ފަސްޓް ލޭޑީ މެޑަމް ނ. ލަންދޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.--ފޮޓޯ: ފަސްޓްލޭޑީ ސޯޝަލް މީޑިއާ
04 ފެބުރުއަރީ 2017 - 12:06
އެންމެ ގާތުން ރައްޔިތުންގެ ހާލު ބެއްލެވުމަށް ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމް ނ. އަތޮޅުގެ ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފި އެވެ.
މެޑަމް އޮފީހުގެ ފަރާތުން ވާހަކަދައްކަވަމުން އަދުލީ އިސްމާއިލް ވިދާޅުވީ އެ ދަތުރުފުޅުގައި ކެނދިކުޅުދޫ، ލަންދޫ، ހޮޅުދޫ، މަނަދޫ އަދި ވެލިދު އަށް މެޑަމް ވަޑައިގަންނާނެ ކަމަށެވެ. އިއްޔެ ފެއްޓެވި މި ދަތުރުފުޅުގައި ލަންދު އަށް ވަޑައިގެން، އެކަމަނާ ވަނީ ފަސްޓް ލޭޑީ ބަށި ބޯޅަ މުބާރާތް ވެސް ފައްޓަވައިދެއްވާފަ އެވެ.
އަދުލީ ވިދާޅުވީ މެޑަމްގެ މި ދަތުރުފުޅުގައި، އެ ރަށްރަށުގެ މީހުންނާ ބައްދަލުކުރައްވައި ހާލު ބައްލަވާނެ ކަމަށެވެ. އަދި ހާއްސަ އިސްކަމެއް ދެއްވައިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި އެކަނިވެރި މައިންނަށް ބައްދަލުކުރައްވައި ދިމާވާ ދަތިތައް ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.
"މި ދަތުރުފުޅުގައި ރައްޔިތުންނާ ވީހާ ވެސް ގާތުން މެޑަމް ބައްދަލުކުރައްވައި ހާލު ބައްލަވާނެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނާއި އެކަނިވެރި މައިންނާ ވެސް ބައްދަލުކުރައްވައި ދަތިވެފައި ހުރި ކަންތައްތަކާއި ބޭނުންވާ ކަންކަމުގެ މައުލޫމާތު ބެލެވިގެންދާނެ،" އަދުލީ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމް، ލަންދޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.-- ފޮޓޯ: ފަސްޓް ލޭޑީ ސޯޝަލް މީޑިއާ
މި ދަތުރުފުޅަކީ މިދިޔަ މަހު މެޑަމް ފެއްޓެވި "އެންމެ ގާތުން" ކެމްޕެއިންގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ. އަދުލީ ވިދާޅުވީ މި އަަހަރުގެ ތެރޭގައި ވެސް އެ ކެމްޕެއިންގެ ދަށުން ރާއްޖޭގެ ގިނަ ރަށްތަކަކަށް ޒިޔާރަތްކޮށް އެންމެ ގާތުން ރައްޔިތުންގެ ހާލު ބައްލަވާނެ ކަމަށެވެ.
"މިއީ ސިޔާސީ ކުލަ ޖެހުމަށްވުރެ ބޮޑަށް، މެޑަމް ކުރައްވަމުން އަންނަ އިޖުތިމާއީ މަސައްކަތެއް،" އަދުލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަކި ސިޔާސީ ޕާޓީއަކަށް އަދި ވަކި މީހަކަށް ބެލުމެއްނެތި ހުރިހާ އެންމެންނާ ވެސް މެޑަމް ބައްދަލުކުރައްވާނެ ކަމަށެވެ.
މެޑަމްގެ އަރިހުގައި މި ދަތުރުފުޅުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދުު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިދާޅުވިގޮތެއް
05 February 2017
އޭރުވެސް ތިބީ ކައިގެން ، މިހާރުވެސް ތިބެނީ ކައިގެން ، ކަމަނާގެ ދަތުރުފުޅުގައި ބައިވެރިވި އެންމެ ބޭފުޅުން ކޮންމެ ރަށަކުންވެސް ފަރީއްކުޅުއްވަނީ ކުކުޅު ، ރަށުގެ ރައްޔިތުން ފަރީއްކުޅުއްވީ ގަރުދިޔަ ކޮޅަކާ މަސްކޮޅެއް ، ބަލިވެ އޮތްމީހައޮތީ ބަލިވެ ، 50 ރުފިޔާއަށް ވުރެ އަގުބޮޑު ބޭސް ގަތީ އަމިއްލައަތުން ރުފިޔާ ޚަރަދު ކޮށްގެން. މިވަރު އަހަރެން ރަށުގަ ހުރިމާހާއަށްވެސް ޙާލުބަލަން އެނގޭ.
