ފުލުހުން ޝީރީން ވިލާ ގޭގެ ބޭރުގައި -- ފޮޓޯ: ނައުޝަމް ވަހީދު
07 އޯގަސްޓް 2022 - 03:25
ހ. ޝީރީންވިލާގައި ރޭ ދަންވަރު މަރާލި އަންހެން މީހާގެ ކަރު ބުރިކޮށްލައި، އޭނާގެ އަތާއި ފައި ވެސް އޮތީ ބުރިކޮށްލައިފައި ކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.
އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު ދުށް މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި، އުޅަނބޮއްޓާ ހިސާބުން އަތް އޮތީ ބުރިކޮށްލައިފަ އެވެ. ދެ ފައި ވެސް ބުރިކޮށްލައިފައިވާ އިރު، ކަރު މުޅިން ބުރި ވެފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޝިއާއުގެ ހަށިގަނޑު ފުލުހުން ނެރުނު އިރު ދެ ބޮޑީ ބޭގް ވެސް ނެރުނެވެ. އެހެންވެ، ބެލެވެނީ ހަށިގަނޑު އޮތީ ބުރިކޮށްފައި ކަމަށެވެ. ހަށިގަނޑު ގެންގޮސް ލީ ގަލޮޅު މޯޗަރީ އަށެވެ.
މަރާލާފައި އޮއްވައި ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު.
މި ހާދިސާ ހިނގި ކަމާއި މި މަރާ ގުޅޭ ތުހުމަތުގައި މީހަކު ހައްޔަރުކުރިކަން ފިޔަވައި އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ ޒުވާން ސްކޭޓަރު އަލީ ޝާހިލް، 23، އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ސީން އިން ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި ހައްޔަރުކުރުމަށް ފަހު، އޭނާ، ޝީރީންވިލާގެ ނުވަ ވަނަ ފްލޯ އަށް ގެންގޮސް ވަރަށް ގިނަ އިރު އެތާނގައި ވެސް ގެންގުޅުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންމަ
08 August 2022
ގާނޫނު ގެ އެއްވެސް ބާރެއް ނެތް. ބޮޑެތި ކުށް ކުރާ މީހުން މިގައުމުގަ މިތިބެނީ ގާނޫނަށްވުރެ މަތީގައި. ހުކުމްކޮށްފަ އަބަދުވެސް އެ ހުކުމް ދިފާއު ކުރަން ކޯޓުތަކުން ޖެހޭތަން ފެންނަނީ. އެކަމަކު ކުށްކުރާމީހުން ތިމަންން ކުށްނުކުރަމޭ ބުނުމުން އެއީދޮގުވިޔަސް އޭނާގެ ހައްގު މާމަތީގަ އޮންނަނީ. ވަރަށްވެސް ދެރަ. މިގައުމުގަ ދިރިއުޅުމަކީ ޑިޕްރެޝަން އަށް މަގު ފަހި ވާ ކަމަކަށް ވެއްޖެއެވެ.
އަހުމަދު ޒާހިރު
07 August 2022
ތީގަ ޝާހިލް ގެ ކުށެއް އޮތްކަމަކަށް ނުދެކެން. އެކުއްޖާ މަސްތުވެގެން ހުރެ ކުރެވުނު ކަމެއް ތީ. ތީގަ އަހަންނަށް ގޯހީ މައްސަލައިގެ އަސްލުކަމަށް ވާ މަސްތުވާ ތަކެތި. އެތަކެތި ޝާހިލްއަށް ދިން މީހުން. ޝާހިލްއަށް މަސްތުވާތަކެތި ދިން މީހުން ދޫ ކޮށްލި ގާޒީންނާއި ފުލުހުން.
އަލީހަމީދު
08 August 2022
ކަލޭގެ ދަރިޔަކަށް އެހެން ހަދާލާދުވަހުވެސް ބުނާނީ ތިހެންތަ؟
1126
08 August 2022
އެބުނީ މައްސަލަ ނިމިގެން ދާނެ ގޮތް އެންމެފަހުން.
ރިށް
08 August 2022
ލޮލް.ތިމާ ގެ އާއިލާ މީހަކަށް އެހެން ހަދާ ދުވަހުވެސް ބުނާނީ ތިހެން ދޯ ?
