ޚަބަރު / ރޭޕް

ހުޅުމާލޭގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ބަލަނީ

ރޭޕާ ދެކޮޅަށް ބަޔަކު އަޑު އުފުލަނީ: ހުޅުމާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުން. -- ފޮޓޯ | ޕޮލިސް

ހުޅުމާލޭގެ ގެއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ޕޮލިހަށް މި މައްސަލަ ރިޕޯޓްކުރުމަށް ފަހު، ލިބުނު ޖަވާބާ މެދު ހިތްހަމަނުޖެހިގެން އަންހެންމީހާ ވަނީ ހާދިސާ ހިނގި ގޮތް ކަމަށް ގިނަ ވާހަކަތަކެއް ޓުވިޓާގައި ތަފްސީލްކޮށްދީފަ އެވެ.

އޭނާ ބުނާ ގޮތުގައި އެކަމެއް ހިނގީ މިދިޔަ ހުކުރުދުވަހު ރައްޓެހިންތަކަކާ އެކު ހުޅުމާލެއަށް ގޮސް އުޅެނިކޮށެވެ. ވަރަށް ގިނަ ބަޔަކު އެކުގައި ތިބުމަށް ފަހު އޭނާގެ ލޯބިވެރިޔާ ދިޔައީ އޭގެތެރެއިން އެކަކު ގެއަށް ލާން ކަމަށާއި އެ ވަގުތު އޭނާ ހުންނަން ޖެހުނީ ހަމަ އެ ބައްދަލުވުމުގައި އިން އެހެން ފިރިހެނަކާ އެކުގައި އެކަނި ކަމަށް ލިއެފައިވެ އެވެ.

"އޭނާ އަހަރެންގެ ފައިގައި ހިފީ. ދެން ގަދަކަމުން އުފުއްލާފައި ސޯފާ މައްޗަށް އެއްލައިލި. އަހަރެން ހަޅޭއްލަވާފައި އޭނާ ދުރު ކުރަން މަސައްކަތް ކުރިން. އެކަމަކު އޭނާ އަހަރެން ރޭޕް ކުރީ،" ފިރިހެން މީހާގެ ނަމާއި ފޮޓޯއާ އެކު ކުރި ޓުވީޓުގައި ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރައްޓެހިވެގެން އުޅޭ މީހާ އެނބުރި އައިއިރު އޭނާ ހުރީ ޝޮކެއްގައި ވާހަކަ ނުދެއްކިފަ އެވެ.

"އަހަންހަނަށް ކުރެވުނު ހާ ކަމަކީ ރުއިން. ގެއަށް ގޮސް ކިހިނެތްވޯތީ އެހީމަ ވީ ގޮތް ކިޔައިދިނިން. އެއަށް ފަހު އެ މައްސަލަ ފުލުހަށް ހުށަހެޅިން،" އޭނާ ބުންޏެވެ.

މައްސަލަ ފުލުހަށް ހުށަހަޅާ ބަޔާން ދިނުމުން "ލައިގެން ހުރީ ކިހާ ކުރު ހެދުމެއްތޯ" ފުލުހުން ސުވާލު ކުރި ކަމަށް އޭނާ ބުންޏެވެ. ރައްކާތެރިކަމާއި އިންސާފަށް އެދި ދިޔަ މުއައްސަސާގެ ތެރެއިން އެފަދަ ގޮތަށް ސުވާލުކުރި ކަމަށް ބުނެ ހިތްހަމަނުޖެހުންފާޅުކުރި އެވެ.

މުއައްސަސާ އިން އަމަލުކުރި ގޮތަކީ އެ މައްސަލައިގައި އިންސާފު ނުލިބި ރޭޕިސްޓަކު މުޖުތަމައު ތެރެއަށް ދޫވެފައި ހުރެދާނެ ގޮތެއް ކަަމަަށް ބުނެ އޭނާ ކަންބޮޑުވުންފާޅުކުރި އެވެ.

ފުލުހުން މިހާތަނަށް ބުނީ މައްސަލަ ރިޕޯޓްކުރުމާ އެކު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެ އަންހެން މީހާ އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލަމުންނެވެ.

