ޔާމީން: އެމަނިކުފާނާ ދެކޮޅަށް ހުށަހެޅި ހެއްކެއްގެ ޗެއިންގައި ނުބައި ތާރީޚެއް ޖަހާފައި އޮތް މައްސަލަ ވަނީ ފެންމަތިވެފައި --- ފޮޓޯ/މިހާރު
01 އޯގަސްޓް 2022 - 12:27
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ކިތާބީ ހެއްކެއްގެ ޗެއިން އޮފް ކަސްޓަޑީގައި ނުބައި ތާރީހެއް ޖަހާފައި އޮތް މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.
އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އެ ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހާޒިރުކުރީ އެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓް ހެދި ފުލުހެކެވެ. އެއީ ޗެކް ޖަމާކުރި ލިޔުމުގައި ލިޔެފައިވާ އަތު ލިޔުންތައް ތަހުލީލުކުރި ތަހުލީލުކުރި ފުލުސް މީހާ އެވެ.
ދައުލަތުން ކުރި ސުވާލުތަކުގެ ޖަވާބުގައި އެ ފުލުސް މީހާ ބުނިގޮތުގައި ލެބޯޓްރީއާ ހަމައަށް އެ ލިޔުންތައް ތަހުލީލު ކުރަން ގެނައީ ހުރިހާ އިޖްރައާތުތައް ފުރިހަމަވެގެންނެވެ. އަދި އެތަކެއްޗާ ހަވާލުވަނީ ވެސް ޗެއިން އޮފް ކަސްޓަޑީ (ހެކި ނަގުލުވަމުންދާ ގޮތް ބަޔާންކުރާ ލިޔުން) ފުރިހަމަވާ ނަމަ ކަމަށް އޭނާ ބުންޏެވެ.
އެކަމަކު ޗެއިން އޮފް ކަސްޓަޑީގައި އެ ހެކި ހޯދި ކަމަށް ފުލުހުން ލިޔެފައި އޮތީ ނުބައި ތާރީޚެވެ. އެ ލިޔުމުގައި ހެކި ހޯދި ތާރީޚެއް ކަމަށް އޮތީ 23 އޮގަސްޓް 2026 އެވެ. އެކަން ޔާމީންގެ ވަކީލުން ފެންމަތި ކުރުމުން ޗެއިން އޮފް ކަސްޓަޑީގައި މައްސަލައެއް އުޅޭ ކަމަށް އޭނާ އެއްބަސްވި އެވެ.
އޭނާ ބުނިގޮތުގައި އެކަމަކު ތަހުގީގު މަރުހަލާގައި އެކަން ފާހަގަވެފައެއް ނުވެ އެވެ.
ޗެއިން ދިމާ ނުވާއިރު، ތަހުލީލު ރިޕޯޓް ސައްހަވާނެތޯ ސުވާލު ކުރުމުން އެ ފުލުސް މީހާ ބުނިގޮތުގައި ޗެއިންގައި މައްސަލައެއް އޮތަސް، ތަހުލީލުގެ ނަތީޖާއަށް އަސަރުކުރާނެ ކަމެއް ނެތް ކަމަށެވެ.
"ނަތީޖާ ސައްހަ ނޫނެކޭ ނުދެންނެވޭނެ، އަޅުގަނޑު ތަހުލީލުކޮށް ނެރުނު ނަތީޖާއަކީ ސައްހަ ނަތީޖާއެއް." އޭނާ ބުންޏެވެ.
ސަބަބެއްގެ ގޮތުގައި އެ ފުލުސް މީހާ ބުނީ އެ ލިޔުން ލެބޯޓްރީ ހަމައަށް އައިއިރު ހެކި އޮތީ ސީލްކޮށް، ބަންދުކޮށްފައި ކަމަށްވާތީ އާއި އޭނާގެ ތަހުލީލުގެ ނަތީޖާއަށް ފަހު އޭނާގެ އިސްވެރިއަކު ވެސް އެ ތަހުލީލު އިތުރަށް ކަށަވަރު ކޮށްފައިވާތީ އެވެ.
އެ މައްސަލަ ފެންމަތިވުމުން އެ ޗެއިންއާ ގުޅޭގޮތުން ދައުލަތުން އިތުރަށް ސުވާލު ކުރަން މަސައްކަތްކުރި އެވެ. އެކަމަކު އެ ސުވާލުތައް ކުރުމުގެ ފުރުސަތު އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ނުދެއްވި އެވެ. ގާޒީ ވިދާޅުވީ އާ ސުވާލުތަކެއް އެ މަރުހަލާގައި ދައުލަތަށް ނުކުރެވޭނެ ކަމަށެވެ.
އެ ފުލުސް މީހާ ބުނިގޮތުގައި ސާމްޕަލް ލިޔުންތަކާއި ތަހުލީލުކުރި ލިޔުމުގެ އަތު ލިޔުން ދިމާވެ އެވެ. އަދި ތަހުލީލުކުރި ލިޔުމުގައި އޮތް ސޮޔަކީ ވެސް ފަސޭހައިން ފޯޖް ކުރެވޭ ފަދަ ސޮޔެއް ނޫން ކަމަށް އޭނާ ބުންޏެވެ.
އެކަމަކު އޭނާ ބުނިގޮތުގައި ސާމްޕަލްގައި ހުރީ ކާކުގެ ސޮޔެއް ކަމެއް އޭނާއަކަށް ނޭނގެ އެވެ. އޭނާގެ ދައުރަކީ ސާމްޕަލް ލިޔުންތަކާއި ތަހުލީލުކުރި ލިޔުމުގެ އަތު ލިޔުން ދިމާވޭތޯ ބެލުން އެކަނި ކަމަށް އެ ފުލުސް މީހާ ބުންޏެވެ.
