ޚަބަރު / ހޮރައިޒަން ފިޝަރީޒް

މާންދޫގައި މަސްވެރިންނާއި ފުލުހުން ކުރިމަތިލުމަކަށް: ފުލުހެއްގެ ބޯ ފަޅައިގެން ހިނގައްޖެ

މާންދޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން: މިއަދު މުޒާހަރާގައި ހިނގި ހަމަނުޖެހުމެއްގައި ފުލުހެއްގެ ބޯ ފަޅައިގެންގޮސްފައިވޭ

ހޮރައިޒަން ފިޝަރީޒްއިން ލ. މާންދޫގައި ހިންގާ މަސް ފެކްޓަރީން ފައިސާ ނުދީގެން މަސްވެރިން ކުރާ އިހުތިޖާޖުގެ ތެރެއިން ހަމަނުޖެހުމެއް ހިނގައި ފުލުހަކަށާއި ތިން މަސްވެރިއަކަށް އަނިޔާވެއްޖެ އެވެ.

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާ ކަމަށް ބުނެ، ނުރުހުން ފާޅުކޮށް، މާންދޫގައި ހިންގާ މަސް ފެކްޓަރީގެ ބޭރުގައި ގިނަ އަދަދެއްގެ މަސްވެރިން މުޒާހަރާ ކުރަން ފެށީ އިއްޔެ އެވެ. އެ މީހުން ބުނާ ގޮތުގައި ކިރާ މަހަށް ފައިސާ ލިބެނީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ. އަދި މިހާތަނަށް މަސްވެރިންނަށް ދޭންޖެހޭ 21 މިލިއަން ރުފިޔާ އޮތް ކަމަށް ވެސް އެ މީހުން ބުނެ އެވެ.

މިއަދު އެ މުޒާހަރާގައި ބައިވެރިވާން އިތުރު މަސްވެރިން ވެސް މިއަދު މާންދު އަށް ގޮސްފައިވާއިރު، މިއަދު މުޒާހަރާ ހޫނުވެ މަސްވެރިންނާއި ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުމެއް ހިނގައިފަ އެވެ.

މާންދޫގައި މުޒާހަރާ ކުރަމުންދާ މަސްވެރިންގެ ޖަމިއްޔާގެ އޮފިޝަލެއް ކަމަށްވާ އާދަމް ފާރިޝް "މިހާރު" އަށް ކިޔައިދިން ގޮތުގައި މިއަދު ހަވީރު އެ ހަމަނުޖެހުން ހިންގީ މާންދޫ މަސް ފެކްޓަރީގެ އިސް މީހަކާ ބައްދަލު ކުރަން، ފުލުހުން ދަމާފައި ހުރި ޓޭޕަށް ވުރެ ދުރަށް މުޒާހަރާގެ ބައިވެރިން ދިޔުމުން ފުލުހުން ބާރުގެ ބޭނުން ކުރަން ފެށި ހިސާބުންނެވެ.

މަޝްހޫރު 'ދިވެހި މަސްވެރިން' ޕޭޖު ވެސް ހިންގާ ފާރިޝް ބުނި ގޮތުގައި ފުލުހުން ޕެޕާސްޕްރޭ ޖެހުމުން މަސްވެރިންގެ ތެރެއިން ތިން މީހަކަށް ފަރުވާދޭން ޖެހުނު ކަމަށެވެ.

"އެއީ އަސްލު ބާރުގެ ބޭނުން ކުރަން ޖެހޭ ވަރުގެ ދަނޑިވަޅެއް ވެސް ނޫން. ވަރަށް ރީއްޗަށް އެތާ ތިއްބައި ބާރުގެ ބޭނުން ކުރީ." ފާރިޝް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދަމާފައި ހުރި ޓޭޕަށް ވުރެ ދުރަށް މަސްވެރިން ދިޔައީ ފުލުހުން މަސް ފެކްޓަރީގެ އިސް މީހާ 30 މިނެޓު ތެރޭގައި މަސްވެރިން ދައްކާ ވާހަކަ އަޑުއަހަން ގެންނާނެ ކަމަށް ބުނުމަށްފަހު އެ މީހާ އެތަނަށް ނުގެނެވުމުންނެވެ.

