ނުވަ ބުރިއަށް އިމާރާތްކޮށްފައިވާ ވަގުފް ބިލްޑިންގް: މި އިމާރާތުން ލިބޭ ފައިސާ ހޭދަކުރަން ހަމަޖައްސާފައި ވަނީ މިސްކިތްތައް އިމާރާތް ކުރުމަށާއި މަރާމާތުކުރުމަށް.---ފޮޓޯ: ނިޝާން އަލީ/ މިހާރު
12 ޖެނުއަރީ 2017 - 23:35
ވަގުފު ފަންޑަށް ފައިސާ ހޯދުމަށް އިމާރާތްކުރި ނުވަ ބުރީގެ އިމާރާތް މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
މާފަންނު މަދަރުސާ ޖެހިގެން އޮންނަ ހުސް ބިމުގައި އިމާރާތް ކޮށްފައިވާ މި އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.
ދާރުލް އީމާންގެ ނަމުން ނަން ދީފައިވާ އިމާރާތުން ލިބޭ ފައިސާ ހަރަދުކުރަން ހަމަޖައްސާފައި ވަނީ މާލެ އާއި ރަށްރަށުގައި މިސްކިތް އިމާރާތްކޮށް، އެ ތަންތަން މަރާމާތުކުރުމަށެވެ. ވަގުފު ބިލްޑިންގްގެ ތިން ބުރި ފިނޭންސް މިނިސްޓްރީ އަށް ދޫކޮށްފައިވާއިރު ފަސް ބުރި ވަނީ މޯލްޑިވިއަން އަށް ދޫކޮށްފަ އެވެ.
މި އިމާރާތް ކުއްޔަށް ދީގެން އަހަރެއްގެ މައްޗަށް ވަގުފު ފަންޑަށް 5.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހޯމް މިނިސްޓަރު އަޒްލީން ވަގުފް ބިލްޑިންގް މިރޭ ހުޅުވައިދެއްވާއިރު އިސްލާމިކް މިނިސްޓަރު ޒިޔާދު (ކ) އަރިހުގައި.---ފޮޓޯ: ނިޝާން އަލީ/ މިހާރު
މިރޭގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން، އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ދެއްވި ލަފާފުޅުގެ މަތިން އިމާރާތްކުރި ވަގުފް ބިލްޑިންގުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެއީ އިސްލާމީ އިގްތިސާދަށް އެޅޭ ވަރަށް މުހިއްމު ބިންގަލެއް ކަން ފާހަގަކުރައްވައި، ދުނިޔޭގެ އިސްލާމީ ބައެއް ގައުމުތަކުގައި ވެސް އެފަދަ އިމާރާތްތަކުން ލިބޭ އާމްދަނީ ބިލިއަން ޑޮލަަރަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުލަތުގެ އިގްތިސާދުގެ މުހިއްމު އެއް ބައި އަދާކުރާ ކަމެއްގެ ގޮތުގައި ހިމެނިގެން މިދަނީ ވަގުފްގެ މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ.
ވަގުފް އިމާރާތް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އެކި އިދާރާތަކުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު
މިފަދަ އިތުރު އިމާރާތްތަކެއް ކުރިއަށް އޮތް ތަނުގައި ވެސް ގާއިމްކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ވަގުފް ބިލްޑިންގް ރަސްމީކޮށް ހުޅުވުމުގެ އިތުރުން މިރޭ ވަނީ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަންގެ އިތުރުން ހައްޖު ޕޯޓަލް ވެސް އިފްތިތާހުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާދާ
02 April 2018
ޝަހީމްގެ މިނިސްޓަރ ކަމުގަ ކުރެއްވި ކަމެއް މިސްކިތްތައް މަރާމާތުކުރެވޭނެ ގޮތެއް ނެތިގެން ޓެލެތޯނެއް ބާއްވައިގެން އެފަހަރު ފައިސާ ހޯއްދެވި ވަރަށް ސަލާމް
ވަގުފުފު
14 January 2017
އެއީ ކޮންމެ ބުރިއަކުން މަހެއްގެ މައްޗަށް 48200ރ އެވެ. ބިޑަށް ހުށަހެޅިނަމަ އެއަށްވުރެ ގިނައިން ލިބޭނެކަން ޔަގީން.
