ނިހާން: އޭނާއާ ދެކޮޅަށް ހަތަރު ދައުވާއެއް ކުރާއިރު މިރޭ އޮތީ ޓެރަރިޒަމްގެ ދައުވާގެ ހުކުމް --ފޮޓޯ/ފޭސްބުކް
10 ޖޫން 2016 - 14:59
ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރު ނެރެފައިވާކަން ދެއްކުމަށް ސައްހަ ނޫން ލިޔުމެއް ހެދި މައްސަލާގައި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ހުކުމް މިރޭ އިއްވަން ހަމަޖައްސައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދަންވަރު މާމިގިލީ ކޯޓު ހުޅުވައިގެން ކ. މާފުށީ ކޯޓުގެ ނަމުގައި ފޭކް އަމުރެއް ތައްޔާރުކުރި މައްސަލާގައި ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން މިރޭ އިއްވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާގެ ހުކުމެވެ. އިތުރު ތިން ދައުވާއެއް ވެސް އެ މައްސަލާގައި ނިހާންގެ މައްޗަށް ކުރިޔަސް އެ މަައްސަލަތަކުގެ ހުކުމެއް މިރެއަކު ނީއްވާނެ އެވެ.
ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ނިހާންގެ މައްޗަށް ސާބިތުވެއްޖެ ނަމަ ދިގު މުއްދަތުގެ ޖަލު ހުކުމެއް އޭނާ އަށް އަންނާނެ އެވެ. އެކަމަކު ކުށް ސާބިތުވިޔަސް ފަނޑިޔާރުކަމުގެ މަގާމު އޭނާ އަށް ނުގެއްލޭނެ އެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތުންނެވެ.
އެ މައްސަލާގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ރޭ ވަނީ ހުކުމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެނާ
10 June 2016
ރަނގަޅު. 10 އަހަރަށް ޖަލަށްލާ
ލަބީދު
10 June 2016
ކެންގަރޫ ކޯޓު.............ބުހައް ހާ......!!!!!
އުމަރު
10 June 2016
ހީވަނީ 17 ވަރަކަށް އަހަރު އަންނާނެހެން، ބަލަ ރައީސް ޔާމީނުއާއި ޖެހޭ ކޮންމެ މީހަކަށް ތިޔަގޮތަށް ހަދާލާނެ، އެކަމަކު ހާސްނުވޭ ދެން އޮތީ 2 އަހަރު ހަމަ ގައިމުވެސް ބަދަލުތަކެއް އަންނާނެ