ހުޅުލޭ އައިލެންޑް ހޮޓެލްގެ ޕޫލް ސައިޑް: އެތަނުގެ ބައެއް މުވައްޒަފުންނާ ފުލުހުން ރޭ ވަނީ ސުވާލުކޮށްފައި.--- ފޮޓޯ: އެޗްއައިއެޗް
25 ޖެނުއަރީ 2017 - 06:27
ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގެ މުވައްޒަފުންތަކެއް ހިތްހަމަނުޖެހިގެން، އެތަނުގެ ސީނިއާ މުވައްޒަފަކަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މި މައްސަލައާ ގުޅޭ ގޮތުން އެޗްއައިއެޗްގެ މެނޭޖްމަންޓްގެ ފަރާތުން މިވަގުތު ވާހަކަ ދައްކަން ބޭނުމެއް ނުވި އެވެ. އަދި އެ ފަދަ ކަމެއް ހިނގައިގެން އުޅޭ ކަމެއް ހޮޓަލުން ދޮގެއް ނުކުރެ އެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް ވެސް އަދި ނުލިބެ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަދި ސިންގަޕޫރުގެ އެސްއޭޓީއެސް ގުޅިގެން ހުޅުލޭގައި ހިންގާ ފަސްތަރީގެ ހޮޓަލުގެ މުވައްޒަފަކު މިރޭ ބުނީ އެ މީހުން ހިތްހަމަނުޖެހިގެން އުޅެނީ އެތަނުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ މުސާރަ އިން ރެމިޓެންސް ޓެކްސްގެ ގޮތުގައި އުނިކުރަން ޖެހޭ މިންވަރު މުސާރަ އިން ބޮޑުކޮށްދިނުމާ ގުޅިގެން ކަމަށެވެ.
މުވައްޒަފުން ބުނާ ގޮތުގައި ބިދޭސީންގެ އަތުން ރެމިޓެންސް ޓެކްސް ނެގުމުގެ ބަދަލުގައި އެމީހުންގެ މުސާރަ އަށް ވަނީ އިތުރުކޮށްދީފަ އެވެ.
"ސަރުކާރަށް ވަރަށް ބޮޑު އެއްޗެއް އަމިއްލަ އަށް ދޭތީ ކުންފުނިން [ބިދޭސީ މުވައްޒަފުންގެ މުސާރަ] ބޮޑުކުރީ. ދިވެހިންނަށް ރޯދަމަހުގެ އެލަވަންސް ދޭތީ ބިދޭސީ މުސްލިމް ނޫން މީހުންނަށް ބޯނަސް ދޭ. މިކަހަލަ ކިތަންމެ ކަންތައްތައް ހިނގާތީ މިތަނުގެ ވައިބާ ގްރޫޕްގެ ތެރޭގައި ބަޔަކު ޖެނެރަލް މެނޭޖަރުގެ އިސްތިއުފާ ގޮވައި ހެދި،" އޭނާ ބުންޏެވެ.
އެ މުވައްޒަފު ބުނީ ޖެނެރަލް މެނޭޖަރު އިސްތިއުފާ އަށް ގޮވި ފަހުން ބަޔަކު، ފައިނޭންސް އޮފިސަރުގެ ކޮޓަރީގެ ބޭރުގައި ބިރު ދެއްކުމަށް ލިޔުމެއް ހަރުކުރި ކަމަށް ބުނެ، ފުލުހުންގެ ބަޔަކު އިއްޔެ ހަވީރު ހޮޓަލަށް ގޮސް ބަލައި ހެދުމަށް ފަހު، ވަކިވަކި މުވައްޒަފުންނާ ސުވާލު ކޮށްފައިވާ ކަމަށެވެ.
އެޗްއައިއެޗްގެ ޖެނެރަލް މެނޭޖަރަށާއި ފައިނޭންސް އޮފިސަރެއްގެ މަގާމުގައި ވެސް ހުންނަވަނީ އިންޑިއާގެ ދެ ބޭފުޅެކެވެ. މީގެ ތެރެއިން ޖެނެރަލް މެނޭޖަރު އެ މަގާމުގައި ހުންނަވާތާ 13 އަހަރު ވެއްޖެ އެވެ.
