މަހްލޫފް މުޒާހަރާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ: އޭނާ ދަނީ 10 މަހުުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން- ފޮޓޯ: ފޭސްބުކް/މަހްލޫފް
09 ފެބުރުއަރީ 2017 - 14:40
ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިބީ ބިރުވެރިކަމުގައި ތާށިވެފައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މަހްލޫފްގެ ފަރާތުން ރައީސް ޔާމީންގެ ރިޔާސީ ބަޔާނާ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ރިޔާސީ ބަޔާން އިއްވެވިއިރު، ރައީސް ޔާމީންގެ މޫނުފުޅުމަތިން ފެނުނީ ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމާއި މާޔޫސްކަން ކަމާއި އިތުބާރު ނެތުން ކަމަށެވެ. އަދި 21 ވަނަ ގަރުނުގެ "ގަޓު ހުރި" ރައީސަށް މި އަހަރު ވެސް މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަން ކެރިވަޑައިނުގަތުމަކީ ލަދުވެތި ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
މަހްލޫފް 11 މަހަށް ޖަލަށްލާފައިވާ ކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ކުރިފުޅުމަތީގައި ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވިއިރު، މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް 25 އަހަރަށް ޖަލަށްލާފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ ގިނަ މަޖިލިސް މެމްބަރުން ތިބީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ބިރުވެރިކަމެއްގައި ފިތިފައި ކަމަށާއި އެ މީހުން ލައްވައި ކުރުވާ ކަމަކީ ބޭނުން ގޮތަކަށް ގާނޫނުތައް ހެދުން ކަމަށް މަހްލޫފް ވިދާޅުވި އެވެ.
"މެމްބަރުން ލައްވާ ފާއިތުވި އަހަރު ވެސް ކުރުވި ކަމަކީ ޒާތީ މަސްލަހަތަށްޓަކައި ގާނޫނު އަސާސީއާ ޚިލާފު ގާނޫނުތައް ފާސް ކުރުމެވެ، މި ހުރިހާ ޖަރީމާތަކަށް އެއްބާރުލުން ދެއްވާ ބައިވެރިއަކީ މަޖިލިސްގެ ރައީސް އަބްދުﷲ މަސީހެވެ،" މަހްލޫފުގެ ބަޔާނުގައި ވެ އެވެ.
އޭނާ ވިދާޅުވީ ބޮއްސުންލާފައިވާ ޝަރުއީ ދާއިރާ އާއި ބިރުވެރިކަމުގެ ތެރެއަށް ވެއްޓިފައިވާ ސިޔާސީ ބައިބައިވުމާއި ރައްޔިތުންގެ ހައްގުތައް ފޭރެމުންދާ ދިއުމާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސް ކުރަމުންދާ ދިއުމާ މެދު ރިޔާސީ ބަޔާނުގައި އަލި އަޅުވާލާފައި ނެތް ކަމަށެވެ. އަދި މީޑިއާ އަށް ކުރިމަތި ކުރަމުންދާ ހުރަސްތަކާ މެދު ވެސް އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ނެތްކަން މަހްލޫފް ފާހަގަކުރެއްވި އެވެ.
އަބުރު ރައްކާތެރި ކުރުމާ ބެހޭ ގާނޫނެއް ވުޖޫދަށް ގެނައި ވާހަކަ ރިޔާސީ ބަޔާނުގައި ވިދާޅުވިއިރު، އެއީ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ ރައްޔިތުންނާ ހަމައަށް ގެނެސްދިނުން ހުއްޓުމަކަށް ގެނައި، ބިރުދައްކަން ފާސްކުރި ގާނޫނެއް ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ. ރައްކާތެރި އަމާން މާހައުލެއް ގާއިމް ކުރެވުނު ކަމަށް ރައީސް ވިދާޅުވިޔަސް މި ވެރިކަމުގައި 30 ވަރަކަށް ޒުވާނުން މަރާލާފައިވާ ކަމަށާއި އެތައް ބާވަތެއްގެ ކުށްތަކެއް އިތުރުވިކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށް މަހްލޫފްގެ ބަޔާނުގައިވެ އެވެ.
ފެނާއި ކަރަންޓާއި މުދަލުގެ އަގު އުފުލެމުންދާއިރު ދައުލަތުގެ ދަރަނި އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށާއި ޑޮލަރު ރިޒާވް ވެސް 50 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވި ކަމަށް ބުންޏަސް މިދިޔަ މަހު ފުލުހުންނަށް މުސާރަ ދިނުން ލަސްވިކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އާ 64،000 ވަޒީފާ އުފެދުނު ކަމަށް ރައީސް ޔާމީން ވިދާޅުވިޔަސް ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކަނީ އިތުރުވީ 7،000 ވަޒީފާ ކަމަށް މަހްލޫފް ވިދާޅުވި އެވެ. އަދި ގާކޮށްޓާއި އަރަބިއްޔާ ހުރި ތަނުގައި އެޅި ފްލެޓްތަކަށް ދައްކަންޖެހޭ ކުލި 33،000ރ. އަށް މަތި ކުރުމަކީ އިންސާނިއްޔަތު ކަމެއް ނެތްކަން ދައްކުވައިދޭ ކަމެއް ކަމަށް އެ ބަޔާނުގައި މަހްލޫފް ވިދާޅުވެފައިވެ އެވެ.
