ޚަބަރު / ރިޔާސީ އިންތިޚާބު 2023

ކޯލިޝަންގެ މަޝްވަރާ އަށް ރައީސާއި މައުމޫން މިއަދު ބައްދަލުކުރައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުރީގެ ރައީސް މައުމޫންއާ ބައްދަލު ކުރައްވަނީ. -- ފައިލް ފޮޓޯ: ރައީސް އޮފީސް

ކޯލިޝަން ހަދަން ދެއްވި ދައުވަތާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްއެމްއާރުއެމްގެ މުސްތަޝާރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މިއަދު ބައްދަލު ކުރައްވާނެ އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ފައުންޑަރު މައުމޫނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.

އެ ބައްދަލުވުން އޮންނާނީ މިއަދު ހެނދުނު 11:00 ހާއިރު ރައީސް އޮފީހުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިހާރު ވެސް އެ މަނިކުފާނުގެ ސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓްނަރުން ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެކުގައި ދެމިތިބުމަށް ދައުވަރު ދެއްވައިފަ އެވެ.

އެ ދައުވަތު ގަބޫލުކޮށް، އަނެއްކާވެސް އެމްޑީޕީއާ ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައި ވަނީ އަދާލަތު ޕާޓީ އެކަންޏެވެ. މިހާރުގެ ކޯލިޝަންގައި ނުހިމެނޭ އެމްޑީއޭ އިން ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކުރިއަށް ދާން އެއްބަސްވެފަ އެވެ. އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ތިބެން މިހާތަނަށް އެއްބަސްވީ އަދާލަތާއި އެމްޑީއޭ އެވެ.

ކޯލިޝަން ހަދަން ދައުވަތު ދީފައި ވަނިކޮށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެނޑިޑޭޓަކު ވާދަ ކުރަން ނިންމައިފަ އެވެ. ކޯލިޝަނެއް ހަދަން ޖެހިއްޖެ ނަމަ އެ ޕާޓީ އިސްވެ އޮވެ ކޯލިޝަން ހަދަން މަޝްވަރާތައް ފަށަން ވެސް ޖޭޕީގެ ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީން ކޯލިޝަން ނުހަދާނެ ކަމަށް ރަސްމީކޮށް އަންގާފައި ނުވާތީ ސަރުކާރުގެ އޮފިޝަލުން ވިދާޅުވަނީ އަދިވެސް އެ މަޝްވަރާތައް ކުރިއަށް ދާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީން އަންނަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ކޯލިޝަނެއް ހެދުމުގެ މަޝްވަރާތަކެއް ވެސް ކުރަމުންނެވެ.

ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގައި ވެސް ޖުމްހޫރީ ޕާޓީއާއެކު ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕެއް އެކުލަވާލަން މަޝްވަރާ ކޮށްފަ އެވެ.

20 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބިޑި ކާ

19 March 2023

އޭނަ އާއި ޙަވާލުކޮށްފާ މީނަ ގެ އަށް ދޭ

The name is already taken The name is available. Register?

ބޮޑުމީހާ

19 March 2023

އެއް ދައުރުގަ 1400 ސިޔާސީ މަގާމު. މިވަރުން ކޯލިޝަން ހަދަން އަނެއް ދައުރުގަ 2000-3000 ސިޔާސީ މަގާމު ބޭނުންވާނެ. އަދި ދައުލަތުގެ ދަރަނި އިތުރު 60 ބިިލިއަނަށް ދަރުވާލެވޭނެ.

The name is already taken The name is available. Register?

ކުނަލަންހާ

19 March 2023

އެވަރު ނުވާނެ

The name is already taken The name is available. Register?

މިއީ މަ ހާދަ ލޯބިވާ ދެރައީސުންނޭ

19 March 2023

ރައީސް މައުމޫން ދެކެ ވަނީ ބަފާވަންތަ ކަމުގެ ލޯތްބެވެ. ރައީސް ޞޯލިޙް ދެކެ ވަނީ އަޚްވަންތަ ކަމުގެ ލޯތްބެވެ.

The name is already taken The name is available. Register?

LaamuonlineDOTcom

19 March 2023

މައުމޫނު ނާގާބިލުކަމަށްބުނެ ކޮމެންޓުކޮށް، އޭރާމިހާރު އަޅުވާ ކިޔާނަމަ ދެ ޒަމާނުގެ ގާނޫނު އަސާސީގަ އޮތް އެއްޗެއްވެސް ބަލަންޖެހޭނެ، އެހެންނޫނީ ހަމަޖެހޭ ކޮމެންޓެއްނުކުރެވޭނެ، މައުމޫނުގެވެސް ގޯސްކަންކަން ހުންނާނެ، ނަމަވެސް މައުމޫނަކީ އަބަދުވެސް ވަރަށް ޢިލްމީ، ވިސްނުންތެރިކަމާއެކު ވާހަކަދައްކާ ފަރާތެއް އަދި ރާއްޖެ މިހާތަނަށް ދުށް ސިޔާސީ އެންމެ ހަލަބޮލި ދުވަސްތަކުގައިވެސް މީހުންގެ އަބުރަށް އަރައިގަނެ ތާކުންތާކުނުޖެހޭ ވާހަކަތައް މައުމޫނު ދަށްކާފައެއްނެތް

The name is already taken The name is available. Register?