ސަރުކާނު
07 August 2022
ޢަންހެން މީޙާ ލިޔެނީ ކީއްވެބާ؟ 22 އ ގެ ޒުޥާނެއް. ޚުއްޖެކޭ ނުބުނެވޭނެތަ؟.
ޗަރުކޭސް
08 August 2022
ބަރާބަރު ކޮމެންޓެއް. 23އަހަރުގެ ޒުވާން ސްކޭޓަރެއް 22އަހަރުގެ އަންހެނެއް. ޒުވާންސްކޭޓަރު ނުކިޔާ އޭނަގެ ނަން އެކަނި ލިޔަންވީނު؟
އީސަދަރި
08 August 2022
ރަގަޅުގޮތަކީ 22 އަހަރުގެ ޒުވާނެކޭ ލިޔުން، އެކަމަކު މިހާރު ބައެއް މީހުން ދިވެއްސަށް މޮޅުކަމުން 18 އަހަރު ފުރިއްޖެއްޔާ މީހެކޭ ކިޔައިގެން ލިޔަނީ. 18 އަހަރުވީމާ ގާނޫނީގޮތުން ބޮޑެތި ތަސައްރަފިފުދޭ މީހަކަށް ވިޔަސް، އެކި ފުރައިގެ މީހުނަށް ކިޔާނެގޮތް ދިވެހިބަހުގަ ހުރޭ. މިސާލަކަށް، ކުޑަކުއްޖެއް، ޒުވާނެއް، ދުވަސްވީ މީހެއް.
ާއަލިމޯޑު
07 August 2022
މީހަކު މެރިޔަސް އެބައެނގޭ ގިނަވެގެން 25 އަހަރު ކަން ޖަހާނީ.ޖަލުގަ އުޅެނީ މިނިވަން މީހަކަށް ވެސް ލިބޭނެ ފަސޭހަތައް ލިބިގެން.ގިނަ ދިވެހިންގެ އާއްމު ކޮއްތަށް ވުރެ ޖަލު ކޮއްތު ރަގަޅު.ވަގަށް ފޯނު ވައްދައިގެން ބޭނުން ބަޔަކަށް ގުޅާލާ ސޯޝަލްމީޑިއާ ބޭނުން ކޮށްލެވޭ.މަސްތުވާން ބޭނުން މީހަކަށް އެކަންވޭ.ބަލިވީމަ ބޭސް ލިބޭ.ސޯ ނޯ ވޮރީ.އެހެން ހުރެފަ ނިޒާމަށް އަންނަ ބަދަލަކުން ލުޔެއް ލިބޭނެކަން ވެސް އެމީހުން ދަނޭ
ޜަޒީ
07 August 2022
25 އަހަރު ވުމުގެ ކުރިން ދޫކޮއްލާނެ.ވޯޓްއަށް..
ދވހި
07 August 2022
ރާއްޖޭގައި މީހަކު މަރާލައިގެން ކުއްވެރިޔާއަށް ހައްގު އަދަބު ފަހުގެ ތާރީހެއްގައި ލިބިފައެއްނެތް. ކުށްތަށް ގިނަވަނީ އަދުލު އިންސާފުގެ ނިޒާމު ބަލިކަށި ވުމުން. ކޯޓްތަށް ވެފަ އޮންނަނީ ސިޔާސީ އައްޑާ ތަކަކަށް.
ވިކިލީކުސް
07 August 2022
ބޭރުގައުމެއްގަ ކުރިސްޓަލް މެތު ބޭނުންކޮށްގެން ކުކުޅެއް ކަމަށް ހީކޮށް ދަރިފުޅުވެސް ކަތިލައި އަވަނަކަށް ލާފައިވޭ. އަނެއްކާ މިވެސް އޭގެ ކަމެއްބާ؟ މަރަށް މަރުގެ އަދަބު ތަންފީޒުކުރޭ!
