މަޖިލިހުގެ ރައީސް މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ފަހު، ފާރިސް މިދިޔަ ބުދަދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
13 މާޗް 2017 - 13:00
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ ތަހުގީގަކަށް، އޭނާ އެ ކޮމިޝަނަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭސީސީ އަށް އޭނާ ހާޒިރުވާން އެންގީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައާ ދިމާކޮށް، ސިޔާސީ ގޮތުން ޖެއްސުން ކުރުމުގެ ގޮތުން ކަމަށެވެ.
ފާރިސް އޭސީސީ އަށް ހާޒިރުވާން އެންގީ މާދަމާ އަށް ކަމަށް ވެ އެވެ. ނަމަވެސް އޭނާ އެ ކޮމިޝަނަށް ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ.
މަޖިލިހުގެ ރައީސް ކަމުން މަސީހް ވަކިކުރުމަށްޓަކައި 26 މެމްބަރުންގެ ސޮޔާއެކު މިދިޔަ ބުދަދުވަހު މަޖިލީހަށް ހުށަހެޅި ލިޔުމުގައި އެންމެ ފުރަތަމަ ސޮއިކުރައްވާފައި ވަނީ ފާރިސް އެވެ. އަދި އެ މައްސަލަ މަޖިލީހަށް ވެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް އޭނާ އެވެ. އެނގިފައިވާ ގޮތުގައި، މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވެއްދުމަކީ ސީދާ މައުމޫންގެ އިސް ނެންގެވުމެކެވެ.
I have been asked to appear before @acc_maldives This appears to be politically motivated harassment before the Speaker's no confidence vote
— Ahmed Faris Maumoon (@afarismaumoon) March 13, 2017
ފާރިސް ކުރެއްވި ޓުވީޓު.
މަޖިލީހުގެ ރައީސް މަސީހު ވަކިކުރަން ބޭނުންވާ އަދަދަށް ވޯޓު ހަމަވެފައިވާ ކަމަށް "ރާއްޖެ ޓީވީ" ގައި ވާހަކަ ދައްކަވަމުން ފާރިސް އިއްޔެ ރޭ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން ބޭނުންވާނީ 42 މެމްބަރުންގެ ވޯޓު ކަމަށެވެ. އެ އަދަދަށް، ވޯޓު ކަށަވަރުވެ، މަސީހް މަގާމުން ދުރުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.
މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މަސީހު މަގާމުން ވަކިކުރުމުގެ މައްސަލައިގެ ޖަލްސާ މި މަހުގެ 27 ގައި ބާއްވަން ނިންމައި، އެކަމުގެ ނޯޓިސް މަސީހަށާއި މަޖިލިހުގެ މެމްބަރުންނަށް މަޖިލިހުގެ އިދާރާ އިން އިއްޔެ ވަނީ ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނޮ
13 March 2017
ފާރިސަކަށް މަސީހް ދުރެއްނުކުރެވޭނެ ތިއުލުެްވަނީ ތިރީސްއަހަރު ހަދުމަވާތީ ދެނެއް ފާރިސަކަށް އެގަޑުވަރެެއް ނުލިބޭނެ
ފަގީރު ސޮރު
13 March 2017
އޭސީ ސީ އަކީ މަމެންގެ ޕިންކީ ކުދިން ސަލާމަތްކުރަންތިބޭ ހަށިފާރަވެރިންނަށް އިހުޒަމާނު ކިޔާ އުޅުނު ނަމެއް. ދިވެހިން އެތަނެއް މިހާރަކު ބަލައިނުގަނޭ އެހެންނުންވާނީ ނަޒާހަތްތެރިކަން ފްލެޓާއިއެކު ގެއްލި ހިގައްޖެ ވިއްޔާ!
ސާބަސް ދޫންޏާ
13 March 2017
އޭސީސީގެ ނަޒާހަތް ތެރިކަން މިކަމުން އެކަނިވެސް ހާމަވެ ހިގައްޖެއެވެ. ސުބުހާނަﷲ.