ހުސެންް

19 March 2023

ތިއީ ވަރަށް ފުރިހަމަ ވާހަކަފުޅެއް. މައުމޫނު ވެރިކަން ލިބިގެން ނާސިރުއާއި ދިމާލަށް ޗުއްޕުވެސް ނުކިޔާ. ހަޑިހުތުރު ބަހުން ލަވަތަކެއްވެސް ނުހަދާ. އަދި ރާއްޖޭގައި ނެތްމީހަކު ބަދުނާމުކޮށް މުޒާހަރާތަކެއްވެސް ނުކުރޭ. ނުހައްގުން މީހުން ޖަލުތަކަށްވެސްނުލާ. އެތައްބައެއްގެ ދިރިއުޅުންވެސް ހަލާކެއްނުކުރޭ. ތިސޮރު މާޅައީއޭ. ނިކަން މާޒީގެ ސޮފުހާތަކުގެ ހިރަފުސް ފޮޅާލަބަލަ.

The name is already taken The name is available. Register?

ޖަމަލު އަޑު

19 March 2023

ޢި‎ބޫ އައް ސައިލެންޓް މެޖޯރިތީގެ ތާއިދު އެބައޮއް. ސައިލެންޓް މާއަޑުމާގަދަވާނެ. ‎ޅައުޑް މައިނޯޓި އަކީހަމަ އެކަނި ކަންފަތައް ބާރުއަޑެއް. ޖަމަލުވެސް އެކަންކުރޭ

The name is already taken The name is available. Register?

ޢެމެރިކާ

19 March 2023

އިންޑިޔާ އައުޓް

The name is already taken The name is available. Register?

ހުސެންް

19 March 2023

މައުމޫނަކީ މިހާރު މާޒީ. ތިއީ ހުކުރު ހަމަނުވާ ޖަމާއަތެއް. މިޖަމާއަތާގުޅިގެން އިބޫއަށް ލިބޭނެ ވަކިމޮޅެއް ނޯންނާނެ. މައުމޫނަކީ ވަރަށް ހީލަތްތެރިކަން ބޮޑުމީހެއް. 30 އަހަރުވެސް ދިވެހިން ގުނބޯހައްދައިލައިގެން އޭނަ އުޅެފި. ރައްރަށުގަޖެހި ކަޑަތަކުގެމަތިން ހަނދާންވަނީ ކޮންމެ 5 އަހަރެއް ފަހުން. ޖީލެއް ފަނާކުރިމީހެއްތިއީ. ސިންގަޕޫރަށް މިހަދަނީއޭ ކިޔަކިޔާ ހުވަފެން ދައްކާފަ އަހަރެމްނެ ބޭތިއްބީ. އޭރު ހުރިހާކަމެއް އޮތީ މައުމޫނުގެ ނުށުތެރޭގަ،

The name is already taken The name is available. Register?

ޝައިހު ބަދީއު

19 March 2023

މައުމޫނުގެ ނާގާބިލުކަމުން ގައުމު ހިންގަންނޭންގީ، ގައުުމުގެ ހުރިހާކަމެއްވަނީ ބޮއްސުންލާފައި. އަޅުގަނޑަކީ މައުމޫނުނަމަ ލަދުން މަގުމައްޗަށްވެސް ނުނިކުންނާނަށް

The name is already taken The name is available. Register?

ޑރ. އިރުޝާދު ޔޫސުފް

19 March 2023

30 އަހަަރު ހަބޭހަށް ކައިފާ އެވަރުންވެސް ނުފުދިގެން ދައުލަތުން ލާރިއެއް ލިބެންއޮތް ހުރިހާ ކޮޅެއްބަލާ، ފަހަރަކު ޑީލެއްހެދުމުގައި. އެއްބަޔަކު ގައުމު ކާހުސްކުރާއިރު ރައްޔިތުން އަަތްތިލަބަޑިޖަހަން

The name is already taken The name is available. Register?

ޝެހެނާޒް މެޑަމް

19 March 2023

އަޅުގަނޑަކީ އިބޫގެ ސަޕޯޓަރެއް.އިބޫ މައުމޫނާ ބައްދަލުކޮށް ކޯލިޝަން މަޝްވަރާކުރަން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ. މައުމޫނާ ބައްދަލުކުރަން ވަޒީރަކު ނުވަތަ މަޖިލިސް މެމްބަރަކު ފޮނުވީމާ ނިމުނީ. މައުމޫނު ޕާޓީއާ ޑީލް ހެދުމުގެ ހަމައެކަނި ބޭނުމަކީ މައުމޫނު ދަރިންނަށް މަގާމުތައް ބަހާލާ ދައުލަތުން މިލިއަނުން އެމީހުންނަށް ހަރަދުކުރުން. އެކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށް އެފަދަ ކަމެއްކުރާ ވެރިޔަކަށް އިބޫވިޔަސް، ގާސިމު ވިޔަސް ޔާމީނުވިޔަސް ވޯޓެއްނުދޭނަން

The name is already taken The name is available. Register?

ބުރޯޒް

19 March 2023

އޭ ޝެހެނާޒްމެޑަމް. އައި ޑޯންލައިކް މައުމޫން އެކަމު ޖޭވިޔަސް ތިދެން ބޮޑުވަރު. ތީގެން އެނގެނީ ޔޫގެ ނެތްކަން އިލްމެއްވެސް އަދި ހިލްމެއްވެސް. ހަމަގައިމުވެސް ރައީސް މައުމޫނު ކަހަލަ ހައިޕްރޮފައިލް ބޭފުޅާ ކައިރިޔަށް ވަޒީރަކު ފޮނުވާނީ ތިކަހަލަ ދެބަންދިހާރު މޮޔައެއް! ޔޫގެ ނަފްސުވެސްޔޫއަށް އެބަ މަލާމަތްކުރޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454