"މިއީ އަޅުގަނޑުމެން މިތަނުގެ މެނޭޖްމަންޓާ މެދު ހިތްހަމަނުޖެހިގެން އުޅޭތީ އެކަން ހުއްޓުވުމަށް މެނޭޖްމަންޓު އަޑީގައި އޮވެގެން ކޮށްގެން އުޅޭ ކަމެއް. ފުލުހުންގެ ހަތަރު މީހަކު އައިސް ވަކި ވަކި މުވައްޒަފުންނާ ސުވާލުކުރި. މިއީ އަޅުގަނޑުމެންނަށް ބިރު ދައްކަން ކޮށްގެން އުޅޭ ކަމެއް،" އޭނާ ބުންޏެވެ.
އެ މުވައްޒަފު ބުނިގޮތުގައި އެޗްއައިއެޗްގެ މެނޭޖްމަންޓުން ދިވެހިންނާއި ބިދޭސީންނާ މެދު ވަރަށް ބޮޑަށް ތަފާތުކޮށް ކަންތައްތައް ކުރެ އެވެ. އަދި އެކަމާ ހިތްހަމަނުޖެހިގެން އެތަނުގެ ބޯޑަށް ވެސް މައްސަލަ ހުށަހެޅި ކަމަށް އޭނާ ބުންޏެވެ.
"މިތަނުގެ ބޯޑުން ވެސް އަޅުގަނޑުމެން ހުށަހެޅި އެއްވެސް ޝަކުވާއެއް ބަލައި ރަނގަޅު ކުރަން މަސައްކަތެއް ނުކުރޭ. މިތަނުގެ އެތެރޭގައި ހިންގާ ކޮރަޕްޝަންގެ އަމަލުތަކާއި އެނޫން ވެސް އެކި މައްސަލަތައް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ވެސް އަޅުގަނޑުމެން ހުށަހެޅިން،" މުވައްޒަފު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
K
26 January 2017
ތޭރަ އަހަރުގެ ހިތިފިލުވާލާކުދިންނޭ. ތިޔަ މ
އަހުމަދު
25 January 2017
ބިދޭސީން ގެ އަދަދުތައް ސަރުކާރު ވަޒީފާ ދިނުމުގެ ގަވާއިދާ އެއްވަރަށް ހުރިތޯ ބަލާލަ ބަލާށެވެ.
ދިވެހިމީހާ
25 January 2017
"ދިވެހިންގެ ރިސޯތްތާކާއި ދިވެހިންގެ ވަޒީފާތައް ދިވެހިންނަށް" މި ސްލޯގަން ގެންގުޅެން ފެނޭ
ނިކަމެތި
25 January 2017
ތިޔަބުނާ އިންޒާރެއް ލިޔުނުރޭ އަޅުގަނޑު ދެކުދިން، ގަސްތަކު ތެރޭން މެނެޖްމެންޓް އިސް މީހަކު ދުވަނިކޮށް. ބޮޑަށް ލަފާކުރެވެނީ މިހާރު ޖެހިގެން އުޅޭ މައްސަލަ މަޑުޖައްސާލަން މެނެޖްމެންޓް ސައިޑުން ހިންގާ ޖަރީމާއެއްކަމަށް. ނިކަމެތި ސްޓާފުންގެ ބޮލުގާ ހުރިހާކަމެއް.
އިންޑިޔާ
25 January 2017
ޔާރައްބީ ކޮރަޕްސަނޭ ނުހިންގާނެ ދޮގުނުހަދާތިހެންކިޔައިގެން
ދޮގެއްތަ؟
25 January 2017
ތީ ބޮޑު ޖޯކެއްނު. ރެމިޓެންސް ޓެކްސް ނަގާފަ އެއަށްވުރެ ބޮޑު މިންވަރެއް މުސާރައަށް އިތުރު ކޮށްދެނީ! އެމީހުން އަތުން އަދި އިތުރަށް ތި ޓެކްސް ނަގާނެނަމައޭވެސް އެމީހުން ހިތަށް އަރާނެތާ! ބޮޑު އުނދަގުލެއް.