އެ މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ. އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގޭޚިޔާލުމީ
02 August 2022
ތިފަދަ ކަންކަމުން މީހުން ކުށުން ބަރީއަ ވެގެން ނުވާނެ. ތިއީ ލިޔުމުގެ ކުށެއްކަން ވަރަށް ސާފުކޮށް އެނގޭ. ކުށް އިސްލާޙުކުރަން ފުރުސަތު ދޭންޖެހޭނެ.
ޢަލީބެ
02 August 2022
ޗެއިން އޮފް ކަސްޓަޑީ އަކީ އިސްލާޙް ކުރެވޭ އެއްޗެއް ނޫން، ނުބައިވީމަ ނުބައިވީ
އާބަޔެއް އަރުވަބަލަ
02 August 2022
މިމީހުން އަރުވަނެކަމެއް ނެތް. އާބަޔެއް އަރުވާ
ދ123
02 August 2022
މިފަދަ ހީލަތްތެރިންގެ ނިމުން މާތްﷲ ދައްކަވާނީ ކޮންފަދަ ބިރުވެރި ގޮތަކަށްބާވޭ ހިތަށްއަރާ.
ހި ޔާފުލެޓްމީހާ
02 August 2022
ހަމައަތައް ގޮވަނީ ސަރުކާރައް 4 އަހަރުވަނީ ހުރިހާ މުވައްސަސާ ޔަކައް ހަތަރެސްފައި ކޮއްޕައިގެން ޔާމިން ޖަލައްލެވޭތޯ މިއުޅެނީ އިބުގެ ވެރިކަން ދެމެހެއޓޭތޯ ހިލާއެކަމެއްނުވާނެ
އަނިލު
01 August 2022
ކުރީ ފަހަރުހެން ފިލޭނެ ޖާގައެއް ހަދާފަ މިއޮތީ...
ބޮޑުމީހާ
01 August 2022
އެމްއެމްޕީއާރުސީގެ މައްސަލައިގަ ތުހުމަތުވާ 280 މީހުން ތިބިއިރު 4 އަހަރުތެރޭ މި ވެއްދުނީ ޔާމީނުގެ މައްސަލަތައް އެކަނި. އަދީބު އަމީން އެވެނިއުގަ ގިޓާ ކުޅެން އެސްއޯއެފް މީހުންނަށް ދައުވާ ނުކުރަން ނިންމާފަ އޮތީ... މިވަރުން ދެން އިންސާފު ލިބޭނެވަރު ވިސްނާލައްވާ
ޢައްލާމް
01 August 2022
ތީ ތިފަދަ މައްސަލަތައް ބެލުމުގެ ގާބިލުކަން ނެތުމުން ދިމާވާ ކަންކަން. މައްސަލަ ތަޙްޤީޤް ކުރާއިރު މިމީހުން މިބަލަނީ ކީކާ ރިޔާޒް ބުނާގޮތަށް ކަންތައް ކުރެވޭތޯ. ވަރަށް ސަލާމް! މިހުރިހާ މައްސަލައެއް އަތަށް ގޮވާއިރު ހިތާމަޔަކީ ތި ތަޙްޤީޤް ޓީމާ ކީކާރިޔާޒް ތިތަނުން ބޭރު ނުކުރާތީ ރައްޔިތުންގެ ލާރި ކައިގެން ތިބޫން ނޫން ކަމެއް ނުކުރޭ
މަކަރ
01 August 2022
ދުނިޔެއަކީ ވަގުތީތަނެއް މަހްސަރުބިމުގާ ތިކަހަލަމީހުންގެ ހާލަތް.....
ސާދާސީދާ
01 August 2022
މިމައްސަލަތައް ތަޙުޤީޤްކުރާ މީހުން ތެރޭގަ އާއި ދަޢުވާ ކުރުމުގެ މަރުޙަލާގައި އުޅޭ މީހުންތެރޭގައި ވެސް ކޮރަޕްޓް މީހުން އުޅޭތީ އިމުލާ ކުށުން މިނިވަން ވިޔަސް ޤިޔާމަތް ދުވަހުން އެކަމެއް ނުވާނެ.
ޖހޖހޖ
01 August 2022
ކުށް ކުރިނަމަ ޔަގީނުންވެސް އަޒާބުލިބޭނެ، ﷲ އެދިވޮޑިފަންނަވާނަމަ. ހަމައެއާއެކު ދޮގު ތުހުމަތުކުރާމީހުންމާއި އަދުލުއިންސާދުން ބޭރުން ނުހައްގުން މީހުނަށް އަދަބުދީ އަބުރުކަތިލާނަމަ އެބަޔަކަށްވެސް ﷲ ތައާލާގެ އަޒާބުވާކަން ހަނދާން ކުރަންޖެހޭ. މީގަ ސުވާލަކީ ކުށެއް ކުރިހޭ؟ ހެކިއުފައްދަންޖެހުނީ ކޮންސަބަބަކާހުރެހޭ؟
ށަވިޔަނި
01 August 2022
އިހުމާލެއްނޫން، ރިޝަވަތު.
ގެދާނޯމޮސް
01 August 2022
އަވަހަށް ފައިސާބޮނޑި ހޯދަން ވިސްނާވަރުން ދައުލަތުގެ ވަކީލުންވެސް ހަމައިންނެއްޓޭފަހަރު ބޯލެނބިގެން ނެތަސް މިސްޓޭކްސް ހެދެނީ މާގިނައިންނެވެ.