ފާރިޝް ކިޔައިދިން ގޮތުގައި މުޒާހަރާ ހޫނުވެ ބައެއް ބައިވެރިން ވަނީ ފުލުހުންނާ ދިމާލަށް ގާ ވެސް އުކައިފަ އެވެ. އެތަނުން ގަލަކުން ޖެހި ފުލުހެއްގެ ބޯ ވެސް ފަޅައިގެން ދިޔަ އެވެ.

އެ މުޒާހަރާގައި އިތުރު މަސްވެރިން ބައިވެރިވަމުން ދާއިރު، މިހާރު 28 ދޯންޏަކުން 300 އަށް ވުރެ ގިނަ މަސްވެރިން ބައިވެރިވަމުންދާ ކަމަށް ވެސް ފާރިޝް ބުންޏެވެ. އަދި ލ. އަތޮޅުން މަސްވެރިންގެ އަނބިދަރިން ވެސް މާންދު އަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ ކުންފުނިން ބުނީ މަސް ގަންނަ އަގާއި މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ސަރުކާރުން ސަބްސިޑީ ލިބިގެން ހިންގާ ކުންފުނިތަކުން މަސް ގަނެ، އަދި ތެޔޮ ވިއްކާ އަގަށް އެ ކުންފުނި ކަހަލަ ޕްރައިވެޓް ކުންފުނިތަކުން މަސް ގަތުމާއި ތެޔޮ ވިއްކުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެއްބަސްވެވޭ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެނީ ދަރަންޏަށް ފައިސާ ހޯދައިގެންނާއި އެ ކުންފުނި ހިމެނޭ ގްރޫޕްގެ އެހެން ކުންފުނިތަކުގެ އެހީގައި ކަމަށް ވެސް ހޮރައިޒަން އިން ބުންޏެވެ. އެހެންނަމަވެސް، މައްސަލަ ހައްލު ކުރަން މަސްވެރިންނާއި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

9 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 25%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަހުތާން

14 November 2022

ތި ފުލުހުންނާއި ސަރުކާރުގައި ވަޒީފާ އަދާކުރާ ގާސިމުގެ އައުވާނުންގެ މުސާރަ އެންމެ މަހަކުވެސް ނުދީ ހިފަހައްޓާލަބަލަ! ހައްޕު ކިޔައިގެން ވަޒީފާއަށް ނިކުމޭތޯބަލާލަން. ބަލަ މަސްވެރިން ހައުދަ ބުރައެއް އުފުލައިގެންނޭ އެމަސްކޮޅު ބާނައިގެން ކިރަނީ! ދެން އޭގެ އަގު ނުދިނީމާ އެމީހުންނާއި އެމީހުންގެ ޢާއިލާއާއި އެ އޮޑިފަހަރުގެ ލޯނާއި ތެއު އަޅައިގެން ދުއްވަނީ ކިހިނެއް؟

The name is already taken The name is available. Register?

ބޮޑުރިޔާ

14 November 2022

ލައިން ހުރަސްކުރީމާ ވާގޮތްތިޔައީ ފުލުހުންމަސައްކަތްކުރާނީ ދެފަރާތުގެ މަސްލަހަތަށް މަސްމެރިންގޮސް ބައެއްގެ ބޮޑު އިންވެސްޓަމަންޓެއްފުނޑާލާކަށް ދުލެއްނުކުރާނެ ދެންއަހަރެން އަޖައިބުވަނީ ލާރި ނުދޭއިރު ދެން އެތަނަށް މަސްކަިރަންދާތީ ކޮންމެސް އުސޫލަކުން ލާރި ނުދޭނަމަ މަސްކިރަންދާނެބާ ކުންފުނިންވެސް އެންމެރަނގަޅުގޮތަކީ މަސްކިރުމުން ވަގުތުން ފައިސާދިނުން ފައިސާނެތިއްޔާ މަސްނުގަތުން ދެއްތޯ

The name is already taken The name is available. Register?