ފުލުހުންނަށް ހުރަސް އެޅުމުގެ ދެ ކުށެއް ސާބިތުވެގެން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދާ މަހްލޫފް ރިޔާސީ ބަޔާނަށް ފާޑު ކިއިއިރު އިދިކޮޅު އެމްޑީޕީން ވެސް ވަނީ އެ ބަޔާނަށް ފާޑު ކިޔައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރާސިލް
10 February 2017
ފިތިފައި ތިބީ ކޮންބައެއްކަން އެންމެ ރަނގަޅަށް އެނގޭނީ މަޚުލޫފަށެވެ. އެއީ އަމިއްލަ މީހާއަށް އޮތީ ކިހާވަރެއްގެ ފިއްތުމެއްކަން އެމީހަކަށް އެނގޭނެތީއެވެ.
މާނު
09 February 2017
ޕީޕީއެމްގެ މަޖިލީހުގެ މެންބަރުންގެ ވާހަކަނުދައްކާ އެއީ މިގައުމުގައިތިބި އެންމެ ނިކަމެތި ކުދިންކޮޅު ދައުލަތުގެ ހުރިހާޕްރޮޖެކްޓެއް ބިޑުކުރުމެއްނެތި ބޭނުންބަޔަކަށް ދެެވޭގޮތް ހެދީ މި ނިކަމެތި ކުދިންކޮޅަށް ދައުލަތުގެ ހުރިހާ ޕްރޮޖެކްޓްތަކެއްދޭންވެގެން އެކަން އެންމެ ފާޅުކަންބޮޑުގޮތެއްގައި މިހާތަނަށް ކުރިސަރުކާރަކީ މި ސަރުކާރު ދެންމިވާގޮތަކީ އެއްޗެއް ހަމަބުނާ ކޮންމެ މީހެއްގެ މިލިޔަނުން ޕްރޮޖެކްޓް ގެލޭނެ އެހެންވީމާ ކުޑައިކޮށް ފިތޭނެ ދެއްތޯ މަހުލޫފުވެސް ތިޔަޒާތުގެ ވާހަކަނުދައްކާ ދައްކާތީ ޖަލަށްލީވެސް އަދިވެސް ލާނެ އެލަނީވެސް ހަމަލާންވެގެންކަމަށް މިބުނިދައުލަތުގެ ފައިސާއިން ނާޖާއިޒު ބައިއަޅާމީހުން 24ގައިޑިއިރު ދިވެހިންނަށް ވިސްނައިދޭން މަސައްކަތްކުރާނެ އެކަމަކު މިހާރު ގިނައީ ތަންދޮރުދަންނަ ދިވެހިން ދިވެހިންނަށް ވާނުވާއެނގޭ ސަރުކާރަށް ނޭންގުން އެއީ ސަރުކާރުގެ މައްސަލައެއް
ގޯނި
09 February 2017
މިސަރުކާރެއް އައިފަހުން ހާރަކަސް ތަރާވީހަކަސް މަޖިލީސް އެ މަޖިލީހެއް ބޭނުންކޮށްގެން ހުރިހާ މުއައްސަސާތައް ނުކުޅެދޭ ތަންތަނަށް ހަދީމާ ދެން ކިހިނެއް ސަރުކާރު ހިނގާނީ ދޯ މަޖިލީހުގައި ތިބި މީހުންނަށް ލާރިދީގެން ގަތީމާވީގޮތަކީ ކޮރަޕްޝަންގެ ވާހަކަ ރިޝްވަތުގެ ވާހަކަ ދައްކަން އެ ކުދިން ލަދުގަނެއްޖެ އެހެންތާވާނީ އެންމެ ފުރަތަމަ ދައްކަންޖެހެނީ ތިމާމެންގެވާހަކަ އަދި މޮޅުކަމަކީ މިމީހުން އަމިއްލައަށް ދައުލަތުން ވަގަށްނެގި ފައިސާ ގޯނިގޯނީގައި ބެހިވާހަކަވެސް ދެއްކީ މިވަރު ގަމާރުބަޔަކު ގޮވައިގެން ގައުމުހިންގާނެ ފޯމިއުލާއެއް ނުހޯދިގެންއުޅެއުޅެ މިގައުމު މި އިނދަޖެހުނީ
ނަދުރު
09 February 2017
