މަތިވެރީ ސްކޫލުގައި ބޭއްވި ހަރަކާތެއްގައި ދަރިވަރުން ބައިވެރިވާއިރު ބެލެނިވެރިން އެތަން ބަލަނީ-- ފޮޓޯ/ ފޭސްބުކް
29 ޖެނުއަރީ 2017 - 15:51
އއ. މަތިވެރީ ސްކޫލުގައި ކިޔަވައިދޭ މޫނު ބުރުގާ އެޅި ޓީޗަރަކު، މޫނު ނިވާކޮށްގެން ކިޔަވައި ނުދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން ބެލެނިވެރިން ރުޅިގަދަވެއްޖެ އެވެ.
މަތިވެރީ ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް މިއަދު ވިދާޅުވީ މީގެ ހަތް އަހަރު ކުރީއްސުރެ އެ ރަށު ސްކޫލުުގައި ކިޔަވައިދެމުން އަންނަ ޕްރައިމަރީ ޓީޗަރު، އައިޝަތު ސުޒީ އަށް ކާކުކަން ނޭނގޭ ގޮތަށް (މޫނު ނިވާކޮށްގެން) ސްކޫލަށް ނުވަދެވޭނެ ކަމަށް މިދިޔަ އަންގާރަ ދުވަހު އެޑިއުކޭޝަން މިިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެހެންވެ، މި ވަގުތު ގޭގައި މަޑުކޮށްގެން ހުރި ޓީޗަރާ ދޭތެރޭ އެޅި އެ ފިޔަވަޅާ މެދު ހިތްހަމަ ނުޖެހިގެން މަތިވެރީ ސްކޫލު ވަރަށް ގިނަ ބެލެނިވެރިން މިއަދު ހެނދުނު ކައުންސިލް އިދާރާ އަށް ގޮސް މައްސަލަ ޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބެލެނިވެރިން ބުނަނީ އެއީ ސުޒީކަން ތިމަންނަމެންނަށް ޔަގީންވެ އޭ. އަދި ކްލާސްރޫމު ބޭރުން ނުފެންނާނެ ގޮތް ހަދައިދީފި ނަމަ މޫނު ފެންނަ ގޮތަށް ކިޔަވައިދޭނެ ކަމަށް އޭނާ އެބަ ބުނެއޭ. އެކަމަކު އެކަމަށް ނުބަލައި އޭނާ ސްކޫލަށް ދިއުން މަނާކުރުމުން ބެލެނިވެރިން ހިތްހަމަނުޖެހުނީ،،" ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭ އެ ޓީޗަރާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
މޫނު ބުރުގާ އަޅައިގެން ސުޒީ މިދިޔަ އަހަރު ވެސް ކިޔަވައިދިނެވެ. އެކަމަކު އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އައީ މޫނު ނިވާކޮށްގެން ޓީޗަރަކު ކިޔަވައިދޭތީ ބެލެނިވެރިއަކު މިނިސްޓްރީ އަށް ޝަކުވާ ހުށަހެޅުމުންނެވެ.
އާތިފް ވިދާޅުވީ ބެލެނިވެރިންގެ ޝަކުވާތަކާ ގުޅިގެން އޭނާ އެޑިއުކޭޝަން މިނިސްޓްރީ އަށް ގުޅުމުން އެގޮތަށް އަމަލު ކުރީ، މޫނު ބުރުގާ އަޅައިގެން ސަރުކާރުގެ އެއްވެސް އިދާރާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ސިވިލް ސާވިސްގެ ގަވައިދުގައި އަންގާފައި އޮތުމުން ކަމަށް ބުނެފައިވާ ކަމަށެވެ.