ކަކުނިބޯ
07 August 2022
ޢެއްޗެކޭނުބުނެ ވޭތޯ ވަރަށް ކެތް ކޮށްފިން. މިވެސް ހަބަރެކޯ.. އަޅެ ކިންމެސްމީހަކު ބުނެލަދީފާނަންތަ ޕޮލިހުންނަށް،އެގުނީ ކިހިނެއްތޯ؟ ޢެހައްޔަރުކުރި ސޮރަކީ ޕޮލިހަށް،ރިޕޯޓްކުރި ފަރާތްތޯ؟ އެފޮށިތަކަކީ ޕޮލިހުންގެ އެއްޗެހިތޯ ނޫނީ އެއަންހެންކުއްޖާ ޕެކްކޮށްލާން އެބަޔަކުގެނެއްސަހުރި އެއްޗެހިތޯ؟ މަރާލަން ބޭނުންކުރި ހަތިޔާރު ފެނިއްޖެތޯ؟
ވޯލް
07 August 2022
ކަލޯ ބޮޑީ ބޭގް ކިޔަނީ، ކައިމް ސީނުން ބޮޑީ ގެންދަން ލާ ކޮތަޅަށް.
އަލީހަމީދު
07 August 2022
ތިކަހަލަ ކޮސްގޮވަން އެއްޗެކޭ ނުބުނެ ހުރިނަމަ ރަގަޅުވީސް،
އިނސާރފް
07 August 2022
ބޮލެއްކަމަށް ކަކުނި ބޮލެއް ހުރީމަ ނުވިސްނޭނެ!!!
ާއަލިމޯޑު
07 August 2022
ރިޕޯޓް ކުރީ އެއިމާރާތުގަ ދިރިއުޅޭ މީހުން ކަމަށްވަނީ.ބޮޑީ ބޭގަކީ ފުލުހުން އެތަނަށް ދާއިރު ގެންދާ ބޭގެއް.އެއަށް ލާނީ ޑެޑް ބޮޑީ
މޮޔަވެއްޖެ
08 August 2022
ކަލޭގެހުރި މޮޔަކަމާއެވެ.
އ ހހހ
07 August 2022
ނޫސްތަކުގެ ކޮމެމެންޓު ކުރަން ތިބެނީ އެންމެ އިގޭ ބޭފުޅުން
ނާމްދި ކާނޫ
07 August 2022
ސުވާލަކީ މިހާ އަނިޔާވެރިކޮށް އެ އަންނެއްކުއްޖާ މަރާލި އިރު އެކަން ކުރިމީހާ ހުރި ހަމައިގަތޯ؟ ބަޔެއް ކަހަލަ މަސްތުވާތަކެތި މީހާގެ "އެގްރެޝަން" އާދަޔާ ހިލާފަށް މަތިކުރޭ
ޢަރުތަ
07 August 2022
ހުރީ ހަމައިގަތީ ނަހަމައިގަތޯ ބެލުން މުހިއްމެއްނޫން، ކުށްކުރިކަން ސާބިތުވާނަމަ މަރަށްމަރު ހިފަންވީ، މަސްތުފަހުރީމަ ނޭގުނިއްޔޭ ބުނެ ނުރެކެވޭނެ، އެ އެއްޗެއް ބުއި ބުއްދި ސަލާމަތުން ހުރެގެން ދެން އޭގެފަހުން އޭނާގެ ފުށުން ހިނގާހުރިހާ ކަމެއްގަވެސް އެމީހާ ޒިންމާވާން ޖެހޭނެ.
ާއަލިމޯޑު
07 August 2022
މީހާ ހުރީ މަސްތުގަތޯ ނޫނީ ހަމާގަތޯ ބަލާކަށް ނުޖެހޭ.މަސްތުވީމަ ހަމައިން ނައްޓާލާ މިކަހަލަ ފާފަތަކަށް އަރާގަނެވޭތީ މަސްތުވާ ތަކެތި ހަރާމް ކުރެއްވީ.
އަލީހަމީދު
08 August 2022
މަސތުވުމުގެ ކުރިން ހުންނާނީ ހަމައިގަ، މަސްތުވެގެން ކުރިޔަސް އޭނާ އެކަންކުރީ މަސްތުވާހާލުގަ ހުރެގެނޭބުނެ ދޫކޮށެއް ނުލެވޭނެ.
ދުމްމ
07 August 2022
އޭނާ މަރައިލެވުނީ ކޮން ކުށަކާއި ލައިގެން؟
ޢަރުތަ
07 August 2022
އަދި ތިކަންކަން އެނގި ހާމަވާން ތަންކޮޅެއް އަވަސް ތޯއްޗެ.