ފަރަޝް
13 March 2017
ފާރިޝަށް މިއުޅެނީ ކިހިނެއްވެގެންބާ؟ ގޮތްހުސްވީބާ؟ ފާރިސްމެން ދެން އެއްވެސ2ް ޕާޓީއަކުން ބަލައެއް ނުގަންނާނެ< ރަން 30 ވީމާ އެމީހުން ބޭނުންވާނީ ބާކީކޮށް ލަދުގަންނަވަން. އެކަން އެމީހުން އެކުރަނީ. ފާރިސްމެނަށް އޮޅިފަ ތިއޮތީ
ސޮކްތެރެޕީ
13 March 2017
އެމްޑީޕީ މީހުން މައުމޫނައް އެތެއްއެއްޗެއް ކިޔާފާ މައުމޫން ކުއްވެރިއަކައް ހަދާފާ މިހާރު މައުމޫން ރަގަޅުވީ މީއެމްޑީޕީގެ މަސްސަލައަކީ މިކަހަލަ މީހުންނަ ކިހިނެއް މިރާއްޖެ އިސްލާހުވާނީ.
މިލިޓަރީ
13 March 2017
މިހާރު މައުމޫނައް ހާދަވަރެކޭ އެމްޑީޕީ މިހުން މިހުންނަނީ.
ސަދޫމް
13 March 2017
ކޮއްކޯ މޑޕ ވާހަކަ ނެތެއްނު މިހަބަރަކު.
ގިވްއިން
13 March 2017
ކޮސްގޮވޭއިރުވެސް ނޭގޭދޯ. ޢެމްޑީޕީ ކައިރިޔަށް މައުމޫނޭ މިދިޔައީ. ޢެއީ އެމްޑީޕީ އިން ގޮވި ގޮވެލިފަތި މިހާރު އެއާއިލާއިން ގޮވާތީވެ.
މިފްތާހް
13 March 2017
ސަރުކާރުން ކުރާ މިޒާތުގެ ކަންކަން މީޑިއަގެ ފަލަ ސުރުހީން ފެންނަ ކޮންމެ ފަހަރަކު ހިތައް އަރަނީ އެއްކަލަ މިނިވަންކަމާއި އަދުލް އިންސާފު ގެއްލިގެން ހަޅޭލަވާނެގި ބޯފަންއަބްދުﷲ ކޮބާ ބާއޭ؟ ސަރުކާރުގެ މަތީމަގާމެއްގައި ހުރެގެން މުސާރަކޮޅި ހިފާގެން ގެއަށްގޮސް އެންދަށް އަރާ ނިދޭބާއޭ
މަވެސް
13 March 2017
ތިޔައީ މަވެސް ހިތަށްއަރާ އެއްޗެއް.
ވޯލް
13 March 2017
އސސ މިރާ މީހުން ސިޔާސީ ތަންތަން މިހާރު، ސަރުކާރަށް ބާރުބޮޑުވާއިރަށް ވިޔަފާރު ވެރިއެއްވެއްޖެޔަ އެމީހެއްގެ ފަހަތުން މީރާ ދުއްވާގަންނާނެ. އެހެން ނޫނި ކޮންމެވެސް އެއްޗެއް ކިޔާފަ އސސ ދުއްވާ ގަންނާނެ. މާދަމާ ތިޔަ ނިޙަނަ އަދުރޭ އާއި އަރާ ބުނާނެ ވެރިކަން މިކުރަނީ ރައްޔިތުންނަށް ބިރު ދެއްކުމެއް ނެތިއޭ. މަގޭ ހިތައް އަރަނީ މިމީހުން ދައްކާ ވާހަކަ އަޑު އަހާނެ މިހުން ތިބެތީއޭ ރޯމާދުވާލު އަރާ ދޮގި ހަދަން ކެރޭނީ.
ހަސަނު
13 March 2017
އަމިއްލަ ސިޔާސީ މަންފާއަށް އޭސީސީން މަގާމުގެ ނުފޫޒު ބޭނުން ކުރާކަމުގެ މައްސަލަ އެންޓިކަރަޕްޝަން ކޮމިޝަނަށް ލާން ޖެހިފަ މިއޮތީ...
ސަހަރޯ
13 March 2017
ސަހަރޯ މިތިބި ކޮމިސަންތަކެއްދޯ މިއީގައުމުގެ ހާލަތު