މަތިވެރީ ސްކޫލުގައި ބޭއްވި ހަރަކާތެއްގައި ދަރިވަރުން ބައިވެރިވާއިރު ބެލެނިވެރިން އެތަން ބަލަނީ-- ފޮޓޯ/ ފޭސްބުކް
30 ޖެނުއަރީ 2017 - 12:14
މޫނު ބުރުގާ އަޅާފައި ހުރުމުން އއ. މަތިވެރީ ސްކޫލުގެ ޓީޗަރަކަށް ކިޔަވައި ނުދެވޭނެ ކަމަށް އެންގުމުން އެ ސްކޫލުގެ ބެލެނިވެރިން މިއަދު ބައެއް ދަރިވަރުން އަނބުުރާ ގެ އަށް ގެންގޮސްފި އެވެ.
މީގެ ހަތް އަހަރު ކުރިއްސުރެ މަތިވެރި ސްކޫލުގެ ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދެމުން އަންނަ ޓީޗަރު، އައިޝަތު ސުޒީ އަށް މޫނު ނިވާކޮށްގެން ސްކޫލުގައި ކިޔަވައި ނުދެވޭނެ ކަމަށް އަންގާފައިވަނީ މިދިޔަ އަންގާރަ ދުވަހެވެ.
އެކަމަކު މިއަދު އޭނާ ސްކޫލަށް ނުކުމެ، ކިޔަވައިދޭން ކްލާހަށް ދިޔުމުން ސްޓާފް ރޫމުގައި މަޑުކުރަން ވަނީ އަންގާފަ އެވެ. އޭރު ސުޒީ ކިޔަވައިދޭ ގްރޭޑް އެކެއްގެ ދަރިވަރުން ތިބީ ކްލާހުގަ އެވެ.
މަތިވެރީ ކައުންސިލުން ބުނީ ދެ މާއްދާއެއް ފިޔަވައި އެ ގްރޭޑްގެ ހުރިހާ މާއްދާއެއް ނަގައިދެނީ ސުޒީ ކަމަށާއި އެހެންވެ އޭނާ އަށް ކިޔަވައިދޭން ނުވަދެވުމުން އެ ކްލާހުގައި ކިޔަވައިދޭނެ އިތުރު ޓީޗަރެއް ނެތް ކަމަށެވެ.
"ވަގުތީ ޓީޗަރެއް ވެސް ނެތް. އެހެންވެ ކިޔަވައިދޭނެ އިތުރު ޓީޗަރެއް ނެތުމުން ބެލެނިވެރިން ގްރޭޑް އެކެއްގައި ކިޔަވާ 18 ދަރިވަރުން ގޮވައިގެން ދިޔައީ ގެ އަށް،" ކައުންސިލްގެ ރައީސް އިސްމާއީލް އާތިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަރިވަރުން ގެ އަށް ލުމަށް ފަހު، ބެލެނިވެރިން ކައުންސިލް އިދާރާ ދޮށަށް އެއްވެ އެކަމާ ގުޅޭގޮތުން ހިތްހަމަ ނުޖެހުން ފާޅުކުރި ކަމަށެވެ. އެ މީހުން އެދެމުން ދިޔައީ ސުޒީއަށް އަލުން ކިޔަވައިދެވޭނެ ގޮތް ހަދައިދިނުމަށް ކަމަށް އާތިފް ވިދާޅުވި އެވެ.
އެ ބެލެނިވެރިން އިއްޔެ ވެސް ވަނީ ކައުންސިލް އިދާރާ ދޮށަށް އެއްވެފަ އެވެ.