ސޯޝަލް މީޑިއާގައި މީގެ ކުރިން ހިންގި "މީ ޓޫ" މޫވްމަންޓެއްގެ ތެރެއިން ވެސް ގިނަ އަންހެނުންތަކެއް ވަނީ އެ މީހުންނަށް ދިމާވެފައިވާ ރޭޕާއި ޖިންސީ ގޯނާގެ ހާދިސާތައް ހިއްސާ ކޮށްފަ އެވެ. އަދި ބައެއް މައްސަލަތައް ފުލުހުން ބަލައި ފިޔަވަޅު ވެސް އެޅި އެވެ.

73 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 43%
icon angry icon angry 43%
icon wow icon wow 3%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަންހެނެއްމީ

11 August 2022

ރޭޕް މައްސަލަވެސް ކުރު ހެދުން ލައިގެން އަންހެންވެރިން އުޅޭ މައްސަލަވެސް ބަލަން ޖެހޭ

The name is already taken The name is available. Register?

އެފް

10 August 2022

ބިޓު ރުއްސަން ނިވާނުވާ ކަހަލަ ހެދުން އަޅައިގެން ގެއިން ބޭރަށް ދިއައިމަ އެ ނިވާނުވެ ހުންނަ ތަންތަން ފެންނާނީ ހަމައެކަނި ބިޓަށް އެކަންޏެއްނޫންކަން ހަނދާން ބަހައްޓާނަމަ. އެންމެންނަކީ ހަމައިގަ ތިބޭނެ ބައެއް ނޫން ހާއްސަކޮށް މިހާރު އެއްޗެހި ބޯ މީހުން އެހާ ގިނަކަމަށްވާއިރު. އެންމެން އެކުވެލަން ދިއައީ ކޮން ކަހަލަ ގެއަކަށްބާ އަދި އެގޮތަށް ހެދުން އަޅައިގެން ގެއިން ނިކުތްއިރު ބެލެނިވެރިއަކަށްވެސް ސްކާޓްގެ ކުރުމިނާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ނުފެނުނީބާ.

The name is already taken The name is available. Register?

އެމްސް

10 August 2022

ބެލެނިވެރިން ތިބި/ނެތް ކާކަށްތޯ އެނގުނީ؟

The name is already taken The name is available. Register?

ބެޓޤ

10 August 2022

އެއްޗެއް ނުލައި ހުއްޓަސް ނުޖެހޭ ރޭޕް ކުރާކަށް. ކިހާ ބޮޑު ކަމެއްތަ މީ ދެން.

The name is already taken The name is available. Register?

ވަހީދު

10 August 2022

ކަރުބުޑަށް އަޅާލިޔަސް ދިރުވާލައިގެން ނުވޭ. މޫދަށް ވެއްޓުނަސް ތެމިގެން ނުވޭ. އަޖައިބެއްނު.

The name is already taken The name is available. Register?

އިބުރާ

10 August 2022

ޓްވިޓަރގައި ލިޔެފައި ހުރި މައުލޫމާތުން އެނގޭ ގޮތުގައި ލައިގެން ހުރި ސްކާޓްގެ ވާހަކަ ކޮންމެހެންވެސް އަހަންޖެހޭ. މައްސަލައާއި ގުޅުންހުރި ހުރިހާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އަދި މާހައުލުން ފެންނަ ހެކިތަކެއްގެ މައްޗަށް ބިނާކޮށް. ކުރަންޖެހޭ ސުވާލެއް ކުރާނެ، އަހަންޖެހޭ ވާހަކައެއް އަހާނެ.

The name is already taken The name is available. Register?

ކުޗީ

10 August 2022

ބޯއީ ފްރެންޑާއި އެކު ޑޭޓަށް ދާއިރު ޗެސްޓިޓީ ބެލްޓް އަޅައިގެން ނުދިޔައީ ކީއްވެތޯ ދުވާލު ކުރާ ހިސާބަށް އެބަދޭ ... ކުރި ސްކާރޓެއް ލައިގެން ހުރުމަކީ ރޭޕް ކުރަން ޖެހޭ ސަބަބެއް ނޫން.

The name is already taken The name is available. Register?

ސަންޕަ

10 August 2022

ނުދަންނަ މީހުންނާއެއްކޮށް ޕާޓީ ނުކުރާށޭ ބުނަނީ އެހެންވެ

The name is already taken The name is available. Register?

އެމްސް

10 August 2022

ދުނިޔެއަަށް އޭނަ އުފަންވުން ގޯހެއް ނޫން؟

The name is already taken The name is available. Register?

