްދަރުދީ އާއި އަދި ލޯބި އެކުލެވޭ އުސޫލުންނެވެ. އެގޮތުން ވަރަށް މުހިއްމު ކަމެއް މާލެ ސަރަހައްދުން ކުއްޔަށް ދޭ ފްލެޓްސް ތަކުގެ މަހު ކުލި 1000 ރުފިޔާ އަށް ދަށް ކުރުން. އެއީ މަޖްބޫރު ކަމެކެވެ. އެއިރުން މާލޭގެ އިންފްލޭޝަން ވެސް ދަށަށް ދާނީ. މައްސަލަ އެއްނެތޭ ފްލެޓްގެ އަގު 200 އަހަރުން ހަމަވިޔަސް. މާލެ ސަރަހައްދެއް ނޫންތޯއެވެ. އެހެން ކަމަށްވާނަމަ ކުއްޔަށް ދެވޭނެ ކުއްޔަށް ހިފާ ފަރާތް ނިޔާވެގެން ފްލެޓް ހުސްވެއްޖެނަމަ. މާލެ ސަރަހައްދަކީ އެއީ ރާއްޖޭގެ އިގްތިސާދުގެ ހިތް ކަމަށްވާތީވެ ކަންޓްރީ ސައިޑް މީހުން އަދި މާލެ އާއި ކިތަންމެ ޖެލަސް ވި ކަމުގައި ވިޔަސް ތެދު އެބަޖެހޭ ހޭލައިގެން ނިކުންނަން. މާލެ ސަރަހައްދަށް ޕުލް އިފެކްޓް އުސޫލުން ރާއްޖޭގެ އާބާދީގެ 95 އިން ސައްތަ ގެންނަންވީ އެވެ. މިސާލަކަށް ވަރަށް ގިނަ އައްޑޫ މީހުންނަކީ މާލެ އަށް އަންނަ ހިތުން އަންނަ މީހުންނެވެ. އެމީހުންނަކީ އެއީ އިންޓެލިޖެންޓް ވެސް ބަޔެކެވެ. އަދި މަސައްކަތް ކުރުމުގައި ވެސް ހީވާގިވެފައި މުރާލި އެވެ. އެހެން ކަމަށްވާނަމަ އައްޑޫ އާބާދީގެ 95 އިން ސައްތަ މާލެ ސަރަހައްދަށް ޕުލް އިފެކްޓް ތިއަރީ ދަށުން ބަދަލުކޮށް އެމީހުން މެދުވެރިކޮށް ގިނަ މަސައްކަތް ތަކެއް މާލެ ސަރަހައްދުގައި ކުރެވިއްޖެނަމަ ރާއްޖޭގެ އިގްތިސާދު ދާނެ އިންޑިއާ އަދި ލަންކާ ފަހަނައަޅާ ވެސް. މިކަން ކުރެވެން އޮތީ އެއީ މާލެ ސަރަހައްދުން އާދަޔާ ޚިލާފަށް ކުޑަ ކުލީގައި ސަރުކާރުން ފްލެޓްސް ތައް ދިނުމެވެ. ލޯ މަރާލުމަށް ފަހު ފްލެޓްސް ތަކުގެ ކުލި ދަށް ކޮޮށްލަންވީ މަހަކު 1000 ރުފިޔާ އަށް. އަދި މާލެ ސަރަހައްދު ފްލަޑް ކުރުވަންވީ މުޅި ރާއްޖެތެރޭގައި ފައިސާ ފޮތި އޮތް އެންމެން ޖަމާ ކޮށްގެން. ރާއްޖެތެރޭގައި ފޯރާ ހުރިހާ މީހުން ވެސް މާލެ ސަރަހައްދަށް ބަދަލުވާނެ އެއިރަށް. ސައުތު ކޮރެޔާ ބަލަންވީ މޮޑެލް އަކަށް. އެއިރުން ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ ކޯލިޝަން އަށް ރާއްޖެ ލިޓިލް ސިންގަޕޫރަށް ބަދަލު ކުރުމުގެ ސައިލެންޓް ޑްރީމް ހަގީގަތަކަށް ހެދޭނެއެެވެ.
