ރައީސް ޔާމީނަށް 2018ގެ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ހިންގަވާ ކެމްޕޭން ފެށުމުގެ ހަފުލާގައި ނިހާން މިރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
13 ޖެނުއަރީ 2017 - 23:45
ކުރިއަށް އޮތް ރިއާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށާއި އެކަން ކުރާނީ އިދިކޮޅު ހުރިހާ އެންމެން ކިހިލި ޖަހާލައިގެން ފަސޭހަ ކަމާ އެކުގައި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މި ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނަށް 2018ގެ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ހިންގަވާ ކެމްޕޭން ފެށުމަށް، ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް އިންތިހާބުގައި ރައީސް ޔާމީންނަށް ވޯޓު ދެއްވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އެހެންވެ، އެ ވޯޓާއި، ޕީޕީއެމްގެ ވޯޓާއެކު ފަސޭހަކަމާ އެކު އެ މަނިކުފާނު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ނިހާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން، އެ މީހުން ތާރީހުގެ ތެރެއިން ޖެހި އެއްވެސް ހިސާބަކުން ރައީސް ޔާމީން ފަދަ ބޭފުޅަކު ފެނިވަޑައިގެންފައި ނުވާ ކަމަށް ގަބޫލު ކުރާ ކަމަށެވެ. ވަޅު ޖެހިފައިވާ އިގްތިސާދު ކޮޅަށް ޖެހުމުގައި ރައީސް ޔާމީން ގެންގުޅުއްވި ހަރުދަނާ އުސޫލުތައް، ސީރިއަސްކޮށް އެ މީހުން ގަބޫލު ކޮށް އެއީ "ކްރެޑިބަލް" ފަރާތެއްކަން ބަލައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
"އެހެންވެ އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް އަޅުގަނޑުމެން މި ބުނަނީ... އެ މަނިކުފާނު އިންތިހާބު ކާމިޔާބު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިރޭ މި ފެށީ،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިމަގުގައި މި މަސައްކަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދާނެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދެއްވުމަށް މެޑަމް ފާތުން ފެށްޓެވި މަސައްކަތަށް ތައުރީފް ކުރައްވަމުން ނިހާން ގޮވައިލެއްވީ 2018ގެ އިންތިހާބަށް ފަހު، ޖެހިގެން އޮންނަ އިންތިހާބަށް ވާދަ ކުރައްވާ ފަރާތްތަކުން، އިންތިހާބު ކާމިޔާބު ކުރެއްވުމަށް އެކަމަނާ ފަދަ އަނބިކަނބަލަކު ހޯދުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޅީ ކޮޅު
24 January 2017
އެއްބުރުން ކާމިޔާބު ވާނެ! ކުރިމަތި ލަނީވެސް އެބޭފުޅާ އެކަނިވީމަ. .... :)
ހެއްވާ
18 January 2017
ނިހާން އަސްލު އެބުނަނީ އެމީހުން ކާމިޔާބު ކުރާނީ ކޯޓުތަކާއި މިނިވަން މުއައްސަސާތައް ކިހިލި ޖަހައިގެންކަމަށް. ނިހާން އެއީ ވަރަށް ފުން މާނަ އާއެކު ވާހަކަ ދައްކަވާ ބޭފުޅެއް
ޕީ ސިކްސް
15 January 2017
ﷲގެ އިރާދަފުޅާއި މިންވަރުފުޅުން ނިހާން ތިބުނުއްވި ފަދައިން ކާމިޔާބްކޮށްފައި ނޫނީ ފަހަތައް އެނބުރި ބަލައެއް ނުލާނަމެވެ.
ނުރަބޯ
15 January 2017
އިންޝާﷲ ރައީސް ޔާމީނަށް ފަސޭހަ ކަމާއެކު 2018 ގެ އިންތިޚާބު ކާމިޔާބު ކުރެވޭނެ.
ހުސައިން
15 January 2017
ކިހިލިފަތް،، އެއީ ޖަލު ދޯ؟
މުސްތަފާ މުޙައްމަދު
15 January 2017
އިދިކޮޅަސް އިދިކޮޅު ނޫނަސް ކިހިލިޖަހާނެ އިތުރު މީހަކު ނެތް.
މައެން
15 January 2017
އިންތިހާބު މިފަހަރުވެސް ކާމިޔާބު ކުރަންޖެހޭނީ ކޯޓު މެދުވެރިކޮށް
ދުވާފަރު މީހާ
15 January 2017
މިއޭ މައްސަލަ އަކީ އިރާދަ އަކާއި ނުލާ ގަދަބަސް ބުނާތީ، ﷲ ދެއްވި އެއްޗެއް އެ ދެއްވި މިންވަރަށް މެނުވީ ނުލިބޭނެ
ޢިބޫ
15 January 2017
މޮޔަނުވޭ ނިހާނު، މިގައުމުގަ ތިގޮތައް ކިހިލިޖަހާގެން ތިކަމެއް ނުވާނެ ! މިހާރުވެސް ހަދަމުންތިއަންނަގޮތައް ދަމާބަނދެގެން ޖަލުގެ ގޮޅިތަކުގަބަންދުކޮއްގެން ކަލޭމެންނައް ތިކަންވާނީ
ހަސަދު
15 January 2017
އަނެއް ފަސް އަހަރު މިހާލުގައި!!!!.