ސދފސ

10 August 2022

އެކުއްޖާ އެއްނު މިގޯސްވީ. ބަލަ ގޭގައި އޮންނަ ކުޑަ ކުއްޖާ ރޭޕް ކުރަނީ ނުދަންނަ މީހުންނާ އެކީ ޕާޓީ ކުރީމަތަ. ރޭޕިސްޓުން ރޭޕް ކުރަނީ އެމީހުންގެ އަމިއްލަ ނުލަފާ ކަމުން. އެހެން އެއްވެސް ކަމެއް ވެގެންނެއް ނޫން

The name is already taken The name is available. Register?

ވިންސްމޯކް ސާންޖީ

10 August 2022

ސޯޝަލް މީޑިއާގަ 'always believe the victim' އޭ ބުނީމަ ގިނަ މީހުންނަށް ހީވޭ ފުލުހުންވެސް ސުވާލެއް ނުކޮށް ގޮސް އެމީހާ ހައްޔަރު ކުރަންވީއޭ. އެކަން އެހެނެއް ނުވާނެ. އެކަމު އަންހެން ކުއްޖާއަށް އަނިޔާ އެއް ލިިބިފައިވާނަމަ އިންސާފު ލިބޭނެކަމަށް އުއްމީދުކުރަން

The name is already taken The name is available. Register?

ރެޑްް

10 August 2022

ހުސް ޕޮލިސް މި ސުވާލު ކޮށް ވިކްޓިމް ބްލޭމް މިކުރަނީ މައްސަލަ ބަލަން ވެގެން.

The name is already taken The name is available. Register?

އަހުމަދު55

10 August 2022

ފުލުހުން ހުރިހާ ސުވާލެއްވެސް ކުރަންޖެހޭނެ. އެއީ ކްރައިމް ސީން ރަނގަޅަށް އެނަލައިޒް ކުރަން. އޭގެމާނައެއްނޫން ވަކިކަހަލަ ޖަޖްމަންޓެއް ނިންމީކަމެއް. ޖަޖްކުރާނީ ކޯޓުން. ފުލުހުން ކުރި ސުވާލަކީ ކުރަންޖެހޭ ސުވާލެއް. ކިތަންމެ ސްޓުޕިޑޭ ގޮވިޔަސް.

The name is already taken The name is available. Register?

އެމްސް

10 August 2022

ފުލުހުން ގޯހެއް ނުވާނެ، އެކަމަކު %1 ފުލުހުންނީވެސް މަގުމަތީގެ ޤަވާޢިދާއި އެއްގޮތަށް އިންޖީނުލީ އުޅަނދުވެސް ދުއްވާ ބަޔެއް ނޫން!

The name is already taken The name is available. Register?

ގެޚްގް

10 August 2022

ސިކް މީހުން ކުރާކަމެއްތީ ރޭޕް. ސަޅި ކަމެއް ނޫން. ދޭ އާރ ލައިކް އެނިމަލްސް.

The name is already taken The name is available. Register?

ވަހީދު

10 August 2022

ފުލުހަށް ދިޔައީ ވަރަށް ކުރު ސްކާޓެއް ލައިގެން. އެހެންވެ ފުލުހުން ބުނީ މިތަނަށް އަންނަ އިރު ތިހާ ކުރު އެއްޗެހި ލައިގެން ނާންނާށޭ. ގަބޫލު ކުރިއަސް ނުކުރިޔަސް ކޮންމެ ވެސް ވަރެއްގެ މިންގަނޑެއް އޮންނަން ވާނެ ހެދުން އެޅުމުގައި ވެސް.

The name is already taken The name is available. Register?

އެމްސް

10 August 2022

އެހެންވީމަ ކުށްވެރީ ތި ސްކާރޓް ވިއްކި ފިހާރަ ނުވަތަ ފެހި މީހާ! މައްސަލަ ނިމުނީ!

The name is already taken The name is available. Register?

މުހަންމާކަލޯ

10 August 2022

ވަރަށް ވާނުވާ ނޭގޭ ކަހަލަ ކަމެއް. އެންމެން އެކުގައި ތިބިތަނަކުން ކުއްލިއަކަށް އޭނާ އެކަނި ފިރިހެނަކާ އެކީ އިންނަންޖެހުނީ ކީތްވެ؟ ދެވަނަ ކަމަކީ އެހާ ގިނަބަޔަކު އެއްވި ތަނެއްގަ ހުރި ސޯފާ އަކަށް ދެވުނީ ކުއްލިއަކަށްވީކަމެއްބާ. ހީއެއްނުވޭ އާއްމުތަނެއްގަ ނޫނީ ރެސްޓޯރެންޓެއްގައި ހިގި ހާދިސާއެއްހެން.