އަލިމަސް
25 January 2017
މިހާރު ތިޔަހިނގާ ކަންތަކުތެރެއއަށް ފުލުހުން ވައްދައިގެން އެއުޅެނީ ހޮޓަލުގެ ސީނިއަރ މެނޭޖްމަންޓުން. ފުލުހުން ލައްވާ ކޯޓުން އަމުރުނުނަނގާ މީހުންގެ ހަށިގަނޑާއި ފޯނުބަލައި އެބަހަދާ. ފުލުހުންގެ މުއައްސަސާ އަށް މިކަން ކިހާވަރަކަށް އެބަ އިނގޭބާ
ާާއަލިބެ
25 January 2017
﷽ ކުދިންނޭ ހޭލަ ބަލަ..ކޮންމެފަހަރަކުވެސް މކަހަލަ ކަމެއް ފެންމަތިވާއިރަށް ކޮންމެވެސް ދިވެހި މުވައްޒަފުން ތަކަކަށް ފުރޮމޯޝަން ދީ ހަމަޖައްސާލާނެ.. ނިކަމެތިމީހާ ވަޒީފާ ދޫކޮއްފަ ދާންޖެހެނީީ ސްޓޭންޑް ފޯ ޔުއާ ރައިޓްސް
މަގޭގައުމު
25 January 2017
ޓޫރިޒަމް އިންޣަސްޓްރީގެ ފައިދާ ދިވެހިންނަށް ރަގަޅުގޮތުގަ ނުހިފޭކަމީ އެންމެންވެސް ދަންނަ އެކަމަކު އެކަމަށް ބީރުކަންފަތެއްދޭކަމެއް. އެއްވެސް ސަރުކާރަކުން ނެތް މިކަމަށް އަދި ޙައްލެއްހޯދިފަ. ނަމުގަ ވަޒީފާގެ ފުރުޞަތުތަށް ދިވެހިންނަށް، އެކަމަކު ވަޒީފާގަ ބޭރުމީހުން. މިކަމަށް ހައްލެއް ލިބޭނީ މުވައްޒަފުންވެސް ޒިންމާޑަރުވެގެން. ހުރިހާވެސް މައްސަލަޔަކީ ރާއްޖޭގަ ހެދިފަހުރި ޓޫރިޒަމް ގާނޫނުން ލިބިދޭ ހައްގުތަށް ދިވެހިންނަށް ލިއްބައިދޭ ކަމާބެހޭ މިނިސްޓްރީން މަސައްކަތްނުކުރާކަން.
ޢަބްދުﷲނާފިޒު
25 January 2017
ކިހާވަރަކަށް ފައިދާ ލިބުނީމަތަ ލިބޭ ކަމަށް ވަނީ، މިހާރު ރިސޯޓު މުވައްޒަފުންނަށް ރިސޯޓު ހިއްސާ ލިބޭނެ، މިކަންވެސް މިކުރީ އަހަރުމެންގެ ބިއުޓިފުލް ފްލޯލެސް އެންޑް އޯސަމް ސަރުކާރުންކަން ދެން ހުރިހާ ރަންރީނދުލޭމެން ގަބޫކުރަގަ.
އިންޑިއާ
25 January 2017
ބުނަންތަ ކަލޯމެން ކައިރި ވާހަކައެއް. ޓުއަރިޒަމް ދާއިރާގައި އުޅޭތާ އުމުރުން ވީ ދުވަހެއްމިވީ. ވަރަށް ގިނަ ގައުމު ތަކުގެ ވަރަށް ގިނަ މީހުންނާ ދިމާވެއްޖެ. އެކަމަކު ތިހާ ކައްޕަޅި ތިހާ ކަންޖޫސީ ތިހާ ނާތަޙުޒީބު ތިހާ އުދަނގޫބޮޑު ބަޔެއް ނުދެކެން އިންޑިއާ މީހުންނޫނީ. ދެން އެމީހުންގެ މެނޭޖްމެންޓް އޮންނަ ތަނުގެ ޙާލަތު ވަރަށް ރަނގަޅަށް ތަސައްރަފުވޭ. ތީ ހަމަ ބޮޑު ވަބާއެއް.