ހދ. މަކުނުދޫގައި މީހުން ދިރިއުޅޭ ގެއެއްގައި ރޯވެ ބޮޑު ބައެއް އަނދައިފި އެވެ.
މަކުނުދޫން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އަލިފާން ރޯވިއިރު އެ ގޭގައި މީހުން އުޅެމުން ދިޔަ ކަމަށާއި އެކަމަކު އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެނީސް ސަލާމަތް ކުރެވުނު ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންނާއި އާންމުން ނިކުމެ ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އަލިފާން އެންމެ ފުރަތަމަ ރޯވި ކަމަށް ބެލެވެނީ ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ތަނުގަ އެވެ. އެތަނުގައި ކޮންމެވެސް ވަރަކަށް މުދާ ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
އެ ހާދިސާގައި އެ ގޭގެ ބޮޑު ބައެއް ވަނީ އަނދައިފަ އެވެ.
އެ ގޭގައި ދިރިއުޅުނު މީހުން އެހެން ގޭގެއަށް ވަގުތީ މިހާރު ވަނީ ބަދަލުކޮށްފަ އެވެ.