The name is already taken The name is available. Register?

ސަމްސިއްޔާ

10 August 2022

ކަލޯ ރަނގަޅަށް ކިޔާބަލަ އެންމެ ފުރަތަމަވެސް އެއޮތީ "ހުޅުމާލޭގެ ގެއެއްގައި" މިހަކަލަ ގަމާރު ދިވެހިން ގިނަވީމައޭ މައްސަލައަކީ. އެނދެއް ހުއްޓަސް ކީއް؟ ކަލޭ މަންމަ، ދައްތަ، ކޮއްކޮ، ދަރިއަކަށް އެހެންވީމަވެސް ބުނާނީ ހަމަ ތިހެންތަ؟

The name is already taken The name is available. Register?

ކިރު ސައި

10 August 2022

މުހަންމާކަލޯ، ތިގޮތަށް ވިސްނާމީހުނާ ހެދި މިގައުމު ހަލާކުވެމިދަނީ. ސޯފާއޭ ގޮދަޑިއޭ ނުކިޔާ އެ ނުބައި އަމަލު ކުއްވެރިކޮށްބަލަ ކެރިގެން. ކޮންމެ މީހަކުވެސް ހޭވެރިކަންވަނީ އަދި އިންސާފުގެ ބޭނުންވަނީވެސް އަމިއްލަ މީހާއަށް ނުވަތަ ގާތް މީހަކަށް ކަމެއް ދިމާވީމަ،

The name is already taken The name is available. Register?

ވަހީދު

10 August 2022

ސަމްސިއްޔާ. ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން އެކަހެރިވެ ނޫޅުމަށް މި ޖިސްމާއި ނަފްސާއި ރޫޙު ހެއްދެވި ފަރާތުން އަންގަވާފައި އޮތީ ކަމެއް ވެގެން. އިންސާނުންގެ ތެރޭގައި ޝައިތާނުންވާކަން އަންގަވާފައި އޮތީ ކަމެއް ވެގެން. އެނދެއް ހުރެފައި، އައުރަ ފެންނަ ގޮތަށް އަންހެނެއް ހުރެފައި، އެކަހެރި ކޮށްތިބިއްޔާ ނުބައެއް ނުހިނގާ ނުދާނެ.

The name is already taken The name is available. Register?

ތޫނީ

10 August 2022

ބަލަ ވަހީދު އަންހެނަކާ ދިމާލަށް މީހަކު ބެލީމަ އޭނަގެ ހެދުން ބަދަލު ކުރާކަށް ނޫން ރަސޫލާ އެންގެވީ. ތިމާގެ ބެލުން ތިރިކުރުމަށް އެންގީ. އެވަރު ނުވަންނާ ރީއިވެލުއޭޓް ޔުއަރ ފެއިތް އެންޑް ސްޓޮޕް ވިކްޓިމްް ބްލޭމިންގ

The name is already taken The name is available. Register?

ވަހީދު

10 August 2022

ތޫނީ... ޤުރުއާނުގައި ﷲ އަންގަވާފައި އެއޮތީ އައުރަ ނިވާކުރަން. ހަމަ އެއާއި އެކު އައުރަ ނުބަލަން. ދެބައި ހަމަޔަށް ކިޔާދީ. ހާފް މުސްލިމް އިޒް ނޮޓް އިސްލާމް.

The name is already taken The name is available. Register?

މޫނީ

11 August 2022

ބަލަ ތޫނީ ދޫނި. ބެލުން ތިރިކުަން އެންގެވުމުގެ ކުރިން އަނގަވައިފިއޭ ހެދުން ހުންނަންޖެހޭ ގޮތާ، ޢައުރަ ނިވާކޮށްގެން މީހުންގެ ކުރިމައްޗަށްދާން. އެކަން ނުކޮށް ހުރެއްޖރ ނަމަ ނަތީޖާވެސް އެންގެވި. ޒިނޭ ނުކުރަން އެންގެވުމުގެ ކުރިން އެންގެވީ ޒިނޭއާ ކައިރިވެސް ނުވާށޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454