އަދި ކްލާސްރޫމު ތެރޭގައި ސުޒީ އަށް ބުރުގާ ނެގޭނެ ކަމަށް ކައުންސިލުން ބުނުމުން، "ސްކޫލަށް ވަދެވޭނީ މޫނު ފެންނަ ގޮތް ހަދައިގެން" ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެންނެވިން މޫނު ނިވާކޮށްގެން ހުއްޓަސް، 400އެއްހާ މީހުން ދިރިއުޅޭ މި ރަށުގެ އެންމެންނަށް ވެސް ސުޒީ ފެނުމުން އެނގޭނެއޭ. އަދި ސްކޫލަށް ވަދެވޭނީ ފިންގަޕްރިންޓް ޖަހައިގެން ކަމުން އެއީ ކާކުކަން ވެސް އެނގެއޭ. އެކަމަކު މިނިސްޓްރީން ބުނީ ސިވިލް ސާވިސްގެ ގަވައިދުގައި އެހެން އޮންނާތީ އެންގީ ކަމަށް،" އާތިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިކަން ކުށްވެރިކޮށް، ސުޒީ އަށް އަލުން ކިޔަވައިދޭން ނިކުތުމުގެ ހުއްދައަށް އެދި ބެލެނިވެރިން ޕެޓިޝަނެއް ތައްޔާރު ކުރަމުން އަންނައިރު، ކައުންސިލުން ވެސް ސިވިލް ސާވިސް އަށް ރަސްމީކޮށް ސިޓީއެއް ހުށަހަޅާނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިނިސްޓަރ
31 January 2017
ސެކިއުރިޓީއަށްޓަކައި މިގައުމުގައި ކުރަން އޮތް ހަމަ އެކަނި ކަމަކީ އަންހެނާގެ މޫނު ބުރުގާ އެޅުން ހުއްޓުވުންބާ؟ ކުދިންގެ އަޚްލާޤާ ސަލާމަތާ ރައްކާތެރި ކަން ގެއްލޭނެ އެތައް ސިފައެއް ހުރި މީހުން ސްކޫލްތަކުގައާއި އެހެން މުއައްސަސާތަކުގައިއެބަތިބި. އޭގެ އިތުރުން އެޑިޔުކޭޝަން މިނިސްޓަރަކީ އައުރަ ނިވާ ނުކޮށް ހުންނަ މީހަކަށް ވުމަކީ ދަރިވަރުންގެ ތަރުބިއްޔަތަށް ހަމަ ރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަށް ގަބޫލު ކުރަނީބާ؟
ޝިޔާމް
30 January 2017
އަންހެނަކު މޫނުބުރުގާ އަޅައިގެން ބޭރަށް ނިކުންނަންޏާ ނިކުންނަންވާނީ މަހުރަމަކާ އެކު. އެހެންނޫނީ އޭނާއަށް އެއަރައިގަނެވެނީ މުޖުތަމަޢުގެ އެހެންމީހުންގެ ހައްގަކާ!
ހަސަނު
30 January 2017
މޫނު ނިވާ ކުރުމަކީ ހަމަ ގައިމުވެސް ލާޒިމް ކަމެއްނޫން.. އެ ވެދާނެ ސުންނަތަކަށް... މިހާރަކަށް އައިސް ފެޝެނަކަށް ހަދައިގެން އެކަނ ކުރިއަސް ކޮންމެހެން މޫނު ފެންނަން ޖެހޭ ހާލަތު ތަކުގާ މޫނު ފެންނަން ހުންނަން ޖެހޭނެ ކަމަށް ސަރުކާރުން ގަވައިދު ހެދުމަކީ ހަމަ ރަނގަޅު ކަމެއް.. އާންމު ސަލާމަތާ ރައްކާތެރިކަމަށްޓަކާ އެ ޒާތު ގަވައިދު ހެދުމަކީ ސަރުކާރު މައްޗަށް ލާޒިމް ކަމެއް...
މުޞްލިޙު
01 February 2017
ޙަސަނު ކިޔެވީ ކޮން ދީނީ ޖާމިޢާއަކުން. ކޮބާ ހަސަނުގެ އުސްތާޛުންނަކީ. ދީނަކީ ތިމާ ފެންނަ ގޮތްތަ.
ޢަބްދުﷲ
30 January 2017
ތިޔަބުނާ އެޑިޔުކޭޝަނަކީ ބެލެނިވެރިން ގުނބޯ ހައްދައިގެން، ދަސްވާރު ކިޔާ ޕްރޮގްރާމެއް ފަށައި އެއްވެސް ކުއްޖަކު ބާކީ ނުކުރަމޭ ކިޔައިގެން، ކުދިންނަށް ލަނޑު ދޭބައެއް އަހަންނަކީ އޮފީހެއްގެ ވެރިއެއް މިއޮފީހަށް ދަސްވާރު ކުދިން އައިސް ދަސްކުރަނީ ކިހާވަރަކަށް ކަން އެނގޭ. އެޑިޔުކޭޝަނާއި އިސްލާމިކް މިނިސްޓްރީ އަކީ މުޅިން ފެއިލްވެފަވާ 2 މިނިސްޓްރީ.