ބޮޑުމެޖޯރިޓީއެއްލިބި އެމެޖޯރިތީގެ ބެނުން ހިކްމަތްތެރިގޮތެއްގައި ކުރަންނޭންގު ސަރުކާރަކީ ހަމަ ޕީ.ޕީ.އެމް ގައިމު އެމް.ޑީ.ޕީއަށް ބުނަން އޮންނާނެ މެޖޯރިޓީއެއްވެސް ނެތޭ މިހާރުމިވާގޮތަކީ ރައްޔިތަކަށް ނިކަމެތިކަމެއް ދޭންވެއްޖިއްޔާ މިމެންބަރުންތައް ނިކަން ފޯރިހުންނާނެ ރޭގަނޑު ހޭލާަތިބެގެން ގައުމު ވިއްކާލުމުގެ ބިލު ކޮންމެ އަހަރު ބަޖެޓްފާއްކުރަންވީމާ އެކި ޒާތްޒަތުގެ ޓެކްސް ނެގުމާ ޑިއުޓީބޮޑުކުރުމާ ރައްޔިތުން ފެލުން އެންމެފަހުން ކާޑުގެ އަގުވެސް ޑަބަލް އަދި ނުވިތާކަށް ކަރަންޓްބިލުވެސް ދެދުވަހުން އެއްދުވަހު ބޮޑުކުރާނެ މި ގައުމުގައި ރައްޔިތުންނަށް ޖެހުނު ހުރިހާ ބުރައެއް މި ޖެއްސީ ތިޔަ ޕީޕީއެމްގެ މަޖިލީސް މެންބަރުން ލައްވާ
މުނީރު
09 February 2017
ފިތިފައިތިބީ އެކަންޏެއްނޫން މިގައުމުގެ ގާނޫނުއަސާސީއާ ގާނޫނުތައް ކޮށާމަށާ ހަލާކުލޮށް ހުރިހާ މިނިވަންމުއައްސަސާތައް ނުކުޅެދޭތަންނަށްހަދާ ޖުޑިޝަރީވެސް ފިއްތައިގެން މިގައުމުގައި ހިނގާ ހުރިހާ ކަމަކަށް ރަބަރު ތައްގަނޑު ޖަހައިދޭ ތަނަކީ ތިޔަ މަޖިލީސް އެހެންތާވާނީ ގާނޫނުހަދަންވެސް ހުސް އެކްޓިވިސްޓުން ގާނޫނުތަކުގެ ފެންވަރަކީ އެކްޓިވިސްޓުންގެ ފެންވަރު
މުނާ
09 February 2017
މަހުލޫފު ވިދާޅުވިއަސް ތެދެއްވާނީ ހަމަ ތެދަކަށް އެބުނާ ފައިސާތައް ގޯނިގޯންޏަށް އަޅައިގެން މެންބަރުންގެ ގޭގެއަށް ހިނގީ ތިމަންމަނިކުފާނޭ ކޮންމެެވެސް މެންބަރަކު މޭގަ އަތްޖައްސަވާ ވަރަށް ޖޯޝާއެކު ވިދާޅުވާތީ އަޑުއިވުނު އެހެންވީމާ އަދި ފިތޭވަރު ކުޑަތާ
ކީއްކުރާނީ
09 February 2017
ފިތިފައި ތިބުން މާ ރަނގަޅު ތިގޮތަށް ދޫވެފައި ތިބުމަށް ވުރެން. އެއިރުން ޖަލުން އަރައިގަނެވޭނެ ވިއްޔާ. ތަމެން ތިޔާ އުޅެނީ ތިޔާ ޖަލަކުން އަރައި ނުގަނެވިގެނެއް ނޫން ދޯ. ކީއްކުރާނީ.
ކަލޯގަޔާ
09 February 2017
ހިޔަޅުވެސް ބުނީ މޭބިސްކަދުރަކީ ހިތިއެއްޗެކޭ އެކާން ނުލިބުނީމާވާނީ އެހެންތާ ހަމައެގޮތަށް އަޅުވެތިކަން ރަނގަޅޭވެސް ބުނެވެނީ ހަގީގީ މިނިވަންކަމުގެ ފޮނިމީރުކަން ނުލިބޭތީ އެއީ މަހުލޫފުގެ މައްސަލައެއްނޫން އަދި އެހެންމީހެއްގެ މައްސަލައެއްވެސް ނޫންދޯ އެއީ ދިވެހިންނަށް މިހާލު ޖެއްސި ސަރުކާރުތަކުގެ މައްސަލައެއް
ޚޖޖހ
09 February 2017
ދެން ކަލޯ އޮންނަންވީނު ނުފިތި ޖަލުގަ.
މަހޭ ނެތިދާނޭ
09 February 2017
މަޙްލޫފް އަކީ ވަރަށް ހަބޭސް މީހެއް
ލޯބި ދައްތަ
09 February 2017
ޖަލުގަ ތިބޭ އެހެންމީހުންގެ ވާހަކަތަށްވެސް މިހާރުގެ ފަރާތުން ގެނެސްދެއްވުން އެދެން.... ތެންކިއު