މޫނު ބުރުގާ އަޅައިގެން ސުޒީ މިދިޔަ އަހަރު ވެސް ކިޔަވައިދިނެވެ. އެކަމަކު އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އައީ މޫނު ނިވާކޮށްގެން ޓީޗަރަކު ކިޔަވައިދޭތީ ބެލެނިވެރިއަކު މިނިސްޓްރީ އަށް ޝަކުވާ ހުށަހެޅުމުންނެވެ. ސިވިލް ސާވިސްގެ ގަވައިދުގައިވާ ގޮތުން ހިދުމަތް ހޯދާ މީހުންނަށް، ހިދުމަތް ދޭ މީހުން ފާހަގަކޮށް އެނގެން ޖެހެ އެވެ. އެހެންވެ، ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށް އެ ގަވައިދުގައި ބުނެފައި ވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް ޝެރީނާ އަބްދުއްސަމަދު ވިދާޅުވީ ސަރުކާރުގެ މުވައްޒަފުން އަމަލު ކުރަން ޖެހޭނީ އެ މީހުންނަށް ކަނޑައަޅާފައި އޮންނަ ގަވައިދާ އެއްގޮތަށް ކަމަށާއި ގަވައިދުގައި އޮންނަ ގޮތުން ކާކުކަން ނޭނގޭ ގޮތަށް ސިވިލް ސާވިސްގެ އެއްވެސް މުވައްޒަފަކަށް ވަޒީފާ އަދާ ނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ މަތިވެރީގެ ވާހަކައެއް ނޫން. އެކަމަކު އެއްވެސް ތަނެއްގައި ތިބި އެއްވެސް ޓީޗަރަކަށް ހުއްދައެއް ނުދެވޭނެއޭ ސިވިލް ސާވިސްގެ ގަވައިދާ ހިލާފަށް ހެދުން އަޅާކަށް،" ޝެރީނާ ވިދާޅުވި އެވެ.
މަތިވެރީ ކައުންސިލުން ބުނީ މޫނު ނިވާކޮށްގެން ހުއްޓަސް، 400 އެއްހާ މީހުން ދިރިއުޅޭ އެ ރަށުގެ އެންމެންނަށް ވެސް ސުޒީ ފެނުމުން އެނގޭނެ ކަމަށާއި އަދި އޭނާ އަށް ސްކޫލަށް ވަދެވޭނީ ވެސް ފިންގަޕްރިންޓް ޖަހައިގެން ކަމުން އެއީ ކާކުކަން އެނގޭނެ ކަމަށެވެ. އެހެންވެ، ސުޒީ އަލުން ސްކޫލުގައި ކިޔަވައިދިނުމުގެ ހުއްދަ އަށް އެދި ކަމާ ބެހޭ ފަރާތްތަކަށް ކައުންސިލުން ސިޓީ ފޮނުވާފައިވާ އިރު ބެލެނިވެރިން ވެސް ޕެޓިޝަނެއް ތައްޔާރުކުރަމުން އަންނަ ކަމަށް އެ ތަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަން
01 February 2017
ކޮބާތަ މައްސަލައަކީ މޫނު ނިވާ ކޮށްލީމަ އަންހެނަކު. ގަޔަށް ފިޓް ޢައުރަ ހާމަވާ އެއްޗިހި ލައިގެން ދަރިވަރުނގެ ކުރިމަތީ އެނބުރުން މާ ހުތުރުކަން ބޮޑު. މޫނު ބުރުގާ އަޅާމީހުން އާއްމުކޮށް ލަނީ ވަރަށް ދޫ ހެދުން.
ގަލޮޅު ކުއްޖާ
01 February 2017
މީ މުސްލިމް ގައުމެކޭ . ހަދާން ނެތުމީތަ. މަށެއް ނުދޭނަން ޔާމީން އަކަށް ދެނެއް ވޯޓެއް
ޒައިން
01 February 2017
ހަސަންގެ ތިހިޔާލާ މުޅިން އިދި ކޮޅު. އެ އަންހެން ބޭފުޅާ ޔަށް ވެސް ވަޒީފާ އަދާ ކުރުމުގެ ހައްގުވޭ.
ޒުވާނާ
01 February 2017
ކާފަގެ ހިޔާލު ވަރަށް ގޯސް. ނޯ ރޭސިޒަމް. އެ އަންހެން ބޭފުޅާ ޔަށް ވެސ ވަޒިފާ އަދާކުރުމެގެ ހައްގުވޭ.