ސްމޭޝް/ ފުވައްމުލައް
13 January 2017
ވގުފު އިމާރާތުން ނަމަވެސް ނުވަފަ ވަގުފު ފަންޑުްނ ނަމަވެސް ނިކަމެތި މުވައްޒަފުގެ މުސާރަ ލިބޭނެ ގޮތް ހަމަޖައްސަވައިދުނުން އެދެން. މުދިމުން ނާއި އެމީހުްނެގ އާއިލާ އަދި މިސްކިތްތަކުގެ މަސައްކަތު މިހުންގެ އާއިޅާއި އިތިބީ ރޮއިރޮއި އަދި ވެސް ޑިސެމްބަރު މަހުގެ މުސާރަ ނުލިބޭ! ފުވައްމުލަކު މާދަޑު ކައުނސިލްގެ ދަށުގައިވާ އިސްލާމިކް މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށ ްމުސާރަ ނުލިބޭ އަދިވެސް.... ދެން ބޮޑުވަރު. މުވައްޒަފުްނގެ އެންމެ އަސާސީ ބޭނުންތައް ވެސް ނުފުދިފައި އެތިބެނީ ރޮއިރޮއި މިހެން ބުނެލަން ވެސ ްނުކެރި ބުނާއިރަށް ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރުވެރި ކަމުގައި...
އަހުމަދު ބާޤިރު
13 January 2017
ތިޔަ ރުފިޔާއިން މުދިމުންގެ މުސާރަ ހަމަޖައްސަވަން ވަރަށްފެނޭ!
ލޮލްލޮލް
13 January 2017
ފަންޑަށް ފައިސާ ހޯދަން ނުވަބުރީގެ އިމާރާތެއް. ނަސީބެއްނު ފަންޑަށް ފައިސާ ދޭން އަންނަމީހުންނަށް ފަސޭހަކުރަން އާ އެއާޕޯޓެއްއަޅާ 10 ވަރަކަށް ބޯއިންގ އޭ380ގެ މަތިންްދާބޯޓުގަނެ އެއާލައިނެއް ނުހެދިކަން. (އަދި އެވެސް ފަންޑަށް މިހާތަނަށް ލިބުނުލާރިޔާ ލިބެންހުރިލާރި ބޭނުން ކޮށްގެން)
ބަލާތި
13 January 2017
ވަގުފު ފަންޑަށް ފައިސާ ހޯދުމަށް އިމާރާތްކުރި ނުވަ ބުރީގެ އިމާރާތް ރަސްމީކޮށް ހުޅުވުނީ އެވެ. އަދި ވެސް މިސަރުކާރުގެ ޓައިމްޓޭބަލް ގައި އެބަހުރި މިގޮތަށް ވަގުފު ފަންޑް ބޭނުން ކޮށްގެން މާލޭގައި އާއި އަދި ހުޅުމާލޭގައި ހުރި މިސްކިތް ތަކުގައި ބުރި ބުރި އަށް އިމާރާތް ކޮށް އެ އިމާރާތުން ބަޔެއް ފްލޯރ ތައް ކުއްޔަށް ދީގެން ދައުލަތަށް އާމްދަނީ ހޯދާނެ ގޮތުގެ ތިއަރީ ތައް. އެކަން ކަން ހިނގާނެ މިއަހަރު ތެރޭގައި. އެއީ ޔަގީން ކަމެކެވެ.
އިހްސާންތެރިޔާ
13 January 2017
މަހީކުރީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުކަމަށްތީ. ކުރިން އެހެން އަޑު އިވިފައޮތީ.
އިސްމާޢީލް
13 January 2017
މިއީ ވަރަށް ބޮޑު ކުރިއެރުމެއް. މިފަދަ އެހެން ޢިމާރާތްތަކަށް އިންވެސްޓްކުރާނެ ފަރާތްތައް އިތުރުވާނެކަމަށް އުއްމީދުކުރަން.
ހަސީނު
13 January 2017
މި އިމާރާތް ކުއްޔަށް ދީގެން އަހަރެއްގެ މައްޗަށް ވަގުފު ފަންޑަށް 5.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ފައިސާ ވަންނަނީ ކޮންތާކަށް ތޯ ބެލުން މުހިންމު.....
ވައިބޯޅަ
13 January 2017
ޒިޔާދޫ! ޔާމީން ކުރިކަމެއްނޫން ތިޔައީ! 2013ގެ ކުރިންވެސް ވަގުފު އިމާރާތް އެޅުމަށް ނިންމައި ތައްޔާރީތައްވަމުން ޑރ. ސަހީމު އާއި ޑރ. ބާރީ އާއި 2ބޭފުޅުން ވަޑައިގަތީ. ދެންޖަލްސާގައި މަނިކުފާނުގެ ސްޕީޗް ވ ހަބޭސް
ހަހަ
15 January 2017
އަޅުންގެ މައްޗަށް އޮތީ ވެރި ރަސްކަލާނގެއަށް ހަމްދުކުރުން.