އިސް ތަރުޖަމާނު ހީނާ ވަލީދު: ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ސަރުކާރުން ނޫޅޭ ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
26 ޖެނުއަރީ 2025 - 15:04
ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ގާނޫނެއް ހެދުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓްކުރާ ބިލެއް ތައާރަފް ކުރަން ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް އެފަދަ ބިލެއް ހިމަނާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ބިލެއް ތައާރަފް ކުރުމުގެ ވިސްނުމެއް ނެތް. ކުރިން ވެސް ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު،" ހީނާ ވިދާޅުވި އެވެ.
"މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ގާއިމްކޮށް ދެމެހެއްޓުން."
ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ބިލެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ. އެ ބިލްގެ މަސައްކަތް އޭނާ ކުރައްވަމުންދަނީ ސެލްފް ރެގިއުލޭޓަރީ ނިޒާމަކުން ނޫސްވެރިކަން ރެގިއުލޭޓް ކުރެވެމުން ނުދާތީ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ބެލެވޭ ގޮތުގައި އޭނާ މަސައްކަތް ކުރައްވަނީ އަމިއްލަ ގޮތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވުމަށެވެ.
މީގެކުރިން ތުޅާދޫ ދާއިރާގެ މެންބަރު ހަންނާނު އަބޫބަކުރު ވެސް ވަނީ "މީޑިއާ ކޮމިޝަން ބިލް"ގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ. އެ ބިލްގައި ނޫސްވެރިންގެ އެތައް ކަންބޮޑުވުންތަކެއް ހުރުމުން، އެކަމާ ދެކޮޅަށް ކުރި ކެމްޕެއިނާ އެކު ބިލް އަނބުރާ ގެންދިޔަ އެވެ. އެ ބިލަކީ ވެސް ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ބިލެއް ނޫން ކަމަށް އޭރު ސަރުކާރުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަމަ
27 January 2025
މި ސަރުކާރުން ކުރަން އުޅޭކަމަކީ ސޯޝަލް މީޑިއާ ރެގިއުލޭޓްކުރުމުގެ މަސައްކަތް ކުރުންކަމަށް ރައްޔިތުންގެ މަޖްލީހުގެ ނައިބް ރައީސް ނާޒިމް ވިދާޅުވި އޭނާ ވިދާޅުވީ ތިމަންނަ މިދަނީ އޭގެ ބިލެއް ފަރުމާކުރަމުންނޭ މިކަހަލަގޮތަކަށް އަބަދުވެސް މިސަރުކާރުން ބަލާނީ ތެދެއް ހެދެންއޮއްވާވެސް ދޮގެއް ހެދޭތޯ!
ކޮލަމާހުއްޓާ
27 January 2025
ދައުލަތުންކުރާ ވައްކަންތައް ރައްޔިތުންނާ ހަމަޔަށް ގެނެސްދޭތީ ކުރަން އުޅޭކަމެއް. ތިކަމެއްނުވާނެ މިޒަމާނަކު. ހީނާމެން ރޯމާދުވާލު އެންސްޕާ މެދުވެރިކޮށް ވައްކަން ކުރާތީ އެވާހަކަ ދައްކަނީ
ޓިނު
26 January 2025
މިއޮތީވާ ކަމެއް،
ޔަަާަރާަ
26 January 2025
ނޫސްތަކަށް މިނިވަންކަންދޭންޖެހޭނީިވެސް ވަކި ވަރަކަށް.
ސާދު ގުރޫ
26 January 2025
އެންމެފުރަތަމަ ކުރާމަކީ މީހަކުލައްވާ ކުޑަކޮށް ވަކަރަށްޖަހާލަނީ ރައްޔިތުންގެ ވިންދުހުރިގޮތް ބަލާލަން. ރައްޔިތުން ފެލެގެންފިއްޔާ "މަށެއްނޫން" މޯޑަށް ވެއްޓެނީ. ދެން މިފަލްސަފާއަށް ކިޔާނެނަމެއް ކިޔަންވީ.