ޞ
08 June 2016
ޢެމްޑީޕީ މީހުންނައް ދީފަ ބާކީ ހުރިއްޔާ އެހެންމަިހަކައް ދޭނީ
ސަމާސާއެއްނޫން
08 June 2016
ބޯހިޔާވަހި ކަމަކީ ގާނޫނުނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެކެވެ. މަފްހޫމަކީ ފަޅުރަށަކުން ނުވަތަ ވަސީލަތެއްނެތް ތަނަކުން ސަންދޯއް ވަޅުލާނެ ޖާގައެއް ދިނުމެއް ނޫނެވެ. ހަމަ އެހެންމެ ދިރިއުޅެން ދޫކުރާ ގޯއްޗަކީ ވިޔަފާރި މުދަލެއް ނޫނެވެ. ބޯހިޔާވަހިކަމަށް ދޫކުރާ ގޯތި، އާއިލާ އުޅޭވަރަށްވުރެ ބޮޑު ނަމަ އިތުރުވާބައި ސަރުކާރަށް ނަގާށެވެ. ބޭނުން ވަނީ އެއްމެނަށް ބޯހިޔާވަހިކަން. އެއްބަޔަކު ގުދާރުބިންދައިގެން ކުރާ މަސައްކަތުން އަނެއްބަޔަކު ދެފައިދަމާ ނިދާކަށް ނޫނެވެ. ﷲ އެބަޔަކަށް ނުރުއްސަވާނެކަން ޔަގީނެވެ.
ސައްޕު
07 June 2016
ތިޔަ ބިލު ހުށައެޅުއްވި ބޭފުޅާގެ މާލޭގެ ގެ އެހެރީ ހަމަ ނިކަމެތި ރައްޔިތުންނަށް ހަމަ "ހިލޭ" ދީފައި! އަނެއްކޮޅުން މާލެ ސިޓީކައުންސިލް މެންބަރަކަށް ހުންނެވި އިރު ލިބުނު "މުސާރަ" އިން ތަންތަން ކޮޅު ހަދާފައި ގޭގެ ވެރި މީހާއަށް އެކަށީގެން ނުވާ ކުޑަ ފައިސާކޮޅެއް ދީފައި ފަނަރަ، ވިހި އަހަރަށް ޖަހައިގަނެގެން ތިޔަ އުޅެނީ، ހަމަ ނިކަމެތި ރައްޔިތުން ދެކެ ވާ "ލޯބި" ން ލަގޮޑިއަށް ކެތް ނުވެގެންދޯ؟
ނަސީމް
07 June 2016
ޕާޓީ އޮޔާދާތީ ހަމަ ތެޅެނީ ބޯގޮވަނީ ހަޖަމްނުވަނީ ހަމަހެވެނީ
ނަސީމާ
08 June 2016
އޮޔާދާ ޕާޓީ ވަރަށް އަވަހަށް ފެންނާނެ..
ހަހަހަހަ
07 June 2016
ހުރިހާ ދިވެހިންނައް އަތްފޯރާފަށައް ބޯހިޔާވަހިކަމޭ؟ ހަހަހަހަ. ނުވާނެ ތިކަމެއް. ތިކަން ކުރަން ތިބި މީހުން ތިކަން ވިޔަކަ ނުދޭނެ. އަތުން ފައިން މަސައްކަތެއް ނުކޮއް ކުލި ފަރީއްކުޅުއްވައިގެން ސިންގަޕޫރުގަ ދިރި އުޅުއްވާ ބޭފުޅުންގެ އަރާމު ދިރިއުޅުން ހަލާކުވިޔަކަ ނުދޭނެ. ހަހަހަހަ. އަހަރުމެނައް އޮތީ ތާ އަބަދައް ގަނަތެޅުން.