ގާދިރު
05 February 2017
ރައްޔިތުންގެ ޙާލު ބައްލަވަން ތިޔަ ޚަރަދުކުރައްވަނީ ކޮންތާކުން ހޯއްދަވާ ފައިސާއެއްތޯ ބަލަން އެބަޖެހޭ، ކާޑު އަގުބޮޑުކޮށް ރައްޔިތުން ހާލުގަ ޖެއްސުމަށްފަހު އިންތިޚާބުތައް ކައިރިވީމާ ތިއަކުރައްވަނީ ކޮންކަމެއްކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ، އަދި ވޯޓުން އެކަން ސާބިތުކޮށްދޭނެ ރައްޔިތުން
Maldives
05 February 2017
ހާލުބަލާނަމުގަ ކުރަނީ ކެމްޕައެއިން.
ހާލު
05 February 2017
ރައްޔިތުންގެ ހާލުބަލަން މެޑަމަކަށް ނުޖެހޭނެ. އެ ޒިންމާ ޙަވާލުކޮށްފައިވަނީ އެކަމަނާގެ ފިރިކަލުންނާ. ދެން ރައްޔިތުންގެ ޙާލު އެނގިވަޑައިނުގަންނަވާނީ ހިތާމަކުރަން. ރައްޔިތުމީހާގެ ބުރަކަށްޓަށް ލުއިވާނެ އެއްކަމެއްވެސް ކަމަނާގެ ފިރިކަލުންގެ ސަރުކާރުން ނުކުރައްވާ. ބަދަރާއި ބަށިކޯޓް އަދި ފުޓް ސަލް ދަނޑު ހެދިޔަސް އިޤްތިޞޯދީ ތިޔާގިކަމެއް ނާދޭ. ހަނޑޫ، ހަކުރު ފުށް، ކަރަންޓް، ފެން ވީ އަގުބޮޑު ދެން ކިހިނެތްތަ ހާލުހުންނާނީ.
އުދުހޭ
04 February 2017
ރައްޔިތުންގެ ސިޔާސީ ކަންކަމަށް ފަރިތަކަން އެނގޭނީ ރަށައަށް އަރަން އަންނަ މީހާ ނުހުއްޓުވާ، ސަލާމްކުރަންއަންނަ މީހާއާ ސަލާމްވެސް ކޮށްފަ ވޯޓާ ޖެހުނީމަ ކޮރަޕްޓް ސަރުކާރަށް ނޫނެކޭ ބުނީމަ!
މެންޓަލިސްޓް
04 February 2017
ރައްޔަތުންގެ ހާލުއޮތީ ވަރަށް ސަކަރާތްކޮށް ،،، ލިބޭމިންވަރު އިތުރެއްނުވޭ ،، އެކަމު ކަރަންޓާޢި ފެނާޢި ކާބޯތަކެތީގެ އަގު އިންތިހާޔަށް މައްޗަށް ހިނގައްޖެ ،،، އެހެންވީމައި ރައްޔަތުންނަށް ދަތިތަކާ ކުރިމަތިލާނެ ،، ،ދެން ރާއްޖޭގެ އިގްތިސޯދްއޮތީ ފުނޑިފައި ،، މަރުކަޒީބޭންކް އޮތީ ބިިލިއަނުން ދަރާފައި ،، މިހާރުވެސް 200މ ޑޮލަރުގެ ބޮންޑް ނުވިކިގެން އެއުޅެނީ ،،، އެހާލުގައި އޮތީ ،، ޕީޕީއެމް ގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ފަޅުތަކާޢި ރައްތަށް ވިއްކާފައި އެފައިސާވެސް ޖީބަށް ޖަހައިލީ ،،، ވަރަށްވެދުން ،،،
ލާރޖްތިންކް
04 February 2017
މަމެން ޕިންކީންގެ ވެރިކަމުގައި މިވެރިކަން ދިފާއު ކުރުމަށް ޓަކައި ފަަސްޓް ލޭޑީ ކުރައްވާ ބުރަ މަސައްކަތް ތަކަކީ އެއީ ފާހަގަ ކުރަން ޖެހޭނެ ކަންކަން. ނޫނު އަތޮޅަށް ދެން ތަރައްގީ އަންނާނެ ކަން މަމެން ޔަގީކުަރަން އަދި މާފަރު އެއާރޕޯރޓް އެމްޓީސީސީ އަށް މިމަހު ހަވާލުކުރާނެ ކަމާއި މެދު ޔަގީން މަމެންނަށް. އަދި މިފަދަ ކަންކަން ރަނގަޅަށް ކުރިމަގުގައި ގެންދިއުމަށް ޓަކައި ގާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) ބަދަލު ކުރަންވީ ދިވެހިިރާއްޖޭގެ އިދާރީ ދާއިރާ ތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ. އެއިރުން ދެން ވަރަށް ބިއުޓިފުލް ކޮށް ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ވެގެން ދާނެއެވެ. އައި އޭމް ގޮނާ ގިވް ޔޫ ވަޓް އައި ހޭވް އެން ޔޫ ގޮނާ ގިވް މީ ވަޓް ޔޫ ހޭވް. ނާނާނާނާ، މިކަމަކީ އެއީ ނުވާނެ ކަމެއް ނޫން މަމެން ޕިންކީންގެ ޕީޖީ ގްރޫޕް ލާރޖް ޕްލޭނެއް ކޮށްފިނަމަ..