ރާހިލް
27 January 2025
ބަލަ އާހިރަތުގަ ރައްޔިތުންގެ ބަހަކަށްނު ގައުމު މި ހިނގަނީ. އެޔެއްނު ރައްޔިތުން ބޭނުންވާގޮތަކީ. ކަލޭމެން ގޮވީ ރައްޔިތުންގެ އަޑެއް ނާހައޭ އެއްވެސް ސަރުކާރަކުން. މިހާރު މި ފެންނަނީ ރައްޔިތުންގެ އަޑުއަހާ ސަރުކާރެއް
ފިއްތި ސަރުކާރު އައުޓް
26 January 2025
ސާބަހޭ ސާބަހޭ!! ރައްޔިތުން އޮބިއަޅާ ފިއްތައިގެން އުޅޭން ދޭބަލަ ކަލޭމެން ނޯތު ކޮރެއާއަށް. އަހުންނަށް ރަށު ބިޑި އަނބުރަން ޖެއްސީވެސް ހަމަ ފިއްތާ ކޮންޓުރޯލު ކުރަން.
މޮޑަން
26 January 2025
ލާހިކެއްނޫން ނާޒިމްމެނަށް މިޒަމާނަކު އިންޓަނެޓާ ކުޅޭކަށް. އެކުޅެވެނީ އަލިފާނާ. އެއާކުޅޭ ސަރުކާރަކަށް ދެމިނޯވެވޭނެ. މިއީ މައުމޫނުގެ ޒަމާނެއްވެސްނޫން. އެއަށްވުރެ ރައްޔިތުން ހޭލުންތެރި ވެއްޖެ. އަބަދު މިމީހުން މިޖަހަނީ ބައިކޮޅަށް ލަނޑު.
ވާހިދުު
27 January 2025
އިންޓަނެޓަކާ ކުޅޭކަށް ކާކުތަ އުޅެނީ؟ މި ސަރުކާރުން ކުރަން އުޅޭ ކަމެއް ނޫން ތިއަކީ. ހާދަ ވާނުވާއޭދޯ
ޑރ ވާންޗޯ
26 January 2025
ކަމަނާއަށް އެނގިނުލެއްވީތޯ، ރެގިއުލޭޓުކުރަން ބޭނުންވިޔަސް ތިޔަކަމެއް މިޒަމާނަކު ނުވާނެކަން.
ލާމިއު
27 January 2025
އެ ކަމަނާއަށް އެކަން އެނގިލައްވާތީ ރެގިއުލޭޓް ކުރަން ނޫޅެނީ. މިއީ ވާނުވާ ސަރުކާރެއް ނޫނޭ ބަލަ.
ވޮޗްމޭން
26 January 2025
ނޫސްވެރިކަމެއް ނޫން އެހެން ނަމަވެސް ކަންތައްތައް ހުރިގޮތުން ޓިކްޓޮކް ފަދަ ސޯޝިއަލް މީޑިޔާ ޕްލެޓްފޯމްތަކުގައި އަމިއްލައަށް ހުށަހެޅުން ހުށަހަޅައިގެން ލައިވް ކުރާނަމަ ލައިސަންސްއެއް ނަގަންޖެހޭ ގޮތަށް އުސޫލެއް ހެދުން ރަނގަޅު. އާންމު މުޖުތަމައާއި ނުގުޅޭ ދަށު ދަރަޖައިގެ ކަންތައް ކުރާނަމަ ބޮޑެތި ޖުރިމަނާކޮށް ލައިސަންސް ސަސްޕެންޑް ކުރަންވީ.
ޓިކްޓޮކް
26 January 2025
ޓިކްޓޮކަށް ލައިސަންސްނަގަން ރާއްޖެއިން؟. ބޯގަޅިޔަސް ބޮޑުވަރު. ޓިކްޓޮކް ނުބަލަބަލަ އޭރުން އެއްދަރަޖައެއްޗެއްވެސް ނުފެންނާނެ.
ނާޑުވާ
26 January 2025
ކަމަނާއެވެ ދުނިޔެއަކީ އެއްވެސް އިންސާނަކު ތާއަބަދު އުޅޭނެ ތަނެއް ނޫނެވެ. މާތްﷲ އަށް ބިރުވެތިވެ މާތްﷲ ހަރާންކުރެއްވި ކަންކަމާ ދުރުހެލިވެ އާޚިރުގެ ހެޔޮނަޞީބު މިންވަރު ކުރައްވާތޯ މަސައްކަތް ކުރައްވާށެވެ. ދޮގު ހެދުމާ ނަފްރަތު އުފެއްދުމާ އަދި އެކަން ކުރާ ފަރާތްތަކަށް ވާގިވެރިވުމަކީ އުޚުރަވީ ޙަޔާތް ބަނަވެގެން ހިނގައިދާނެ ކަމެކެވެ. މާތްﷲ ކަމަނާއަށް ފުރިހަމަ ޞިއްޙަތެއް މިންވަރު ކުރައްވާށި. އާމީން.