LaamuonlineDOTcom

13 November 2022

ފުލުހުންގެ ފުރޮފެޝަނަލްކަމެއްނެތްކަން މިފެންނަނީ، މަސްވެރިން މިއުޅެނީކީ ބާނާހާ މަހެއްނުގަނެގެނެއްނޫން ނުވަތަ ބޮޑު އަގުގައި މަސްނުގަނެގެނެއްވެސްނޫން، ނަމަވެސް ފަހުން ފައިސާދޭގޮތައް އެމީހުން ބޭނިމަސް ނަގާފަ ފައިސާދޭން އެއްބަސްވި މުއްދަތުގައި ހޮރައިޒަން ފިޝަރީޒްއިން ފައިސާނުދީގެން ކުރާ މުޒާހަރާއެއް، މިފަދަ ކަންކަމުގައި މީހުންގެ ލޭކެކޭނެވަރު ނުދަނެ ފުލުހުންގޮސް ރޯނުއެދުރު ހެދި މީހުނަށް އިތުރު އަނިޔާވާގޮތައް އަމަލުކުރުމަކީ ބަލައިގަނެވޭނެކަމެއްނޫން

The name is already taken The name is available. Register?

ހައްދުންމަތި

13 November 2022

ހައްދުންމަތީ މީހުން ތިއޮތީ ހައްދުން ނެއްޓިފައެވެ. ފުލުހުންނަށް ހަމަލާދިން މީހުންގެ މައްޗަށް ދަޢުވާ ކުރަން ޖެހޭނެ އެވެ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

13 November 2022

މަސްވެރިން ވެސް ވިސްނަންޖެހޭނެ ބާނާހާ މަހެއް ނުކިރޭނެކަން، އަދި ބުނާހާ އަގެއްގަ މަސް ނުކިރޭނެކަންވެސް. އަދި ގަންނަމަހަށް ފައިސާ ދިނުމުގަވެސް ދަތިތަކެއް ހުރެދާނެކަން. ޖަމިއްޔާ ހަދައިގެން މަސްވެރިންލައްވާ ހަމަނުޖެހުން ހިންގުމަކީ އާއްމުކަމަކަށް ވެއްޖެ. ތި ކުންފުނިން މަސްގަތުން ހުއްޓާލީމަވެސް ދަތިވާނީ ހަމަ މަސްވެރިންނަށް.

The name is already taken The name is available. Register?

ކައުންސެލަރު

13 November 2022

ބޭނިމަސްމޮޅު ދޭކިރާލަން.. ވަގުތުން ފަސާދޭ..... ތިޔަހަރީ ފައިސާ ދެވިފަ. އެކަހަލަ ހަރާންކޯރު ގުންޑާތަކެއް މިއަދު މަތިފަޑީގަ ތިބީ.. އެކަމަކު މަސްވެރިންނާ ކުޅެގެން ރީތި ލަގާއެއްނޫނީ ނުލިބޭނެ

The name is already taken The name is available. Register?

މަޑު

13 November 2022

ގާސިމު ކީއްކުރަންތޯ ނުވާވަރުގު ވައަދުވެ މަސްވެރިންއަތުން ދަރަންޏަށް ނަގައިގެން ތިކަންކުރަނީ؟

The name is already taken The name is available. Register?

ގުދުގުދުލީބެއްޔާގެ ތެދުބަސް

13 November 2022

މާ ރީންދޫވެގަނެގެން އުޅެނިކޮށް ދިން ލަނޑުބަލާބަލަ. އެވަރަށް ލަނޑުދޭއިރުވެސް މިމީހުން ހެއެއްނާރާނެ.

The name is already taken The name is available. Register?

ތެދުބެއްޔާގެ ގުދުބަސް

14 November 2022

އާނ ރަނގަޅު ވާހަކައެއް. ބެޔަސް ނުބެޔަސް 10000ރ ދޭން ބުނެގެން ޕިންކް ވެގެން އުޅެނިކޮށް ދިން ލަނޑު ހަނދާންނެތުނީތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454