ކޮށްދީދެން
04 February 2017
ރައްޔިތުންގެ ހާލު ގާތުން ފަސްޓް ލޭޑީ ބެއްލެވުމަށް ޓަކައި ނޫނު އަތޮޅަށް ވަޑައިގެން އެކުރައްވާ މަސައްކަތް ތަކަކީ އެއީ ފާހަގަ ކުރަން ޖެހޭނެ ކަންކަމެވެ. މިދަނީ ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ވަމުންނެވެ. ރާއްޖެ ފަދަ މީހުންގެ ހޭލުންތެރިކަން ކުޑަ މުޖުތަމައެއްގައި އޮންނަން ޖެހޭ އެއްބައިވަންތަ ކަން ދެމެހެއްޓުމަށާއި އަދި ބަޖެޓް އަރަނި ކުރުމަށް ޓަކައި އެބަޖެހޭ މަޖްލީހުގެ މެޖޯރިޓީ ލީޑަރު އިސް ނަގައިގެން ގާނޫނު އަސާސީގެ ހަތަރު ވަނަ ބާބުގެ 107 ވަނަ މާއްދާގެ (ހ) ގައި އޮތް 5 އަހަރު 10 އަހަރަށް ބަދަލު ކޮށް މިހާރު މިހިނގާ ވެރިކަން 17 ނޮވެމްބަރ 2013 އިން ފެށިގެން 10 އަހަރު ވަން ދެން ދެމިއޮންނާނެ ކަަމަށް އަދި 10 އަހަރުގެ ކުރިން ރިޔާސީ އިންތިޚާބެއް ބާއްވަން ނުޖެހޭނެ ކަމަށް ހަދަން. މީ ނުކުރެވެންވީ ކަމެއް ނޫން މަމެން ވިސްނާއިރު ދޯ.
އަހްމަދު
04 February 2017
މެޑަމް ފާތުމަގެ ހައިސިއްޔަތަކީ ކޮބައިތޯ. ދިވެހިން ވޯޓްދިނީ ރައީސް ޔާމީނަށް. ފާތުމައަކަށް ނޫން. ހާލު ނުބެއްލެވި ނަމަވެސް ބަޔަކަށް އެކައްޗެއް ވެސް ނުކިޔޭނެ. ޔާމީނަށް އަހަރުމެންނާ ކައިރިއަށް ނާދެވޭނަމަ އިސްތިއުފާ. ތިޔަ ދަތުރުގެ ޚަރަދު ކުރަނީ ދައުލަތުގެ ބަޖެޓުންތޯ. މެޑަމް ފާތުމަގެ ޖީބުފުޅުންތޯ.
ޕްލޭންވެލް
04 February 2017
މަމެން ޕިންކީންގެ ވެރިކަމުގައި ފަސްޓްލޭޑީ ނޫނު އަތޮޅަށް ކުރައްވާ ދަތުރު ފުޅުގައި ރަނގަޅު ނަތީޖާ ނިކުންނާނެ ކަމަަށް މަމެން މިދެކެނީ. ހަމަ އެއާއި އެކު ޕީޕީއެމް އެމްޑީއޭ ކޯލިޝަން އިން މަޖްލީހުގެ ސުޕަރ މެޖޯރިޓީ ނަގަން އެބަޖެހެއެވެ. އެގޮތުން ރަންރީނދުލޭ އެމްޕީން ނަށް ސެންކްޝަންސް ތައް ކުރިމަތި ކުރުވައިގެން އެބަޖެހޭ އެމެންގެ ވޯޓާއި އެކު ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ހ) މިދަންނަވާ ގޮތަށް ބަދަލު ކޮށްލަން. އެއީ ކައުންސިލު ތައް އިންތިޚާބު ކުރާ މާއްދާ ބަދަލު ކޮށްލަންވީ ކައުންސިލު ތަކަށް މެމްބަރުން އައްޔަން ކުރައްވާނީ މިގޮތަށް. އަދި ކައުންސިލު ތަކަށް އައްޔަން ކުރާނީ މަޖްލީހުން ރުހުން ދޭ މެމްބަރުން ކަމަށް ހަދަންވީ އެވެ. އެއިރުން ބައި ބިލިއަން ރުފިޔާ ކުރިމަގުގައި ސަލާމަތް ވެ ރާއްޖޭގެ ބަޖެޓް އަރަނިވެ ލާމަރުކަޒީ ނިޒާމް އަކީ އެއީ ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރާއި ގުޅިގެން ކުރާ ބަޔަކަށް ވެގެން ދާނެއެވެ.