ޙައްލެއް
31 January 2017
ހުސް އަންހެނުން މަސައްކަތްކުރާ ހަމައެކަނި އަންހެން ކުދިންނަށް ކިޔަވައިދޭ މަދަރުސާއެއް ހެދުމުން ތިކަން ހައްލުވީ. އެމަދަރުސާގައި މޫނު ނިވާނުކޮށްވެސް އެއިރުން މަސައްކަތްވެސް ކުރވޭނެ. އޭރުން ތިޔަ ޓީޗަރަށްވެސް ހައްޤު ފުރުސަތު ލިބޭނީ. އެހެން ނޫނީ ހިލޭ ފިރިހެނުންނާއި މުޢާމަލާތުކުރަންޖެހޭގޮތަށް ދެޖިންސް މަސްހުނި މާހައުލެއްގައި ޙިޖާބަކުން ފުދޭނެތޯ؟ އަންހެނާގެ އަޑުވެސް އަޢުރައަކަށްވެދޭ................
އަބްދުއްލާ އަލީ
31 January 2017
އިސްލާމް ދީނުގާ ހަމަ އެކަނި އޮތީ މޫނުބުރުގާ އެކަނިތަ ؟ އިސްލާމްދީނުގާ ދީނުގެ ހުކުމްތަކާ އެއްގޮތަށް އުޅޭމީހާ ހުންނަންޖެހެނީ ގޭގަ . ދުވާލު ހަތަރުދަމު މޫނުބުރުގާއަޅައިގެން ބޭރު ތެރޭ އުޅޭ ގޮތަކަށް ހަމަޖެހިފައެއް ނޯވޭ . އަންހެނާގެ އައުރަޔަކީ މޫނާ ދެއަތްތިލަ ނޫނަހާ ތަންނަން ، ރަސޫލުﷲ ގެ ފާނު ގެ އަނބިއަނބި ކަނބަކުން މުޅި ހަށިގަނޑު ނިވާ ކުރުމަށް އަމުރު އައިސްފައިވޭ ގާގަ ތިއްބެވުމަށާ ފަރުދާ ގެ އަނެއްފަރާތުގާ ނުތިއްބަވާ ބައްދަލު ކުރެވޭނެ ފަރާތްތަކާ އެނޫންފަރާތް ތަކާ ބައްދަލު ކުރެވޭނީ ފަރުދާވެ ތިއްބަވައިގެން ކަންވެސް އންގަވާފައިވޭ ،
މުހައްމަދު
31 January 2017
މުނު ބުރުގާ އެޅުން މައްސަލައަކީ ދެން ފޫކޮޅު ފެންނަ ވަރުގެ ގަޔަށް ބާރު ހެދުން ހަމަ އޯކޭ މީ ހެއްވާ ކަމެއް
އަލިފް
31 January 2017
ޙިޖާބު ވުން ހަަމަ ވަރަށް ރަނގަޅު. އެކަމު ޙިޖާބުގައި މިހާ ގަދަޔަށް ހިފައިގެން މިއުޅެނީ ހަމަ އެހާ ސީދަލަށް ތޯ އުޅެވެނީ. އަންހެނުން ތިބެން ވީ ގޭގައި. އެއީ އެންމެ ބޮޑަށް ދީން ބާރު އަޅާގޮތް. އެހެން ނޫނީ ފިރިހެނުންނާއި ބައްދަލުކުރަން ނުޖެހޭ ގޮތަށް ވަޒީފާތަކުގެ މާހައުލު ބައްޓަންކޮށް އެފުރުސަތުތައް އަންހެނުން ހޯދުމުން ހައްލުވީ
ސަންޕަ
31 January 2017
މޫނު ފޮރޔވަިގެން ތިބޭ މީހުން ސްކޫލަށް ކުދިން ބަލާވެސް ދޭ. މިދާ މީހުންގެ އައިޑެންޓިޓީ ނުބަލާ ކުދިން އެމީހުންނާ އެކީގަ ސްްކޫލުން އެބަފޮނުވާލާ. މީ ވެސް ކިހާ ބިރުވެރިކަމެއްތޯ؟
ގުއި ސައްޕެ
31 January 2017
ޚޮބާ ތޯ މިއަދު 23 އިއްތިހާދު. ދީނަށްޓަކައި ޤައުމަށްޓާކައި