ޅޮލް
30 January 2017
ބޮޑު ޖޯކެއް ދޯ ދެން
ކަޟާާ
30 January 2017
ހިސާބަށްވުރެ ކަންތައް ބޮޑީ
ޝާމް
30 January 2017
ސުވާލަކީ އަންހެނުން ވަޒީފާތަކަށް ދިއުމަށް ދީނުގައި އަންގަވާފައި ނުވަތަ ބާރުއަޅުއްވާފައިވޭތޯ؟
މަށިމާލި
30 January 2017
އަންހެނުން އަށް ވަޒީފާއަށް ދާންޖެހެނީ ރާއްޖޭގައި ފިރިހެނަކަށް އާޢިލާ ބެލެހެއްޓޭނެ ވަރުގެ މުސާރައެއް ނުލިބޭތީ.. ކުދިންނަށް ކިޔަވައިދިނުމަކީ އަންހެނުންވެސް ކުރަންޖެހޭ ކަމެއް.. ނެރޯ މައިންޑް
ޢުނދަގޫބޮޑު މީހުނާ ހެދި ބޯހަލާކު
30 January 2020
ޢަންހެނުން ވަޒީފާ އޭ ކިޔާ ގޮވާއިރު ޙަދީޖަތުގެފާނަކީ ވިޔަފާރަވެރިއެއް. ޢެކަމަނާގެ ވިޔަފާރީގެ މަސަތްކަތް ކުރެއްވީ ރަސޫލާ. ތިކަހަަލަ މީހުން އަނގަ ނޫޅެބަލަ. ފިރިމީހާގެ މައްސަލައެއް ނެތްނަމަ ހަަމަ ވަޒީފާއަށް ނުކުންނަންވީ. މޫނުބުރުގާ އެޅިޔަކަސް ކިޔަވާދެވެން ޖެހޭނެ. ފިންގަރޕްރިންޓް އެންޓަރ ކުރަނީ ކަމަކު މި ރާއްޖެއިންވެސް ދީނާ ޙިލާފު އެތައް ކަމެއް ކުރިއަރުވާ މޯލްޑިވިއަން އައިޑަލްއަކާ. ޢެކަމު ދީނާ އެއްގޮތަށް ހަޔާތް ބައްޓަން ނުކުރެވޭ ގަވާއިދޯލަ.
އަހުމދު
30 January 2017
އަންދުލުސް ސޭޚު ބުނާނެ އެއްޗެއް ނުބުނެ ހަނު މިހާރު އިންނަވަނީހަނު މިހާރު ވާގޮތެއްކިއޭ ކިއާ އެއްޗަކށް ނުބއްލަވާ.
އެބުނާހެން
30 January 2017
އެބުނާހެން އާނ ދެލޯފުޅާ
އަންދަލުސް
30 January 2017
ކޮބާ މެދު ޒިޔާރަތާ ހަމައިން ދީން ފެންނަ އިލްމުވެރިން؟؟؟ ނަޝީދު ސަރުކާރުގަ ވީކަމެއްނަމަ ފަތުވާތަކާ އަންދަލުސްއާ ސިސިލީއާ ސެލޮމަންއައިލެންޑްގެ ވާހަކައިން މިސާލު ޖަހާވަރުން ކެތް ނުވާނެ
މާ
31 January 2017
މިހާރުވެސް ޢިލްމުވެރިން ބަސް ބުނޭ! ހޯދާ ބެލީމަ އިނގޭނީ ދޯ؟
ގގ
30 January 2017
މޫނު ނިވާ ކުރިޔަސް ނުކުރިޔަސް އޭގެ ޒާތުގައި މޫނަކީ މީހެއްގެ ކާކުކަން އަންގައިދޭ ކަމެއްނޫން އެމީހަކީ ކާކުކަން އަންގައިދޭނީ އެމީހެއްގެ އައިޑީކާރޑް، ތިމީހާ ކޮންމެ ދުވަހަކު ސްކޫލް އޮފީހަށްގޮސް އައިދީކާރޑް ދައްކާފަ ކުލާހަށް ދިޔައީމަ ތިޔައީ އެހާބޮޑު މައްސަލައެއްކަމުގައި ނުފެނޭ!
ޗޗ
31 January 2017
ދެން ހުރިހާ އެންމެން މޫނު ނިވާކޮށްފައި އައި.ޑީ.ކާޑުތައް އެކި މީހުންނަށް އޮޅުވާލައިގެން ބަހާލާފަ، ފިރިހެނުން އަންހެނުންގެ އައިޑީ ވިއަސް ހިފައިގެން އުޅެންވީ. ސޭކު ވާހަކަ ކިޔަނީ ތިޔަކަހަލަ ވާހަކައަށް.